14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:45

އޭޓީޕީ ވޯލްޑް ޓުއަރ

އިޓާލިއަން އޯޕެން: ޗެމްޕިއަންކަމާއެކު އެއްވަނަ މަގާމަށް ނަޑާލް ޖެހިލައިފި

  • ނަޑާލް ވަނީ ސީދާ ދެ ސެޓުން ޒްވަރޭވް ބަލިކޮށްފައި
  • ފްރެންޗް އޯޕެން މުބާރާތައި ނަޑާލް ކުރިމަތިލާނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމުގައި އޮވެގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 21 މެއި 2018 | ހޯމަ 17:02 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  6. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  7. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  8. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން


ނަޑާލް މެޗު ނިންމާލުމަށްފަހު އުފާ ފާޅުކުރަނީ -- އޭޓީޕީ

އިޓަލީގެ ރޯމްގައި ކުރިޔަށް ދިޔަ އެޓީޕީ މާސްޓާސް އިޓާލިއަން އޯޕެންގެ ޗެމްޕިއަންކަން ހޯދައި ދުނިޔޭގެ އެއްވަނަ މަގާމަށް ސްޕެއިންގެ ރަފައޭލް ނަޑާލް ޖެހިލައިފިއެވެ.

އިޓާލިއަން އޯޕެންގެ ޗެމްޕިއަންކަން ނަޑާލް ހޯދީ ފައިނަލުގައި ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އެލެކްޒެންޑާ ޒްވަރޭވް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-1 އިން ނަޑާލް ގެންދިޔަ ނަމަވެސް ޒްވަރޭވް ވަނީ ދެވަނަ ސެޓު 6-1 އިން ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ނަޑާލް ގެންދިޔައީ 6-3 އިންނެވެ.

ނަޑާލް ފައިނަލަށް ދަތުރުކުރީ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ހަމައެހެންމެ ޒްވަރޭވް ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ދުނިޔޭގެ ތިންވަނައިގައި ރޭންކް ކުރެވިފައިވާ ކްރޮއޭޝިއާގެ މަރިން ޗިލިޗް ސީދާ ދެ ސެޓުން ބަލިކޮށްގެންވެ.  

މި މޮޅާއެކު އަންނަ ހަފްތާގައި ފަށާ ފްރެންޗް އޯޕެން މުބާރާތައި ނަޑާލް ކުރިމަތިލާނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމުގައި އޮވެގެންނެވެ. އޭނާއަށް އެއްވަނަ މަގާމު ގެއްލުނީ މިދިޔަ ހަފްތާގައި ކުޅުނު އޭޓީޕީ މެޑްރިޑް މާސްޓާސްގެ ފައިނަލުގައި ޑޮމިނިކް ތިއެމް އަތުން ބަލިވުމާއި ގުޅިގެންނެވެ. ނަޑާލް ވަނީ މި ޓެނިސް ސީޒަނުގައި ކްލޭ ކޯޓުގައި އޭނާ ކުޅުނު ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތެއް ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ ތަށި ވެގެންދިޔައި މި މުބާރާތުގެ ޗެމްޕިއަންކަން ނަޑާލް ހޯދި އަށްވަނަ ފަހަރަށެވެ. މިއީ އޭނާ ފައިނަލްގައި ވެސް ކުޅުނު 10 ވަނަ ފަހަރަށްވާއިރު ނަޑާލްއާ އެއް އަދަދަކަށް މި މުބާރާތުގެ ޗެމްޕިއަންކަން އެހެން އެއްވެސް ކުޅުންތެރިޔަކަށް ހޯދިފައެއް ނުވެއެވެ.

މިފަހަރުގެ މުބާރާތާއެކު ނަޑާލް ވަނީ އޯޕެން އެރާގައި 78 އޭޓީޕީ ވޯލްޑް ޓުއަރ މުބާރާތް ކާމިޔާބުކޮށްފައެވެ. އަންނަ ހަފްތާގައި ފަށާ ފްރެންޗް އޯޕެންއާ ނަޑާލް ކުރިމަތިލާނީ އެ މުބާރާތް 11 ވަނަ ފަހަރަށް ކާމިޔާބު ކުރުމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް