17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ރޯދަ އާއި ސިއްހަތު

ރޯދަ ހިފުމުން ސިކުނޑިއަށް ލިބޭ ފައިދާތައް އިނގޭތަ؟

  • މީހާގެ ވިސްނުމާއި ކަންކަން ދަސްކުރުމުގެ ބާރު އިތުުރުކޮށްދޭ
  • ސިކުނޑީގެ ނާރުތައް ވަރުގަދަކޮށްދޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 22 މެއި 2018 | އަންގާރަ 22:43 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ރަމަޟާން މަސް -- އޭއެފްޕީ

ދުނިޔޭގައި ދިރިއުޅޭ އެއް ބިލިއަނަށްވުރެ ގިނަ މުސްލިމުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގައި ރޯދަ ހިފަ އެވެ. ރޯދަ ހިފުމުގެ ސަބަބުން  ހަށިގަނޑުގެ ކެޔުމަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ރޯދަ މަހުގައި ބަރުދަން ލުއި ވުމަށް ފަސޭހަ ވުމާއި ދުންފަތުގެ އިސްތިއުމާލުން ދުރުވުމަށްވެސް ވަރަށް ބޮޑު ފަސޭހަކަށްވެގެންދެ އެވެ. މިކަން ކަމުގެ އިތުރުންވެސް ރޯދައިގެ ސަބަބުން ހަށިގަނޑަށް ބޮޑު ފައިދާތަކެއް ކުރެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުން ރޯދަ ހިފުމުގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް ބޮޑު ފަސޭހައެއް ލިބިގެންދެ އެވެ. ނިއުރޯސައިންޓިސްޓުން ހާމަކުރާ ގޮތުގައި ކެއުން މަދުކޮށްލުން ނުވަތަ ނުކައި ހުރުމުން ސިކުނޑީގެ ނާރުގެ ބަލިތަކުން ސަލާމަތްކޮށްދެ އެވެ.

އެގޮތުން އަލްޒައިމާސް އާއި ޕާކިންސަންސްގެ ބަލިތަކުން ސަމަލާތްވުމަށް މަގުފަހިކޮށްދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުން ކެޔުމުގައި ހިފެހެއްޓުންތަކެއް ގެންގުޅުމުގެ ސަބަބުން މީހާގެ މެމޮރީ ނުވަތަ ހަނދާންތައް ސިކުނޑީގައި ބެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދެ އެވެ.

 ދިރާސާތަކުން ދައްކާ ގޮތުގައި ކާ ކޮންމެ ފަހަރަކު މީހާގެ ފުރަމޭގައި ގްލައިކޮޖެން ކިޔާ މާއްދާއެއް ރައްކާ ކުރެވިގެންދެ އެވެ. ހަށިގަނޑުގައި ރައްކާކުރެވިފައި ހުންނަ ގްލައިކޮޖެން ބޭނުން ކުރުމުން ހަށިގަނޑުގެ ފެޓްސް ދުއްވާލުމަށް ނުވަތަ ވިރުވާލުމަށް އެހީތެރިވެ އެވެ. މި ކެމިކަލްތައް ހަޑިގަނޑުގައި އެނަރޖީގެ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ކަންކަން ދަސްކުރުމަށާއި މެމޮރީ އާއި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހިކޮށްދެ އެވެ.

އެހެން ނަމަވެސް ތިން ފަހަރު ދުވާލަކު ކާ ކަމުގައިވާ ނަމަ ފުރަމޭގައި ރައްކާ ކުރެވޭ ގްލައިކޮޖެން ބޭނުން ކުރުމަށް ހަށިގަނޑަށް ވަގުތެއް ނޯވެ އެވެ. މިކަމުގެ ސަބަބުން ދަސްކުރުމުގެ ގާބިލް ކަމާއި މެމޮރީ އިތުރު ކުރުމަށް އުފައްދާ ކެމިކަލް ހަށިގނަޑުގައި ނޫފައްދަ އެވެ.

 މީގެ އިތުރުން ކަސްރަތު ކުރުމުގެ ސަބަބުންވެސް ގްލައިކޮޖެން ގަށިގަނޑު ބޭނުން ކުރާ މިންވަރު އިތުރުކޮށްދެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް