20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ލޯކަލް މާރުކޭޓު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

 • ރޯދަ މަސް ފެށުނުއިރު ކުރުނބާއެއް ލިބެން ހުރީ 15 ރުފިޔާއަށް
 • މިހާރު ކުރުނބާއެއް ވިއްކަން ކުރީ 50 ރުފިޔާއަށް
 • ކޮޕީ ފަތް ވިއްކަން ހުރީ 20ރ. އަށް ތިން ކޮޕީ ފަތް
ސިމާހާ ނަސީމް | sim_kamana

| 23 މެއި 2018 | ބުދަ 15:58 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
 5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
 7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
 8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ލޯކަލް މާރުކޭޓުގައި ކުރުނބާ ވިއްކާ މީހެއް -- ފޮޓޯ : ސިމާހާ ނަސީމް

މާރުކޭޓުގައި ކުރުނބާގެ އަގު ބޮޑުވެ ކޮޕީ ފަތް ލިބުމުގެ ދަތިކަން ކުރިމަތިވެއްޖެއެވެ.

ރޯދަ މަސް ފެށުނުއިރު ކުރުނބާއެއް ލިބެން ހުރީ 15 ރުފިޔާއަށް ކުރުނބަލެކެވެ. އެހެންނަމަވެސް މިހާރު ކުރުނބަލެއް ވިއްކަން ހުރީ 50 ރުފިޔާއަށެވެ.

"ކުރުނބާގެ އަގު މިހާރު ވަނީ ބޮޑުވެފައި. ރޯދަ މަސް ފެށުނުއިރު ވަރަށް އަގު ހެޔޮ، ބޮޑަށް ލަފާކުރެވެނީ މޫސުން ގޯސްވުމުން ރަށްރަށުން ކުރުނބާ ގެންނަ މީހުންނަށް ނާދެވިގެން އުޅެނީ ކަމަށް، އެހެންވެ ކުރުނބާގެ އަގު އުފުލިގެން އެ ދިޔައީ" ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

މެއި 19 ވަނަ ދުވަހު ވެސް މާރުކޭޓުގައި ކޮޕީ ފަތް ވިއްކަން ހުރީ 20ރ. އަށް ތިން ކޮޕީ ފަތެވެ. ރޯދަ މަހު ކޮޕީ ފަތް ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ކޮޕީ ފަތް ނުލިބޭ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

"ހުރިހާ ފަތްޕިލާވެލި ނުލިބޭ، ވަކި ކޮޕީ ފަތެއް ނޫން. ހުރިހާ ވައްތަރެއްގެ ފަތްޕިލާވެލީގެ އަގު އުޅެނީ މަތިކޮށް އެއީ ރޯދަ މަސްވީމައި ބޭނުންކުރާލެއް ގިނަވެފައި ލިބޭ މިންވަރު މަދީ. ދެން ރޯދައަށް މައިގަނޑު ގޮތެއްގައި ފަތް މި ގެންނަނީ ކާށިދޫން އަދި ތޮއްޑޫން. އެމީހުން ރޯދައަށް ކަރާގެ ކަންތަކާ އުޅުނީމައި އެ ބައި ތަންކޮޅެއް ދަށްކޮށްލާފައި ހުރީ" ވިޔަފާރިވެރިޔަކު ބުންޏެވެ.

މާރުކޭޓުގައި ބައެއް އެއްޗެހި ވިއްކަން ހުރި އަގު:

ބާވަތް

އަގު

އާފަލު

04 ރުފިޔާއަށް

ކިވީ

10 ރުފިޔާއަށް 100 ގްރާމް

އަނބު

65 އަކަށް ކިލޯ

ސައްކެޔޮ

60 އަށް

މޭބިސްކަދުރު

10 ރުފިޔާއަށް 100 ގްރާމް

ލުނބޯ

40 ރުފިޔާއަށް ކިލޯ

ބަށި

35 އަކަށް ކިލޯ

ޓޮމާޓޯ

60 އަށް ކިލޯ

ރޯދަ މަހުގެ މެދުތެރޭގައި ގިނަ ބާވަތްތަކުގެ އެއްޗެހީގެ އަގު ބޮޑުވެގެންދާނެ ކަމަށް ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

 

   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް