19 ޖެނުއަރީ 2019 | ހޮނިހިރު | 02 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ޖަޒީރާ ރައީސް

ބިން ވިއްކޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހް ބަދަލު ކުރާނަން:ރައީސް ނަޝީދު

 • ބްރިޖް އަޅަން 300 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ވަނީ ދީފައި
 • ބްރިޖްގެ ލޯނު ނުދެއްކިއްޖެއްޔާ ޗައިނާއަށް ބްރިޖްގެ ޝެއަރ ދޭން ޖެހޭނެ
 • ޗައިނާއިން ބުނަނީ ބްރިޖްގެ އަގަކީ 300 މިލިއަން ޑޮލަރު ކަމަށް
އަހުމަދު މުހުސިނު | dhonbandaara

| 23 މެއި 2018 | ބުދަ 10:20 | |

މަގުބޫލް

 1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
 2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
 3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
 4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
 5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
 6. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
 7. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
 8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ރައީސް މުހައްމަދު ނަޝީދު -- އޭއެފްޕީ

ރާއްޖޭގެ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ރާއްޖެއިން ބިން ވިއްކޭ ގޮތަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބަދަލުކޮށް އެގޮތަށް ބިންވިއްކުން ހުއްޓުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖަޒީރާ ރައީސްގެ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަ ކުރައްވާ ކެމްޕެއިންގެ ތެރެއިން ސްކައިޕް މެދުވެރިކޮށް ޒުވާނުންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބޭރުމީހުންނަށް ބިން މިލްކުރެވޭގޮތަށް ޤާނޫން އަސާސީއަށް ގެނެސްފައިވާ އިސްލާހު އަލުން އަނބުރާ ބަދަލުކުރައްވާނެ ކަމަށެވެ.

އެބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު "ބޭރު މީހުންނަށް ބިންވިއްކޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅޭގޮތުން އިތުރު ކަމެއް ކުރައްވާނަންތޯ" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަޒީރާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އެކަން އަލުން އަނބުރާ ބަދަލު ކުރައްވާނަން ކަމަށެވެ.

"އަލުން އަނބުރާ ބަދަލު ކުރާނަން. އެކަމަކު މީހަކު ސެކަންޑް ހޯމެއް ހޯދަން ރާއްޖެއިން ބޭނުންވީމާ މިލްކު ނުކުރެވޭ ގޮތަށް ދިގުމުއްދަތައް ބިމެއް ގަނެވޭގޮތަށް ފެސިލިޓޭޓް ކުރެވެން ޖެހޭނެ ކަމަށް ދެކެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޗައިނާއިން ދުނިޔޭގެ ޤައުމުތަކުގެ ބިންތަކަށް ބާރުގަދަ ކުރާ ކުރުމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖްގެ ސަބަބުން ވެސް އާޚިރުގައި އެބްރިޖްގެ ހިއްސާ ޗައިނާއަށް ދޫކޮށްލަން ޖެހިދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބްރިޖަކީ 100 މިލިއަން ޑޮލަރު ކަމަށާއި ބްރިޖް އަޅަމުންދަނީ 300 މިލިއަން ޑޮލަރަށް ކަމަށެވެ.

"ބްރިޖް އެޅީ 300 މިލިއަން ޑޮލަރޭ ބުނެފަ. އަސްލު ޚަރަދު ކުރީ 100 މިލިއަން ޑޮލަރު. އެގްޒިމް ބޭންކުންދިނީ ވެސް 100 މިލިއަން ޑޮލަރު. އެކަމަކު ސޮވެރިން ގެރެންޓީ ދިނީ 300 މިލިއަން ޑޮލަރަށް. އަނެއްކާ ޕްރޮޖެކްޓް ވެލިއުއަކީ ވެސް 300 މިލިއަނޭ މިމީހުން ބުނީ. އެއީ ޗައިނާ ކުންފުންޏަކުން ޕްރޮޖެކްޓް ހަދަނީ. ދެން އެބްރިޖްގެ ލޯނު ނުދެއްކުނީމާ އެމީހުން އައިސް ބުނާނެ ތިމަންނާމެންނަށް ދޭށޭ ބްރިޖްގެ އޮޕަރޭޝަން.ޝެއަރއެއް ދޭށޭ ބްރިޖުން. ދެން އަޅުގަނޑުމެން ދޫކޮށްލާނީ ބްރިޖްގެ ޝެއަރއެއް. އޭރުން އެދޫކޮށްލެވެނީ ބިން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް