23 އޭޕުރިލް 2019 | އަންގާރަ | 03 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: އިނިއެސްޓާގެ ފަހު މެޗު ބާސާއިން ކާމިޔާބުކޮށްފި

  • ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން
  • މި ސީޒަނުގެ ރަން ބޫޓު 34 ލަނޑާއެކު ގެންދިޔައީ މެސީ
  • މިއީ ބާސާގެ ތާރީހުގައި ވެސް އެ ޓީމުން ކާމިޔާބުކުރި 25 ވަނަ ލަލީގާ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 21 މެއި 2018 | ހޯމަ 16:17 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!


އިނިއެސްޓާ ލަލީގާގެ ތަށި އުފުލާލަނީ -- އެފްސީ ބާސެލޯނާ

ސްޕެނިޝް ލަލީގާގައި އަންދްރޭސް އިނިއެސްޓާ ކުޅުނު ފަހު މެޗު އޭނާގެ ޓީމު ކަމަށްވާ ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ބާސާއިން ކުރިމަތިލިއިރު އެ ޓީމު އަމިއްލަ ދަނޑުގައި އެންމެފަހުން ކުޅުނު 35 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. މި މެޗު ވެގެންދިޔައީ ބާސާގެ ޖާޒީގައި އިނިއެސްޓާ ކުޅޭނެ އެންމެ ފަހު މެޗަށެވެ. ހަމައެހެންމެ މި މެޗަކީ ރެއާލް ސޮސިއެޑާޑްގެ ކެޕްޓަން ޒަބީ ޕްރިއޭޓޯ އެ ޓީމަށް ވެސް ކުޅެދިން އެންމެ ފަހު މެޗެވެ. މި މެޗުގެ ފުރަތަމަ އެގާރާގައި އިނިއެސްޓާ ހިމެނުނުއިރު ލިއޮނެލް މެސީ މެޗު ފަށާފައިވަނީ ބެންޗުންނެވެ. މެޗު ފެށުމުގެ ކުރިން ސޮސިއެޑާޑްގެ ކުޅުންތެރިން ވަނީ ބާސާގެ ކުޅުންތެރިންނަށް ގާޑް އޮފް އޮނަރ އެއް ދީފައެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ރަކިޓިޗް އަދި އިނިއެސްޓާ ލަނޑު ޖެހުމާއި ގާތަށް ދިޔަ ނަމަވެސް އެ ދެ ކުޅުންތެރިންނަށް ވެސް ސޮސިއެޑާޑްގެ ގޯލު ހުޅުވާލެވިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 57  ވަނަ މިނެޓުގައި ބާސާއަށް ޖަހައިދިނީ އެ ޓީމުގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ލަނޑަށްފަހު ބާސާއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ސޮސިއެޑާޑްގެ ކީޕަރު މޯޔާއެވެ.

މި ސީޒަނުގެ ރަން ބޫޓު 34 ލަނޑާއެކު ގެންދިޔައީ މެސީއެވެ. އޭނާއާ އެއް އަދަދަކަށް ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅޭ އެހެން އެއްވެސް ކުޅުންތެރިޔަކަށް ލަނޑު ޖެހިފައެއް ނުވެއެވެ. މިއީ ބާސާގެ ތާރީހުގައި ވެސް އެ ޓީމުން ކާމިޔާބުކުރި 25 ވަނަ ލަލީގާއެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ފާއިތުވެދިޔަ 10 ސީޒަނުގައި ހަތް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަނުންގެ ގޮތުގައި ބާސާއިން މި ސީޒަން ނިންމާލިއިރު މި ސީޒަނުގައި ކުޅުނު 38 މެޗުން އެ ޓީމު ވަނީ 93 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑަށް 79 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 76 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ވެލެންސިއާއަށް 73 ޕޮއިންޓް ވަނީ ލިބިފައެވެ. ގަދަ ހަތަރެއްގައި ހިމެނުނު ޓީމުތަކަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައިވާއިރު 61 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް ވިޔަރެއާލްއަށް ވަނީ ޔުއެފާ ޔުރޮޕާ ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް