
| 21 މެއި 2018 | ހޯމަ 19:21 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޗެލްސީއަށް ކުޅެމުން އަންނަ ފޯވާޑް އަލްވާރޯ މޮރާޓާ އަދި ބާސެލޯނާގެ ސާޖީ ރޮބާޓޯ ބާކީކޮށް މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށްދާ ސްޕެއިންގެ ސްކޮޑް އިއުލާނުކޮށްފިއެވެ.
ރެއާލް މެޑްރިޑް ދޫކޮށް ޗެލްސީއަށް ބަދަލުވުމަށްފަހު މި ސީޒަނުގައި މޮރާޓާއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާއިރު އޭނާއަށް މި ސީޒަނުގައި ޖެހިފައިވަނީ އެންމެ 11 ލަނޑެވެ. އެހެން ނަމަވެސް މި ސީޒަނުގައި ބާސެލޯނާއިން ސްޕެނިޝް ކަޕް އަދި ލަލީގާ ކާމިޔާބުކުރިއިރު ރޮބާޓޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިފަހަރުގެ ސްކޮޑްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ކުޅުންތެރިޔަކު ވަނީ ހިމަނާފައެވެ. ސްޕެއިންގެ ގައުމީ ޓީމަށް މޮރާޓާ އެންމެފަހުން މެޗެއް ކުޅެދީފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ މެޗުގައި އޭނާ އެ ޓީމަށް ލަނޑެއް ވެސް ޖަހައިދީފައިވެއެވެ.
ޓީމުން ބާކީކުރި ނަމަވެސް މޮރާޓާ ވަނީ ޓްވިޓާގައި ޓީމަށް ހިތްވަރުދީ ޓްވީޓެއް ކޮށްފައެވެ. މޮރާޓާ އަދި ރޮބާޓޯގެ އިތުރުން އާސެނަލްގެ ޑިފެންޑަރު ހެކްޓަރ ބެލެރީން އާއި ޗެލްސީގެ ފެބްރިގާސް އަދި މާކޯސް އަލޮންސޯއަށް ވެސް މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.
ސްޕެއިންއިން ވޯލްޑް ކަޕަށް ގެންދާ 23 ކުޅުންތެރިންގެ ސްކޮޑް:
ގޯލްކީޕަރުން: ޑޭވިޑް ޑެހޭއާ: (މެންޗެސްޓާ ޔުނައިޓެޑް)، ޕެޕޭ ރެއިނާ (ނަޕޯލީ) ކެޕާ އަރިޒަބާގްލާ (އެތުލެޓިކް ބިލްބާއޯ(
ޑިފެންޑަރުން: ޖޯޑީ އަލްބާ، ޖެރާޑް ޕީކޭ (ބާސެލޯނާ)، ސާޖިއޯ ރާމޯސް، ޑެނީ ކަވަހާލް، ނާޗޯ ފަނާންޑޭޒް (ރެއާލް މެޑްރިޑް)، ނާޗޯ މޮންރެއާލް (އާސެނަލް)، އަލްވާރޯ އޮޑްރިއޯޒޯލާ (ރެއާލް ސޮސިއެޑާޑް)، ސެޒަރ އަޒްޕްލިކުއެޓާ (ޗެލްސީ)
މިޑްފީލްޑަރުން: ސާޖިއޯ ބުސްކެޓްސް، އަންދްރޭސް އިނިއެސްޓާ (ބާސެލޯނާ)، ކޯކޭ، ސައުލް ނިގުއޭޒް (އެޓްލެޓިކޯ މެޑްރިޑް)، އިސްކޯ (ރެއާލް މެޑްރިޑް)، ތިއާގޯ އަލްކަންޓާރާ (ބަޔާން މިއުނިކް)، ޑޭވިޑް ސިލްވާ (މެންޗެސްޓާ ސިޓީ)
ފޯވާޑުން: މާކޯ އަސެންސިއޯ، ލޫކަސް ވަސްކުއޭޒް (ރެއާލް މެޑްރިޑް)، ރޮޑްރިގޯ މޮރޭނޯ (ވެލެންސިއާ)، އިއާގޯ އަސްޕާސް (ސެލްޓަ ވީގޯ)، ޑިއޭގޯ ކޮސްޓާ (އެޓްލެޓިކޯ މެޑްރިޑް)
މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ހިމެނިފައިވަނީ އީރާން އަދި މޮރޮކޯ އަދި ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލްއާއެކު ގްރޫޕް ބީ ގައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު ޕޯޗުގަލްއާ ދެކޮޅަށް ސްޕެއިން ނުކުންނައިރު ދެވަނަ މެޗުގައި އޭގެ ފަސް ދުވަސް ފަހުން އެގައުމު ނުކުންނާނީ އިރާންއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
ސްޕެއިންގެ ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން 10 ކުޅުންތެރިންނަކީ އެ ގައުމުގެ އެންމެ ބޮޑު ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުޅުންތެރިންނެވެ. ސްޕެއިންއަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް