25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ހައުސިން މިނިސްޓަރު މުއިއްޒު

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

  • ރައްޔިތުންނާއި ކައުންސިލާމެދު އޮންނަ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ހައުސިންގ މިނިސްޓްރީން އަމަލު ނުކުރުމަށް އެދިފައިވޭ
މުހައްމަދު ފަޒީން | phaxyn

| 11 ޖެނުއަރީ 2017 | ބުދަ 20:45 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ތިނަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް -- ގޫގުލް

ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ގދ. ތިނަދޫ ކައުންސިލުން މުއިއްޒުއަށް ސިޓީއަކުން އެދެފި އެވެ.

ތިނަދޫ ކައުންސިލުން މުއިއްޒުއަށް މި ސިޓީ ފޮނުވާފައިވަނީ ތިނަދޫގައި އިމާރާތްކޮށްފައިވާ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން "އޭ"  ކެޓަގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓް ޗެކްކޮށްދިނުމަށް ތިނަދޫ ކައުންސިލްގައި އެދިފައިވީ ނަމަވެސް އެކަން އެކައުންސިލް ކޮށްދީފައި ނުވާތީ ކަމަށް ބުނެ ހައުސިންގ މިނިސްޓްރީ އެ ލިސްޓް ބާތިލް ކޮށްފައިވާތީ އެވެ.

ތިނަދޫ ކައުންސިލުން ފޮނުވި ސިޓީގައި ވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ މައުމޫމާތު ސާފު ކުރުމަށް ހައުސިންގ މިނިސްޓްރީން އެދިފައިވާތީ އެ މައުލޫމާތު ސާފުކުރެވެން އޮތީ ގދ. އަތޮޅު ކައުންސިލް މެދުކޮށްކަމަށްވާތީ، ގދ. އަތޮޅު ކައުންސިލަށް އެމައުލޫމާތު ހޯދުމަށް ފޮނުވި ކަމަށެވެ. ނަމަވެސް މައުލޫމާތު ސާފުކުރުމުގައި ދަތިތަކެއް ހުރުމުން އަތޮޅު ކައުންސިލުން ޖަވާބެއް ލިބިފައިނުވާތީ ހައުސިން މިނިސްޓްރީން އެދުނު މައުލޫމާތު ފޮނުވުމުގައި ދަތިތަކެއް ދިމާވެފައިވާ ތިނަދޫ ކައުންސިލުން ބުނެ އެވެ. އަދި އެކަން އެ މިނިސްޓްރީއަށް ވެސް އެނގޭނެ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

އެހެންކަމުން ފްލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް ބާޠިލްކުރީ ތިނަދޫ ކައުންސިލުން މައުލޫމާތު ސާފުކޮށްދީފައި ނުވާތީކަމަށް ހައުސިންގ މިނިސްޓްރީން ބުނުމަކީ ހަގީގަތާ ހިލާފު އަދި ދޮގު ވާހަކަތަކެއް ކަމަށް ތިނަދޫ ކައުންސިލްގެ ސިޓީގައި ބުނެފައި ވެއެވެ.

މީގެއިތުރުން، އެސީޓީގައި ވަނީ ހައުސިންގ މިނިސްޓްރީން އެފަދަ ގޮތަކަށް މައުލޫމާތު އާއްމުކުރުމުން ރައްޔިތުންގެ މެދުގައި ތިނަދޫ ކައުންސިލާމެދު އޮންނަ އިތުބާރު ގެއްލި ގިނަ މައްސަލަތަކެއް އެ ކައުންސިލަށް ކުރިމަތި ވެފައިވާ ކަމަށެވެ.

އެހެންކަމުން ރަށުގެ މަސްލަހަތު ގެއްލޭގޮތަށް އަދި ރައްޔިތުންނާއި ކައުންސިލާމެދު އޮންނަ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ހައުސިންގ މިނިސްޓްރީން އަމަލު ނުކުރުމަށާއި އެއައްވުރެ ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ތިނަދޫ ކައުންސިލުން ވަނީ ހައުސިންގ މިނިސްޓަރ މުއިއްޒުގެ ކިބައިން އެދިފަ އެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ތިނަދޫގައި އަޅާފައިވާ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން "އޭ" ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ޗެކުކުރިއިރު ފާހަގަކުރެވުނު ގިނަ ކަންކަމަކީ، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތު ޗެކްކޮށްދިނުމަށް ތިނަދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުމުން، އެކަން އެ ކައުންސިލުން ކޮށްދެއްވާފައި ނުވާތީ ދިމާވެފައިވާ ގިނަ މައްސަލަތަކެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް