17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މަގޭ ރިޕޯޓް

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

  • ޕްރައިމަރީއަށް ނުކުންނެވުމާއެކު ސަރުކާރުގެ ހަމަލާ
  • 50 ވުރެ ގިނަ ރަށުގެ މެމްބަރުންނާ ބައްދަލު ކުރެއްވި
  • ނަޝީދުގެ ކެމްޕެއިން އުކުޅުތައް ތަފާތު
ޙުސައިން ޙަސަން | hucenhassan

| 22 މެއި 2018 | އަންގާރަ 13:46 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ޓްވިޓަރ

އެމަނިކުފާނު ހުންނެވީ ރާއްޖެއާ 560 މޭލު ދުރުގައި، ސްރީލަންކާގެ ކޮލަމްބޯގައެވެ. އެކަމަކު މިހާރު ވެސް އެމަނިކުފާނު 50އަށް ވުރެ ގިނަ ރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައިފިއެވެ. ދުރުގަ ހުންނެވިޔަސް އެމަނިކުފާނު އެ ހުންނެވީ ރިޔާސީ ރޭހަށް ކަމަރު ބަންނަވައިގެންނެވެ. ކަނޑުގެ ރާޅުތަކުގައި ނުޖެހި، ގިރި އާއި ހާހަލާއި ފަޅާއި ވިލުތައް ހުރަސް ނުކުރިޔަސް، ކިތަންމެ ދުރުގައި ހުންނަވައިގެން ވެސް ރިޔާސީ ވައުދުކުގެ ސުރުހީ އެ އިއްވައި ދެނީ ރައްޔިތު މީހާގެ ކަންފަތަށެވެ. ހުރަހެއް ނެތިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވަނީ “ސްކައިޕް” މެދުވެރިކޮށެވެ. ރިޔާސީ ވައުދުގެ ފިކުރު ރައްޔިތުންގެ ސިކުނޑިތަކަށް ރައީސް ނަޝީދު އެ ވާސިލުކޮށްދެނީ 21 ވަނަ ގަރުނުގެ ކެމްޕެއިން އުކުޅުތަކާއެކުގައެވެ. ރައީސް އަބްދުﷲ ޔާމީންގެ ހުރަސް އެޅުންތަކަށް ނަޝީދު ފަރުވާލެއް ނުބަހައްޓަވައެވެ. އެ ވަޑައިގަންނަވީ ކުރިއަށެވެ.

މާ ކުރިއާލާ އެ ވަނީ މަސައްކަތް ފައްޓަވާފައެވެ. 2013 ވަނަ އަހަރު ވެސް، އެމަނިކުފާނު ދެއްކެވީ އެ ހިތްވަރެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ރައީސަކީ، ރައީސް މުހައްމަދު ނަޝީދެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ތިން ފަހަރަށް ވޯޓު ލާން ޖެހުމުން ވެސް އެ ހުރިހާ ރަށަކަށް ދެ ވަނަ ފަހަރަށް ވެސް ވަޑައިގެންނެވީ ނަޝީދެވެ.

ކިޔާފާނެ އެއްޗަކަށް، ދައްކަފާނެ ބިރަކަށް ފަސްޖެހުމެއް ނެތި އަބަދުވެސް ވިސްނުންފުޅު އެ ބަހައްޓަވަނީ އަތޮޅު ދުނި ތެރޭގައެވެ. އާންމު ބަހުރުވަ އާއި ރާގާއި ކުލަވަރު ދެގޮތެއް ނުކުރައްވައެވެ. އެންމެ ފަސޭހައިން ދޭހަވާ ގޮތަށް ބަސް އަތުރާލަ ދެއްވައި ވާހަކަފުޅު ދައްކަވައެވެ. ރައީސް ނަޝީދުގެ ތަފާތަކީ އެއީއެވެ. ކެމްޕޭނުގައި މި ފަސްގަނޑުގައި ހުންނެވިއިރު ހޮޅުއަށްޓެއް ވިޔަސް، ހިޔާ ދަށަށް ވަދެ، ދޮށީ އުމުރުގެ މީހަކާ އަނގަ ތަޅާ ނުލައި ނުދާނެއެވެ. ސައި ހޮޓަލެއް ވިޔަސްމެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ނަޝީދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

އެއީ އަދި އޭރުގެ ވާހަކައެވެ. މިފަހަރު ރާއްޖެ ވަޑައިގެން ތަނަވަސް ފުރުސަތެއް ފަހި ވެއްޖެނަމަ، ތަޖުރިބާއާއެކު، ކެމްޕެއިންގައި ދައްކާލާނެ ފޯރި ސިފަ ކުރައްވާށެވެ. ރައީސް ނަޝީދަށް، ޖަޒީރާ ރައީސްގެ ނަން ދެނީ އެ ސަބަބާހުރެވެ.

އިންތިހާބުތަކުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި އެކަކަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ ރައީސް މުހައްމަދު ނަޝީދަށެވެ. ކޯލިޝަނަކާ ނުލައި، ގިނިކަންޏާ ނުކުންނަވައި މިދިޔަ ރިޔާސީ އިންތިހާބުގެ ފަހު ބުރު އެކަނިވެސް އެއް ލައްކަ ފަސްހާސް އެއްސަތޭކަ އަށްޑިހަ އެއް ވޯޓު އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ. އެމަނިކުފާނަކީ ދިވެހިން އެކަކަށް އެންމެ ތާއިދު ކުރާ ރައީސެވެ.

ރާއްޖޭގެ ސިޔާސީ މާހައުލު ފުރޮޅެމުންދާ ގޮތުން، އިދިކޮޅުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެފިނަމަ ފަސޭހައިން އިންތިހާބު ކާމިޔާބުވާނެއެވެ. އަމުދުން ރައީސް ނަޝީދުފަދަ ތާއިދު ބޮޑު، ކެންޑިޑޭޓަކު ނެރުއްވައިފިނަމަ، ވެރިކަން ރުފޮޅާލައްވާނީ ފެންފޮދަކާ ވެސް ނުލައެވެ. ސިޔާސީ މަނާތަކާއި ކުޅިތައް އަތުރާލެއްވުމުގައި ނަޝީދު ވަރެއް ނެތެވެ. އިންތިހާބަށް ހަތަރު މަހަށް ވެފައިވަނިކޮށް، ސިޔާސީ ކުޅިބައިގައި ހަ ކުޅި ކުރިއަށް ނަޝީދު ކުޅުއްވަން ފެއްޓެވުމުން އެއް ބަޔަކު މޭ ކަރައިފިއެވެ. ޖެހިލުންވެއްޖެއެވެ. ދެން ވާނެ ގޮތް ބަލަން ނުތިބެ، އެމަނިކުފާނަށް ހުރަސް އެޅުމުގެ މަސައްކަތް އެ ވަނީ ފަށާފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ، އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގެ ބޭރުން ޕްރައިމަރީތަކަށް ވެސް އަތްބާނަން އެ ވަނީ ފަށާފައެވެ. ޕާޓީތަކުގެ އިދާރީ ހިންގުމާއި ޕްރައިމަރީތަކަށް ބާރު ހިންގުމަކީ އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ދީފައިވާ މެންޑޭޓެއް ނޫނެވެ. ބާރެއް ނޫނެވެ.

ނަމަވެސް ރައީސް ޔާމީން ރުއްސުމަށް ކޮންމެ ކަމެއްގެ ކުރަން ވެސް ވަރިހައެވެ. އިލެކްޝަނުން އެ ދައްކަނީ އެ މަންޒަރެވެ. ނަމަވެސް އެ ކަމުގައި ފަހު ނިޔާ ކަނޑައަޅާނީ ދިވެހި ރައްޔިތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޝާހިދާ

6 މަސް ކުރިން

ނަޝީދުވެސް ވެރިކަން ކުރެއްވީ ރަނގަޅަކަށް ނޫނެވެ. ޢަބްދުﷲ ޤާޟީ ހައްޔަރުކުރުން އެއީ އެޅި އެންމެ ބޮޑު ޅައެއްޗެވެ. އެކަމާ ގުޅިގެން ކަތިވަޅު ގެއްލި މަރިޔަބު ގެއްލުނީއެވެ.

2
3
މމ

6 މަސް ކުރިން

ހަމަ ހިނި އަންނަނީ ގުނބޯތައް

2
1