18 އޯގަސްޓު 2018 | ހޮނިހިރު | 09 މާ
07 ޛުލްޙިއްޖާ 1439
އިޝާ 19:32
މަޣްރިބް 18:19
އަސްރު 15:27
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

ދިއްދޫ ކައުންސިލް ރައީސް

ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި!

  • ހައްޔަރުކުރީ ސައްހަ ނޫން ލިޔެކިޔުންތަކެއް ގެންގުޅޭކަމަށް ބުނެ
  • މީގެ ކުރިންވެސް އެލްޖީއޭ އިން ސަސްޕެންޑްކުރި
  • ސަރުކާރަށް ވަރަށް ފާޅުގައި ފާޑުވިދާޅުވާ ކައުންސިލަރެއް
މިއުވާން މުހައްމަދު | Miuvaan

| 23 މެއި 2018 | ބުދަ 03:35 | |

މަގުބޫލް

  1. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  2. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  3. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  4. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  5. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް
  8. އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި


އަލީ ހާޝިމް -- ގޫގުލް

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާޝިމް ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ މެންދަމު އޭނާ ދިރިއުޅުއްވާ ގެ، ހއ. ދިއްދޫ ބުރުނީ ވިލާ ބަލައި ފާސްކުރުމަށް ފަހުއެވެ. ހާޝިމް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ފުލުހުން ގެންދިޔަ ކޯޓު އަމުރުގައިވަނީ ގެ ބަލާ ފާސްކުރަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ. 

ހާޝިމް ހައްޔަރުކުރުމަށް ވަކި އަމުރެއް ފުލުހުން ހޯދާފައިވާއިރު، އެއަމުރުގައި ހާޝިމް ހައްޔަރުކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ މިދިޔަ މާޗް މަހުގެ 1 ވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި ސައްހަނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސައްހަ ނޫން ލިޔުންތައް އުފެއްދުމުގައި ހާޝިމްގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތުކުރެވޭތީ އާއި، އެމައްސަލައިގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލަފާނެކަމަށް ބެލެވޭތީކަމަށެވެ. އަދި މީގެ އިތުރުން މައްސަލައިގެ ތަހުޤީޤަށް ނުފޫޒު ފޯރުވައި، ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އަޅަމުންދާކަމަށް ތުހުމަތުކުރެވޭތީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާޝިމް ހައްޔަރުކުރަން ކޯޓު އަމުރުގައިވެއެވެ. 

ފުލުހުން ހާޝިމްގެ ގެ ބަލާ ފާސްކުރަނީ

މިމައްސަލައިގައިވެސް ފުލުހުންނަށް ލިބިފައިވާ ހެއްކެއްގެ ގޮތުގައި ވަނީ ފުލުހުންނަށް ލިބިފައިވާ ސިއްރު މައުލޫމާތެވެ. 

ހާޝިމް ހައްޔަރުކުރުމުގެ ކޯޓު އަމުރާއި، އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ އަމުރުވެސް ނެރެފައިވަނީ ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން ތައްޔާރުކޮށް އިއުލާނުކޮށްފައި ވަނިކޮށް، އެ ލިސްޓާ ޚިލާފަށް، އައު ލިސްޓެއް ތައްޔާރުކޮށް ނެރޭނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައްޔިތުންނަށް ސިޓީ ފޮނުވާފައިވާކަމަށް ބުނެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އޭނާ ސަސްޕެންޑްވެސްކޮށްފައިވެއެވެ. 

އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ހާޝިމް އަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ، ހއ ގައި އެމްޑީޕީގެ ޙަރަކާތްތަކުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ދިއްދޫ ކައުންސިލްގައި ތިއްބަވާ 5 މެމްބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ. 

ތުހްމަތުތަކެއްކޮށް ހާޝިމް ހައްޔަރުކުރިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ހއ. އަތޮޅުން ވެސް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް