18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރަމަޟާން 1439

ކަދުރުން ލިބޭ ފައިދާތައް އިނގޭތަ؟

  • ސައުދީ އަރަބިއްޔާއަކީ ކަދުރު އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެއް ގައުމު
  • ކަދުރުން ސިއްހީ ބޮޑު ފައިދާ އެއް ލިބޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 22 މެއި 2018 | އަންގާރަ 22:15 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ގަދުރު -- ރާއްޖެއެމްވީ

ރަމަޟާން މަހުގައި އާންމުކޮށް ރޯދަ ވީއްލުމަށް ބޭނުންކުރާ މޭވާ އަކީ ކަދުރެވެ. ކަދުރުން ރޯދަ ވީއްލުމުން ނުވަތަ ކަދުރުން ހަށިގަނޑަށްވާ ފައިދާތަކަށް ބަލައިލާނަމެވެ. ކަދުރަކީ ސައުދީ އަރަބިއްޔާއާއި މެދު އިރުމަތީގެ  ގައުމުތަކުގައި އާންމުކޮށް ކެޔުމުގައި ބޭނުން ކުރާ ބާވަތެކެވެ.ރޯދަ މަހުގައި ކަދުރު ކެޔުމަށް އިތުރު ސަމާލުކަން ދެވެ އެވެ.

ސައުދީ އަކީ  ދުނިޔޭގައި ދެވަނައަށް ކަދުރު އެންމެ ގިނައިން އުފައްދާ ގައުމެވެ. އެގޮތުން ދުނިޔޭގެ 30 ގައުމަކަށް އަހަރެއްގެ މައްޗަށް 3000 ޓަނުގެ ކަދުރު ސައުދީއިން ބަހައެވެ. މީގެ އިތުރުން ކޮންމެ އަހަރަކު އދ ގެ ވަރލްޑް ފުޑް ޕްރޮގްރާމު ( ޑަބްލިއު.އެފް.ޕީ) އަށް 4000 ޓަނު ހަދިޔާ ކުރެ އެވެ.

ކަދުރަކީ ކީރިތި ރަސޫލާ މުހައްމަދުއް ސައްލައްﷲ އަލައިހި ވަސައްލަމަ ރޯދަ ވީއްލުމަށް ބޭނުން ކުރި މޭވާ އެވެ. އަދި ކީރިތި ގުރުއާނުގައިވެސް ކަދުރު ގަހުގެ ވާހަކަ ބަޔާންވެގެން އައިސްފައިވެ އެވެ. އެހެން ކަމުން ކަދުރަނީ އިސްލާމްދީނާ ވަރަށް ބޮޑަށް ގުޅިފައިވާ މޭވާއެކެވެ.

ކަދުރުން ރޯދަ ވީއްލުމަކީ ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ ކަމަކަށްވާއިރު ކަދުރުން ސިއްހީ ގޮތުންވެސް ތަފާތު ފައިދާތަކެއް ލިބިގެންދެ އެވެ.

ކަދުރުގައި ހުންނަ ގުދުރަތީ ހަކުރުގެ ބާވަތުގެ ސަބަބުން ހަށިގަނޑުގައި ދައުރުވާ ލޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރުކޮށްދެ އެވެ. މިކަމުގެ ސަބަބުން ގިނައިރު ނުކައި ހުރުމަށް ފަސޭހަވެގެންދެ އެވެ. ރޯދަ ވީއްލާއިރު ކަދުރު ކެޔުމަށްފަހު އެހެން ކެއުމެއް ބޭނުންކުރުމުން އެންމެ ބޮޑަށް ފައިދާ ވާނީ މަދުވެގެން 20 ވަރަކަށް މިނެޓަށް ފަހުން ކެއުމެވެ. 

ދިރާސާތަކުން ދައްކާގޮތުން ކަދުރުގެ ސަބަބުން ކެންސަރު ފަދަ ބަލިތަކުން ދުރުކޮށްދެ އެވެ. ގާތްގަނޑަކށް ހަތް ކަދުރަކީ 120 ކެލޮރީސް އެވެ. ދުވާލެއްގެ މައްޗަށް ފަސް ކަދުރު ކާ ނަމަ ތަފާތު އެކި ކަހަލަ ބަލިތަކުން ދުރުކޮށްދެ އެވެ.

ސައުދީއިން ގާތްގަނޑަކަށް 300 ވައްތަރުގެ ކަދު ލިބޭއިރު، ސައުދީގައި އުފައްދާ ކަދުރުގެ 6.8 ޕަސެންޓް އެކްސްޕޯޓް ކުރެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް