15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އިގްތިސާދު

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

  • 2016  ވަނަ އަހަރަށް ލަފާކޮށްފައިވާ ކަރަންޓް އެކައުންޓް ޑެފިސިޓަކީ 666.7 މިލިއަން ޑޮލަރު
  • 2016 ވަނަ އަހަރު ރާއްޖޭއަށް 17.6 މިލިއަން ޑޮލަރުގެ މުދާ ވަނީ އިމްޕޯޓް ކޮށްފަ
  • 2016 ވަނަ އަހަރު އެކްސްޕޯޓުން ލިބުނު އާމްދަނީ އުޅެނީ 7.8 މިލިއަން ޑޮލަރުގަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 11 ޖެނުއަރީ 2017 | ބުދަ 18:48 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ސީލައިފްއިން އޮޅުވާލައިގެން ފްލެޓް ވިއްކި 191 މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި


އެމްޕީއެލް މުދާ ބަލާ ސަރަހައްދު -- ގޫގުލް

މިއަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 21 އިންސައްތަ ބޮޑު ވާނެ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ލަފާކޮށްފި އެވެ.

 

އެމްއެމްއޭ އިން އާއްމުކޮށްފައިވާ އިގްތިސާދީ މުރާޖާ ރިޕޯޓްގައި ވަނީ، 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަންދާޒާކުރި ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު، 2017 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 21.6 ޕަސެންޓެވެ.

 

ނިމިދިޔަ އަހަރު އަހަރަށް  ލަފާކޮށްފައިވާ ކަރަންޓް އެކައުންޓް ޑެފިސިޓަކީ 666.7 މިލިއަން ޑޮލަރެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 17.7 އިންސައްތަ އެވެ.

 

ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ގޮތުން ކެއިން ބުއިމަށާއި އާއްމުކޮށް ބޭނުންވާ ހުރިހާ ތަކެތި ބޭނުންކުރަނީ އިމްޕޯޓު ކޮށްގެންނެވެ.

 

އެމްއެމްއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2016 ރާއްޖޭގެ އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ވަނީ 38 އިންސައްތަ ދައްވެފަ އެވެ.

 

މިއީ ގާތްގަނޑަކަށް 7.8 މިލިއަން ޑޮލަރުގެ ދައްވުމެކެވެ.

 

ޑޮމެސްޓިކް އެކްސްޕޯޓް ދައްވެފައިވާ މައިގަނޑު ސަބަބަކީ ގަނޑު ކުރި ކަޅުބިލަ މަހާއި ފިނިކުރި ކަންނެލި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ދައްވުން ކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ. މި މުއްދަތުގައި ރާއްޖޭއަށް 17.6 މިލިއަން ޑޮލަރުގެ މުދާ ވަނީ އިމްޕޯޓް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް