25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މުދާ އިމްޕޯޓްކުރުން

ރާއްޖޭއަށް މިދިޔަ މަހު އިމްޕޯޓު ކުރެވުނު މުދަލުގެ އަގު ވަނީ 16 އިންސައްތަ އިތުރުވެފައި!

  • ދިވެހިރާއްޖެއަށް 3.77 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވޭ
ސިމާހާ ނަސީމް | sim_kamana

| 21 މެއި 2018 | ހޯމަ 18:42 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


އެމްޕީއެލްގެ ޕޯޓް -- ފޮޓޯ : މުހައްމަދު ޝަރުހާން

ފާއިތުވި އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 16 އިންސައްތަ ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހިރާއްޖެއަށް 3.25 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މިއަހަރުގެ އޭޕްރީލް މަހު މި އަދަދު ވަނީ 3.77 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 21 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓް ކޮށްފައިވާއިރު، ސިންގަޕޫރުން 13 އިންސައްތަ އަދި ޗައިނާ އިން 12 އިންސައްތަ މުދާ ވަނީ އެތެރެ ކޮށްފައެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހާއި އަޅާ ބަލާއިރު ހުސްވި އޭޕްރީލް މަހު %31 ވަނީ އިތުރުވެފައެވެ. މިއަހަރުގެ އޭޕްރީލް މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 262 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބިފައިވަނީ 200 މިލިއަން ރުފިޔާއެވެ.

ފާއިތުވި އޭޕްރީލް މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 77 އިންސައްތަ ވަނީ އިތުރު ވެފައިވެއެވެ. 2017 ވަނަ އަހަރުގެ އޭޕްރީލް މަހު 208 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، 2018 ވަނައަހަރުގެ އޭޕްރީލް މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރު ވަނީ 368 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޭޕްރިލް މަހު އެކްސްޕޯޓްކުރި މުދަލުގެ 50 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓް ކޮށްފައިވާއިރު، 8 އިންސައްތަ އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އިނގިރޭސިވިލާތަށް އަދި އެމެރިކާއަށް 7 އިންސައްތަ އަދި ފަރަންސޭސިވިލާތަށް 6 އިންސައްތަ އެކްސްޕޯޓް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް