19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޑރ މަޖީދު އަވަހާރަވުން

ޑރ މަޖީދު އަވަހާރަވުން: ރާއްޖޭގެ ދީނީ އިލްމަށް ލިބުނު ބޮޑު ގެއްލުމެއް

 • މަދީނާ ޔުނިވާސިޓީން ޕީއެޗްޑީ ނެންގެވި ފުރަތަމަ، އަދި ހަމަ އެކަނި ދިވެހި އިލްމުވެރިޔާ
 • ފުރަތަމަ އިސްލާމިކް މިނިސްޓަރ
 • ފުރަތަމަ ފިޤުހު އެކަޑަމީގެ ފުރަތަމަ ރައީސް
އަހުމަދު މުހުސިނު | dhonbandaara

| 22 މެއި 2018 | އަންގާރަ 19:54 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
 5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ -- ރައީސް އޮފީސް

ދެގޮތެއް ނުވެ ޙައްޤުބަސް ވިދާޅުވުމުގައި ދެމިހުންނެވި ދީނީ އިލްމުވެރިއަކީ ކޮންބޭފުޅެއްތޯ އަހައިފިނަމަ ގިނަބައެއްގެ ދުލުކުރިއަށް އެންމެ ފުރަތަމަ އަންނާނެ އެއް ނަމަކީ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީއެވެ.

އައްޑޫ ސިޓީ ހުޅުދޫއަށް އުފަން ޑރ. މަޖީދުގެ ބައްޕާފުޅަކީ އައްޝައިހް އަބްދުލްބާރީ އެވެ. މަންމާފުޅަކީ މަރިޔަމް ވަދީފާ އެވެ. އެ ދެމަފިރިންގެ ދަރީންގެ ތެރެއިން ޑރ. މަޖީދަކީ އެމަނިކުފާނުގެ ބައްޕާފުޅު ފަދައިން ގައުމަށް ހިދުމަތްކުރުމުގެ ލޯބި އަބަދު ވެސް ހުންނެވި، ގައުމުދެކެ ލޯބިފުޅުވި ބޭފުޅެކެވެ.

ގިނަ ބަޔަކު ޤަބޫލް ކުރާ ގޮތުގައި ދީނީ ތައުލީމް އެންމެ ބޮޑަށް ރާއްޖޭގައި ދެނެވަޑައިގެން ހުންނެވި މިފަހުގެ ތާރީޚްގައި ގުނާލެވޭ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނޭނެއެވެ. ޚާއްޞަކޮށް އެމަނިކުފާނަކީ ފިޤުހު އިލްމަށް އަރާހުންނެވި ބޭފުޅެކެވެ.

އެއަށްވުރެ ބޮޑަށް އެމަނިކުފާނު މަޝްހޫރުވެވަޑައިގެންފައިވަނީ ދީނީ އިލްމުވެރިންގެ ތެރެއިން ދެގޮތެއް ނުވެ ޙައްޤުބަސް ވިދާޅުވި ބޭފުޅެއްގެ ގޮތުގައެވެ.

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަކީ މަދީނާ ޔުނިވާސިޓީން ޕީއެޗްޑީ ނެންގެވި ފުރަތަމަ، އަދި ހަމަ އެކަނި ދިވެހި އިލްމުވެރިޔާ އަށެވެ. ޤުރުއާން ތަފްސީރުން ޕީއެޗްޑީ ޙާސިލް ކުރައްވައިގެން ހުންނެވި ޑރ މަޖީދުގެ ތީސިސް ބިނާކުރައްވާފައިވަނީ ރާއްޖޭގެ ޒަކާތުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުންނެވެ.

ރާއްޖޭގައި ޕާޓީތައް އުފެދިގެން އައިއިރު ދީނީގޮތުން ކަން އޮތްގޮތް ބުނެދިނުމަށާއި ދީން އާލާކޮށް ކުރިއެރުވުމަށް އުފެއްދި އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސަކީ ޑރ މަޖިޑެވެ. އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފުރަތަމަ ރައީސަކީވެސް ޑރ ޢަބްދުލް މަޖީދެވެ. އެއީ ރާއްޖޭގައި އުފެއްދި ފުރަތަމަ ފިގުހު އެކަޑަމީގެ ފުރަތަމަ ރައީސެވެ. ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް ބޭންކު އުފެއްދުމުގައި އަމަލީ ގޮތުން އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެމްއެމްއޭގެ ޝަރީއާ ބޯޑުގެ މެންބަރުކަން ޑރ މަޖީދު ކުރެއްވިއެވެ.

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެން އުޅުއްވި ޑރ މަޖީދަކީ ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ޚާއްޞަކޮށް ވަޒީރުކަމުގައި ހުންނަވައިގެންވެސް ދީނީ ކަންކަމުގައި ސަރުކާރަށް ބަސް ވިދާޅުވުމުގައި ފަހަށްޖެހިވަޑައި ނުގަތް ހުންނެވި ބޭފުޅެކެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްަރަށުގައި ވަކި ހުއްދައެއްގެ ދަށުން ބަނގުރާ ވިއްކުމާ ދެކޮޅަށް ކުރެވުނު އިހުތިޖާޖުގައި އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެން ބައިވެރިވެވަޑައިގެން އަޑު އުފުއްލެވިއެވެ.

ޑރ މަޖީދަކީ އެއްކޮޅާ އިދިކޮޅުގެ ހުރިހާ ބޭފުޅުންވެސް އިޙްތިރާމާއި ޤަދަރު ކުރެއްވި ބޭފުޅެކެވެ.

ދީނީ އިލްމުވެރިން ސިފަކުރައްވާ ގޮތުގައިވެސް އެމަނިކުފާނު ނެތިގެން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށާއި  އެމަނިކުފާނަކީ އެތައް ސަތޭކަ ދަރިވަރުންގެ މުދައްރިސެކެވެ.

އެކުގައި ކެބިނެޓުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވިދާޅުވާ ގޮތުގައި ޑރ. މަޖީދަކީ ކެބިނެޓް ތެރޭގައި ވެސް ހައްގު ބަސް ވިދާޅުމަށް އަބަދު ވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނަކީ އަބަދު ވެސް ކަމެއް ގޯސްކޮށްދާ ނަމަ އެކަން ރަނގަޅުކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޑރ މަޖީދަކީ ރާއްޖެ ދުށް ދީނީ އިލްމުވެރިންގެ ތެރެއިން އިސްލާހަށް މަސައްކަތް ކުރެއްވުމުގައި ފާހަގަ ކުރެއްވޭ އެއް ބޭފުޅެވެ. އަބަދުވެސް ޙައްޤުބަސް ވިދާޅުވުމަށް ފަސްޖެހިވަޑައިނުގަތް ޤިޔާމަތުގެ ބިރުވެރިކަން ދެނެވަޑައިގެން އިރުޝާދުދެއްވި ބޭފުޅެއް ކަމަށެވެ.

ކޮންމެއަކަސް މިއަދުވެސް ކޮލެޖްތަކުގައި ކިޔަވައިދެއްވަމުންދާ ޑރ މަޖީދު އެވަނީ މިފަނާކުރަނިި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެމަނިކުފާނަށްޓަކައި އެތައް ބައެއްގެ ހެޔޮބަސްތަކާއި ދުޢާތައް ދަނީ އޮހެމުންނެވެ. އެފަރާތްތަކުން ބުނަމުން އެދަނީ ގެއްލިގެން އެދިޔައީ ދީނީ އިލްމުގެ އެއްބައެވެ. އެއީ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް