19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޕީއެސްޖީ

ޕީއެސްޖީގެ ކޯޗުގެ މަގާމައި ޓުޗެލް ހަވާލުވެއްޖެ

 • އޭނާ ވަނީ އެ ޓީމާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި
 • މިދިޔަ އަހަރުގެ މެއި މަހުގެ ފަހުން ޓުޗެލް އެއްވެސް ޓީމަކަށް އިރުޝާދު ދީފައެއް ނުވޭ
 • ޕީއެސްޖީއާއެކު ޓުޗެލް ޕްރީ ސީޒަން ފަރިތަކުރުންތައް ފަށާނީ އަންނަ ޖުލައި މަހުގެ ތެރޭގައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 21 މެއި 2018 | ހޯމަ 16:47 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
 5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
 6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 7. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
 8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ޕީއެސްޖީގެ އައު ކޯޗު ތޯމަސް ޓުޗެލް -- ގެޓީ އިމޭޖާސް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ ކޯޗުގެ މަގާމާއި ޖަރުމަނުގެ ތޯމަސް ޓުޗެލް ހަވާލުވެއްޖެއެވެ.

ޓުޗެލް ޕީއެސްޖީގެ ކޯޗުގެ މަގާމައި ހަވާލުވީ އެމަގާމުގައި ކުރިން ހުރި އުނައި އެމެރީ ދެ ސީޒަނަށްފަހު އެ މަގާމު ދޫކޮށްލަން ނިންމުމާއި ގުޅިގެންނެވެ. ޓުޗްލް ވަނީ ޕީއެސްޖީއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އުމުރުން 44 އަހަރުގެ ޓުޗެލް ވަނީ 2015 ވަނަ އަހަރުން ފެށިގެން ދެ އަހަރު ދުވަސް ވަންދެން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދު ދީފައެވެ. މިދިޔަ އަހަރުގެ މެއި މަހު ޑޯޓްމަންޑް ދޫކޮށްލި ފަހުން ޓުޗެލް އެހެން އެއްވެސް ޓީމަކަށް ކޯޗުކަން ކޮށްދީފައެއް ނުވެއެވެ.

ޕީއެސްޖީގެ ކޯޗުގެ މަގާމައި ހަވާލުވުމަށްފަހު ދިން ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓުޗެލް ބުނީ ޕީއެސްޖީގެ ކޯޗުގެ މަގާމާއި ހަވާލުވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޭނާ އެ މަގާމައި ހަވާލުވަނީ ވަރަށް ގިނަ އުއްމީދުތަކާއެކު ކަމަށެވެ. އޭނާ ބުނީ ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންނާއެކު މަސައްކަތްކުރަން ހުރީ ކެތްމަދުވެފައި ކަމަށާއި ޕީއެސްޖީގެ ސްޓޭޑިއަމްގައި ވީހާވެސް އަވަހަށް މެޗެއް ކުޅެން ބޭނުންވާ ކަމަށެވެ.

ޕީއެސްޖީގެ ރައީސް ނަސަރް އަލް ޚެލައިފީ ވިދާޅުވީ ޓުޗެލްއަކީ ޔޫރަޕުގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ އެންމެ ވާދަވެރި ކޯޗުންގެ ތެރޭގައި ގުނާލެވޭ ކޯޗެއް ކަމަށާއި އޭނާއަކީ އެންމެ މަތީ ފަންތީގެ ކޯޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ޓުޗެލްގެ ޕްލޭންގެ ދަށުން ޕީއެސްޖީއަށް ކާމިޔާބު ލިބޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ޕީއެސްޖީގެ ކޯޗުކަމުން އެމެރީ ވަކިވީ އެ ޓީމުގެ ބައެއް ކުޅުންތެރިންނާއި ވަކިން ހާއްސަކޮށް ނޭމާއާ އޭނާއާ ދެމެދު އޮތް ގުޅުން ގޯސްވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނޭމާ ޕީއެސްޖީއާ ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ.

ނޭމާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޓުޗެލް ވަނީ ނޭމާއަކީ ފަންނުވެރިޔެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނޭމާއަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ޓުޗެލް ބުނީ ފަންނުވެރިންނަށް ހާއްސަ ކަންކަން ކޮށްދޭން ޖެހޭ ކަމަށާއި އެއީ އެންމެނަށް ވެސް އެނގެންޖެހޭ އާއްމު މައުލޫމާތު ކަމަށެވެ. އޭނާ ބުނީ ނޭމާއާ ދިމާވި ކަމަށާއި އަދި އޭނާއާއެކު ވަރަށް އުއްމީދީ ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ ކަމަށެވެ. އަދި އޭނާއަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭނެ ކުޅުންތެރިޔެއް ކަމަށް ޓުޗެލް ބުނެފައިވެއެވެ. ޕީއެސްޖީގެ ޓީމު ނޭމާގެ މައްޗަށް ބިނާކުރާނެ ފަދަ އިޝާރާތެއް ވެސް ޓުޗެލް ވަނީ ދީފައެވެ.

ޕީއެސްޖީއާއެކު ޓުޗެލް ޕްރީ ސީޒަން ފަރިތަކުރުންތައް ފަށާނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ. ޕީއެސްޖީ މި ސީޒަން ނިންމާލީ ފްރާންސްގައި ބާއްވާ އެންމެ ބޮޑު ތިން މުބާރާތުގެ ވެސް ޗެމްޕިއަނުންގެ ގޮތުގައެވެ. އެހެން ނަމަވެސް އެ ޓީމަށް ޗެމްޕިއަންސް ލީގުގައި މާ ދުރަށް ދަތުރުކުރެވިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް