21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ފީފާ ވޯލްޑް ކަޕް 2018

ނައިންގޮލަންއަށް ބެލްޖިއަމްގެ ސްކޮޑުން ފުރުސަތެއް ނެތް

  • މި ސީޒަނުގައި ނައިންގޮލަން މޮޅު ކުޅުމެއް ދެއްކި
  • އެންމެފަހުން ބޭއްވި ވޯލްޑް ކަޕްއިން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 22 މެއި 2018 | އަންގާރަ 17:59 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމު -- ގެޓީ އިމޭޖާސް

އިޓަލީގެ އޭއެސް ރޯމާއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ރަޖާ ނައިންގޮލަން ބާކީކުރުމަށްފަހު އެ ގައުމު ވޯލްޑް ކަޕްގައި ތަމްސީލުކުރާ ސްކޮޑް އިއުލާނުކޮށްފިއެވެ.

ބެލްޖިއަމްގެ ކޯޗު ކަމަށްވާ ރޮބާޓޯ މާޓިނޭޒް ވަނީ 28 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ. އެހެން ނަމަވެސް މި ސްކޮޑުން ފަސް ކުޅުންތެރިޔަކު ބާކީކުރުމަށް ނިންމާފައިވާއިރު ޕްރެލިމިނަރީ ސްކޮޑުން ވެސް ޗެމްޕިއަންސް ލީގުގެ ސެމީއަށް ރޯމާ ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ނައިންގޮލަންއަށް ފުރުސަތު ދީފައެއް ނުވެއެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ ނައިންގޮލަން ނުނެގީ ޓެކްޓިކަލް ސަބަބުތަކަށްޓަކައި ކަމަށާއި އޭނާ ކްލަބްގައި އަދާކުރާ ރޯލު ގައުމީ ޓީމުގައި ދެވެން ނެތް ކަމަށެވެ.

ނައިންގޮލަން ވަނީ މާޓިނޭޒްގެ މި ނިންމުމާއެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ހުރިހާ ކަމެއް ވެސް ކޮށްދެވޭތޯ ބެލި ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތު ނުލިބުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. ނައިންގޮލަންގެ އިތުރުން ލިވަޕޫލްގެ ފޯވާޑް ޑިވޮކް އޮރީގީ އަދި އެވަޓަންގެ ވިންގަރ ކެވިން މިރާލާސް ވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ.

ބެލްޖިއަމްއިން ނެގި 28 ކުޅުންތެރިންގެ ޕްރެލިމިނަރީ ސްކޮޑް:

ގޯލްކީޕަރުން: ކޮއެން ކަސްޓީލްސް (ވޮލްފްސްބާގް)، ތީބައު ކޯޓުވާ (ޗެލްސީ)، ސިމޮން މިނޮލޭ (ލިވަޕޫލް)، މެޓްޒް ސެލްސް (ނިއުކާސަލް ޔުނައިޓެޑް)

ޑިފެންޑަރުން: ޓޯބީ އަލްޑަވިޔާޑް، ޔާން ވަޓޮންގެން (ޓޮޓެންހަމް ހޮޓްސްޕާސް)، ޑެޑްރިކް ބޮޔާޓާ (ސެލްޓިކް)، ލޯރެންޓް ސިމަން (ލޮސް އެންޖެލިސް އެފްސީ)، ކްރިސްޓިއަން ކަބަސޭލް (ވޮޓްފޯޑް)، ވިންސެންޓް ކޮމްޕެނީ (މެންޗެސްޓާ ސިޓީ)، ޖޯޑަން ލުކާކޫ (ލާޒިއޯ)، ތޯމަސް މިއުނިއާ (ޕީއެސްޖީ)، ތޯމަސް ވަމައެލެން (ބާސެލޯނާ)

މިޑްފީލްޑަރުން: ޔަނިކް ފެރެއިރާ ކަރަސްކޯ (ޑަލިއާން ޔިފަން)، ކެވިން ޑެބްރައިން (މެންޗެސްޓާ ސިޓީ)، މޫސާ ޑެމްބެލޭ (ޓޮޓެންހަމް ހޮޓްސްޕާސް)، ލިއެންޑަރ ޑެންޑޮންކަރ (އެންޑަލެކްޓް)، މަރުއާން ފެލައީނީ (މެންޗެސްޓާ ޔުނައިޓެޑް)، އެޑެން ހަޒާޑް (ޗެލްސީ)، ތޯގަން ހަޒާޑް (ބޮރޫޝިއާ މޮންޗެންގްލެޑްބެކް)، އަދްނާން ޖަނުޒައި (ރެއާލް ސޮސިއެޑާޑް)، ޑްރައިސް މާޓެންސް (ނަޕޯލީ)، ޔޫރީ ޓީލެމެންސް (މޮނާކޯ)، އެކްސެލް ވިޓްސެލް (ޓިއަންޖިން ކުއަންޖިން)

ފޯވާޑުން: މިޗީ ބަޓްޝުއާއީ (ޗެލްސީ)، ކްރިސްޓިއަން ބެންޓޭކޭ (ކްރިސްޓަލް ޕެލަސް)، ނެސަރ ޗަޑްލީ (ވެސްޓް ބްރޮމް)، ރޮމެލޫ ލުކާކޫ (މެންޗެސްޓާ ޔުނައިޓެޑް)

ވޯލްޑް ކަޕްގައި ބެލްޖިއަމް ހިމެނިފައިވަނީ އިނގިރޭސިވިލާތާއި ޕެނަމާ އަދި ޓިއުނީޝިއާއެކު ގްރޫޕް ޖީ ގައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 18 ވަނަ ދުވަހު ޕެނަމާއާ ދެކޮޅަށް ބެލްޖިއަމް ނުކުންނައިރު ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޓިއުނީޝިއާ އާއި ދެކޮޅަށް ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން މަހުގެ 28 ވަނަ ދުވަހު އިނގިރޭސިވިލާތާއި ދެކޮޅަށެވެ.

އެންމެފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުންނެވެ. ވޯލްޑް ކަޕްގައި ބެލްޖިއަމްއަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް