17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފަތުރުވެރިކަން

މިދިޔަ މަހު ފަތުރުވެރިކަމަށް 12 އިންސައްތަ ކުރިއެރުމެއް ލިބުނު!

  • 2018 ވަނަ އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް 119,713 ފަތުރުވެރިން ޒިޔާރަތްކޮށްފައިޥޭ
ސިމާހާ ނަސީމް | sim_kamana

| 22 މެއި 2018 | އަންގާރަ 15:30 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


އދ. ތުނޑުފުށި ރިސޯޓް -- ފޭސްބުކް

2018 ވަނަ އަހަރުގެ އޭޕްރިލް މަސް ނިމުނުއިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 2017 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.7 އިންސައްތަ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަން އާއި އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ޓުއަރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް 119,713 ފަތުރުވެރިން ޒިޔާރަތްކޮށް އޭޕްރިލް މަހު ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 539,816 އަށް އަރާފައިވާ ކަމަށެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 55.9 އިންސައްތަ ހިއްސާއާއެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 35.7 އިންސައްތަ ހިއްސާއާއެކު އޭޝިއާ ޕެސިފިކް ސަރަހައްދުންނެވެ.

ވަކި ވަކި މާރކެޓްތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 މާރކެޓަކީ ޗައިނާ، އިޓަލީވިލާތް، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، ރަޝިއާ، ފަރަންސޭސިވިލާތް، އިންޑިއާ، ސްވިޒަރލޭންޑްގެ އިތުރުން ޔޫއެސްއޭ އަދި ޖަޕާނެވެ.

2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭއްތިބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީ ކުރެވިފައިވަނީ 42,478 އެނދުގެ ތެރެއިން އެވްރެޖްކޮށް 41,076 އެނދު އޮޕަރޭޓް ކުރެވިފައިވާއިރު އެ މުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ 14.6 އިންސައްތަ އިތުރުވެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކާކުގެޖީބައްތޯ ކުރިއެރުންއައީ؟

6 މަސް ކުރިން

ކާކުގެޖީބައްތޯ ކުރިއެރުންއައީ؟

0
0