22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ގްރީޒްމަން - ބާސާ

މެސީއަށް ގްރީޒްމަން ވަރަށް ކަމުދޭ!

  • އަންނަ ސީޒަނުގައި ގްރީޒްމަން ފެންނާނީ ބާސާއިން ކަމަށް ބެލެވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 21 މެއި 2018 | ހޯމަ 17:25 | |

މަގުބޫލް

  1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
  2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


ގްރީޒްމަން އަދި މެސީ -- ގެޓީ އިމޭޖާސް

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންއަކީ ވަރަށް ކަމުދާ ކުޅުންތެރިޔެއް ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ގްރީޒްމަންއާ ގުޅިގެން މިގޮތަށް ވާހަކަ ދައްކާފައިވާއިރު އަންނަ ސީޒަނުގައި ގްރީޒްމަން ފެންނާނީ ބާސާއިން ކަމަށް ބެލެވެއެވެ. އެގޮތުން އެޓްލެޓިކޯއާއެކު އެންމެ އެދެވޭ ކާމިޔާބު ނުހޯދޭތީ ގްރީޒްމަން އެހެން ޓީމަކަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެސީ ބުނީ ގްރީޒްމަންއަކީ އޭނާއަށް ވަރަށް ކަމުދާ ކުޅުންތެރިޔެއް ކަމަށާއި އަދި އެއީ އެންމެނަށް ވެސް އެނގޭ ކަމެއް ކަމަށެވެ. މެސީ ބުނީ ގްރީޒްމަންއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ކަމަށް ބުނާ ވަހަކަތަކަށް އެއްވެސް ޖަވާބެއް ދެވެން ނެތް ކަމަށާއި އެހެން ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔަކު އެ ޓީމާއި ގުޅުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށެވެ. މެސީ ބުނީ މި ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއްގެ ގޮތުގައި ބެލެވޭ ޖާގަ އެބައޮތް ކަމަށާއި އެއީ ލީގާއި ކަޕް ލިބުމުން ކަމަށެވެ.

ބާސާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ އުމުރުން 27 އަހަރުގެ ފޯވާޑުގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން ވަނީ އޭނާ ބާސާއަށް ބަދަލުވުމަށް އެ ޓީމާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފައެވެ. އެގޮތުން ބައެއް ރިޕޯޓުތަކުގައި ވާގޮތުން އާޑާ ޓުރާން އެ ޓީމު ދޫކޮށްލުމާއެކު ހުސްވެފައިވާ 7 ނަމްބަރު ޖާޒީ އެ ޓީމާއި އަލަށް ގުޅުނު ފިލިޕޭ ކުޓީނިއޯއަށް ދީފައި ނުވަނީ ގްރީޒްމަންއަށް އެ ނަމްބަރު ދިނުމުގެ ގޮތުން ކަމަށެވެ.

ގްރީޒްމަން ހޯދުމަށް ބާސާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އެޓްލެޓިކޯއިން ވަނީ ދާދިފަހުން ބާސާއަށް އިންޒާރުދީ ބަޔާނެއް ވެސް ނެރެފައެވެ. އެ ޓީމުން ވަނީ ގްރީޒްމަން ނުވިއްކާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަ ތަކުރާރު ވެސް ކޮށްފައެވެ.

އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒްފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް މިއަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.

ގްރީޒްމަން ވަނީ މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެޓްލެޓިކޯއާއެކު ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅުނު 48 މެޗުގައި މި ސީޒަނުގައި 29 ލަނޑު ޖަހާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް