19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މީރާގެ ތަފާސް ހިސާބު

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

  • 2016 ޑޮލަރުން ލިބުނު އާމްދަނީ ވަނީ 55.1 މިލިއަން ޑޮލަރަށް އަރާފަ
  • މީރާއަށް ލިބުނު އާމްދަނީގެ 42.3 އިންސައްތަ ހިއްސާ ކުރަނީ ޖީއެސްޓީ
  • 2016 ވަނަ އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 537 މިލިއަން ޑޮލަރު ވަނީ ލިބިފަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 11 ޖެނުއަރީ 2017 | ބުދަ 19:47 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މީރާ އޮފީސް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

މި ނިމުނު 2016 ވަނަ އަހަރު މީރާ އަށް ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާގެ ލިބިއްޖެ އެވެ.

 

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިއަލަށް މީރާ އަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އަށް ވުރެ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިއަލަށް މިރާ އަށް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެގޮތުން ޓެކްސްގެ އާމްދަނީ އެންމެ ގިނައިން ލިބިފައިވަނީ މުދަލާ ޚިދުމަތުގެ އަގުން ނަގާ ޓެކްސް އާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ އިތުރުން ލީސް އެކްސްޓެކްޝަން ފީންނެވެ.

 

މީރާއަށް ލިބުނު އާމްދަނީގެ 42.3 އިންސައްތަ ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް އިންނެވެ. އަދި ޓުއަރިޒަމް ލޭންޑް ރެންޓުން 23.9 އިންސައްތަ ހިއްސާކުރާ އިރު 9.6 އިންސައްތަ ހިއްސާ ކުރަނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް އަށެވެ.

 

މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 537 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. 2015 ވަނަ އަހަރު އެއަރޕޯޓް ސަރވިސް ޗާޖު އުޅެނީ 496 މިލިއަން ޑޮލަރުގަ އެވެ. 2016 ވަނަ އަހަރާއި އަޅާ ބަލާ އިރު 2015 ވަނަ އަހަރުގައި ބޭންކް ޕްރޮފިޓް ޓެކްސް އިން ލިބޭ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން 2015 ވަނަ އަހަރު 512 މިލިއަން ރުފިޔާ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު 2016 މިއަދަދު ވަނީ 491 އަށް ދަށަށް ގޮސްފަ އެވެ.

މީގެ އިތުރުން ޓޫރިޒަމް ޓެކްސްގެ ގޮތުގައި 2016 ވަނަ އަހަރުގެ ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. އެގޮތުން 2015 ވަނަ އަހަރުގައި ޓޫރިޒަމް ޓެކްސް ހަ ލައްކާގައި ހުރި އިރު 2016 ވަނަ އަހަރު ވަނީ މިއަދަދު އެއް ލައްކައަށް ވެއްޓިފައެވެ.

 

މިދިއަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ 55.1 މިލިއަން ޑޮލަރަށް އަރާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޓެކްސްގެ

2 އަހަރު ކުރިން

ތިޔަކަށްނުކިޔޭނެ އާމްދަނީއެކޭ

0
0