20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބ. ހިތާދޫ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

  • އެ މާރުކޭޓުގައި އެއްޗެހި ބަހައްޓަން ބޭނުންވާ ފަރާތްތަކުން އަގު ޖެހުމަށްފަހު، ފައިސާ އަޅާނެ ދަޅެއް ނުވަތަ ފުޅިއެއް ބަހައްޓާ
  • މާރުކޭޓަށް މީހުން އައިސް އެ ބޭނުންވާ އެއްޗެއް ގަތުމަށްފަހު އަމިއްލައަށް ލާރި މާރުކުރޭ
  • މާރުކޭޓުގައި ސޭޓެއް ނެތުމުން ރަށަށް އަންނަ މީހުން އެ ވާހަކަ ދައްކާ
ސިމާހާ ނަސީމް | sim_kamana

| 21 މެއި 2018 | ހޯމަ 16:20 | |

މަގުބޫލް

  1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
  8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


ބ. ހިތާދޫ - 'އިންސާފު" ގެ މާރުކޭޓުގައި މީހަކު އެއްޗެހި ވިއްކުމަށް ބަހައްޓަނީ -- ފޮޓޯ : ސިމާހާ ނަސީމް

ބ. ހިތާދޫގައި 2012 ވަނަ އަހަރު "އިންސާފުގެ މާރުކޭޓު" ގެ ނަމުގައި ހުޅުވި މާރުކޭޓުގައި ވިޔަފާރި ކުރަނީ ސޭޓަކާ ނުލާ ވަރަށް ތަފާތު ގޮތަކަށެވެ.

އެ ރަށުން ބުނި ގޮތުގައި އެ މާރުކޭޓުގައި އެއްޗެހި ބަހައްޓަން ބޭނުންވާ ފަރާތްތަކުން އަގު ޖެހުމަށްފަހު، ފައިސާ އަޅާނެ ދަޅެއް ނުވަތަ ފުޅިއެއް ބަހައްޓަނީއެވެ. އެ ދަޅު ނުވަތަ ފުޅި ބެހެއްޓުމުން، މާރުކޭޓަށް މީހުން އައިސް އެ ބޭނުންވާ އެއްޗެއް ގަތުމަށްފަހު އަމިއްލައަށް ލާރި މާރުކޮށްގެން، އެ ގަންނަ އެއްޗަކަށްވާ އަގު ދަޅަށް ލުމަށްފަހު ދަނީއެވެ.

ހިތާދޫ ކައުންސިލް މެމްބަރު އަންވަރު މުހައްމަދު ވިދާޅުވީ އެ މާރުކޭޓުގައި އެއްޗެހި ބެހެއްޓިޔަސް އެއްވެސް އެއްޗެއް ގެއްލިގެން ޝަކުވާ ލިބިފައިނުވާ ކަމަށާއި އެތާނގައި އާންމުކޮށް މީހުން އެއްޗެހި ބަހައްޓަނީ ހެނދުނު ގަޑީގައި ކަމަށެވެ.

އެ މާރުކޭޓުން ލިބެން ހުންނަ ބައެއް ތަކެއްޗަކީ ކިއުކަންބާ، ކަރާ، ކާށި، ބަށި، ކުދި ގުޅަ، އަދި ހަވާދުގެ އިތުރުން ފޭރެވެ. އެ މާރުކޭޓުގައި ވިއްކަން ބަހައްޓާ ތަކެއްޗަކީ ރަށުގެ ރައްޔިތުން އަމިއްލައަށް ހައްދައިގެން ވިއްކަން ބަހައްޓާ ތަކެއްޗެވެ.

އެ ތަނުގައި އެއްޗެހި ބަހައްޓާ ފަރާތްތަކުން ބުނީ އެ މާރުކޭޓުން ހެޔޮ އަގެއްގައި ތަކެތި ލިބޭނެ ކަމަށާއި އެތާނގައި އެއްޗެހި ބަހައްޓާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް ފައިސާ ގެއްލިގެން ނުވަތަ ބަހައްޓާ އެއްޗެހި ގެއްލިގެން އުޅެން ނުޖެހޭ ކަމަށެވެ.

އެ މާރުކޭޓުގައި ސޭޓެއް ނެތުމުން ރަށަށް އަންނަ މީހުން އެ ވާހަކަ ދައްކާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އެ ރަށު ކައުންސިލުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަގުމަތިން މީހަކު ހޮވި 20 ރުފިޔާގެ ވެރި ފަރާތް ހޯދުމަށް އަޑުގަދަކުރާއިން ގޮވާފައެވެ. އެހާވެސް އެ ރަށު ރައްޔިތުން އިހްލާސްތެރި ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ. އަދި އެކަމަށް އެ ރަށު އެންމެހާ ރައްޔިތުން ފަހުރުވެރިވާ ކަމަށް ވެސް އެ ރައްޔިތުން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

husha

11 މަސް ކުރިން

ماشاء الله

13
1
އަލީ

11 މަސް ކުރިން

އަހަރެމެން ތިރަށު ރައްޔިތުންނަށް ޝުކުރު އަދާކޮށް ފަޚުރު ވެރިވަން. ތެދުވެރިކަމުގެ ލާމަސީލު މިސާލެއް

44
1
އަލީ

11 މަސް ކުރިން

މާސާ ﷲ