23 އޭޕުރިލް 2019 | އަންގާރަ | 03 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ނިޕާ ވައިރަސް

ނިޕާ ވައިރަސް ޖެހިގެން މަރުވި ހިތްވަރުގަދަ ނަރުސް މީހާގެ ވާހަކަ

 • ނަރުސްމީހާ މަރުވިއިރު ފިރިމީހާއަށްވަނީ ނޯޓެއް ލިޔެފައި
 • ލީނީ ޕުތުސެރީ އާއި އޭނާގެ ފިރިމީހާއަށްވަނީ ފަސް އަހަރުގެ ކުއްޖަކާއި ދެ އަހަރުގެ ކުއްޖެއް ލިބިފައި
 • ލީނީ އަކީ ނިޕާ ވައިރަސް ޖެހިފައިވާ އާއިލާއަކަށް ފަރުވާ ކުރަމުންދިޔަ ނަރުހެއް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 23 މެއި 2018 | ބުދަ 09:15 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 5. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
 7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 8. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!


ލީނީ -- ޓްވިޓަރ

"ސަޖީޝް. އަހަރެން މަރުވަނީ. އަހަންނަކަށް ހިއެއް ނުވޭ ދެން އަހަންނަކަށް ފެންނާނެ ކަމެއް. މާފުކުރޭ. ދެމީހުންގެ ދަރިން ރަނގަޅަށް ބޮޑު ކުރާތި. އެ ދެކުދިން ގަލްފަށް ގެންދޭ. އެމީހުން އަހަރެމެންގެ ބައްޕަ ގޮތަށް އެކަނި ނުކުރާތި. ލޯތްބާއި އިހުތިރާމާއި އެކު."

މިއީ ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން މަރުވި އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ ނަރުހެއް އޭނާގެ ފިރިމީހާ އަށް ފޮނުވާފައިވާ ލިޔުންކޮޅެއްގެ ތަރުޖަމާއެވެ.

ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކޮށްފައިވާ ނުރައްކާތެރި 10 ވައިރަހުގެ ތެރޭގައި ހިމެނޭ ނިޕާ ވައިރަސް ޖެހިގެން ހޯމަ ދުވަހު މަރުވެފައެވެ. 28 އަހަރުގެ ލީނީ ޕުތުސެރީ އާއި އޭނާގެ ފިރިމީހާއަށް ވަނީ ފަސް އަހަރުގެ ކުއްޖަކާއި ދެ އަހަރުގެ ކުއްޖެއް ލިބިފައެވެ.

ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް އަރާ ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން އިންޑިއާއިން މިހާތަނަށް ނުވަ މީހުން މަރުވެފައި ވާއިރު މި ބަލި އަދިވެސް ދަނީ އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންނެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައިސް ހޮޑުލެވުމާއި، ބަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. މި ވައިރަސްއަށް އެއްވެސް ކަހަލަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާއިރު ނިޕާ ޖެހޭ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ލީނީ އަކީ ނިޕާ ވައިރަސް ޖެހިފައިވާ އާއިލާއަކަށް ފަރުވާ ކުރަމުންދިޔަ ނަރުހެކެވެ. އޭނާ ވަނީ އެ އާއިލާއަށް ރެއާއި ދުވާލު ފަރުވާ ދިނުމުގައި މެދުކެނޑުމެއް ނެތި އެހީވެފައެވެ. އޭނާއަށް ނިޕާ ވައިރަސް ޖެހިފައިވާކަން ޔަގީންވުމުން އަމިއްލައަށް އެޑްމިޓްވީ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ލީނީގެ ފިރިމީހާ ސަޖީޝް އަކީ ބަހުރެއިންގައި އެކައުންޓެންޓެއްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އޭނާ ވަގުތުން އިންޑިއާއަށް އެނބުރި އައީ ބޭބެ ގުޅާ ލީނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއޭ ބުނުމުންނެވެ.

"ވަގުތުން ސަޖީޝް އިންޑިއާއަށް އެނބުރި އަތުވެއްޖެ. ލީނީ ގުޅާފަ ބުނީ އޭނާ ހޮސްޕިޓަލަށް ދާ ވާހަކަ. އަދި ބަލިވެ އުޅޭ ކަމަށް. ސަޖީޝް އާދީއްތަ ދުވަހު އައި އިރު ލީނީ އޮތީ އަވަސް ފަރުވާދޭ ޔުނިޓްގައި. އޭނާގެ  އޮކްސިޖަން ދަށްވުމުގެ ސަބަބުން އޭރު އޮތީ އޮކްސިޖަން ގުޅާފައި،" ސަޖީޝްގެ ބޭބެ ބުންޏެވެ.

ސަޖީޝްގެ ބޭބެ ބުނީ ލީނީ ލިޔެފައި އޮތް ލިޔުން ސަޖީޝްއާއި ހަވާލު ކުރީ އާއިލާގެ މީހެއްކަމަށެވެ.

ލީނީ ނިޕާ ޖެހިގެން މަރުވި ނަމަވެސް ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ އެތަކެއް ތައުރީފެއް ކުރަމުންނެވެ. ނުރައްކާތެރި ނިޕާ ޖެހުނު އާއިލާއަކަށް އެއީ ނުރައްކާތެރިކަމެއްކަން އެނގިހުރެ އޭނާ ވެދިން އެހީއަށް އެތައް ބައެއްގެ ލޯތްބާއި ތާއީދު ދަނީ އޮހެމުންނެވެ.

އެކި ޖަނަވާރުތަކުގެ ހަށިގަނޑުން ފެންނަ ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރު އޫރުގެ ހަށިގަނޑުންނެވެ. އެ ފަހަރު އޫރާ ކައިރީގައި މަސައްކަތް ކުރި މެލޭޝިއާއި ސިންގަޕޫރުގެ މީހުންގެ ގަޔަށް ވަނީ މި ބަލި އަރާފައެވެ. އެފަހަރު ވަނީ ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައެވެ.

އާންމުކޮށް ނިޕާ ވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާއިން ކަމަށްވެއެވެ. ގައިންގަޔަށް އަރާ މިބަލި އިންޑިއާގައި މިފަހަރު ފުރަތަމައަށް ޖެހުނު މީހުންނަކީ ވާ ދަތް ޖަހާފައިވާ އަނބާއި އެހެނިހެން މޭވާ ކެއުމުގެ ސަބަބުން ވައިރަހުގެ އަސަރު ކުރި މީހުން ކަމަށް ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް