20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ޓްރާންސްޕޯޓް އޮތޯރިޓީ

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

  • އެހެން ކުންފުންޏަކުން އިންޝުއަރ ނުކުރެވޭ ގޮތަށް އޮތުމަކީ އިންސާފެއް ނޫން" އޮޑިވެރިން
ސަހުބާން ފަހުމީ | sahubaan

| 11 ޖެނުއަރީ 2017 | ބުދަ 17:38 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


މާރުކޭޓު ސަރަހައްދުގައި މަސްބޯޓްތަކެއް ބަނދަރު ކޮށްފައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކަނޑުއުޅަނދުތައް އިންޝުއެރެންސް ކުރުމާބެހޭ އުސޫލަށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާއެކު އުޅަނދުތައް އިންޝުއެރެންސް ކުރެވޭނީ ހަމައެކަނި އެލައިޑް އިންޝުއެރެންސް މެދުވެރިކޮށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ކަމަށް މަސްވެރިން ބުނެފިއެވެ.

ކަނޑުއުޅަނދުތައް އިންޝުއަރެންސް ކުރުމާބެހޭ ގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީންކުރި އިއުލާނުގައި ބުނެފައި ވަނީ ކަނޑުއުޅަނދުތައް ދެން ދަތުރުކުރަންވާނީ ޓޯޓަލް ލޮސް އިންސުއަރެންސް ޕޮލިސީއެއް އޮވެގެން ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަނޑު އުޅަނދުފަހަރު ދަތުރުކުރަން ވާނީ “ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު”ގެ 39 ވަނަ މާއްދާގެ “ހ”ގައި ބަޔާން ކޮށްފައިވާ އެ އޮތޯރިޓީން ޤަބޫލުކުރާ ހަލް އެންޑް މެޝިނަރީ ހިމެނޭ ގޮތަށް ޓޯޓަލް ލޮސް އިންޝުއަރެންސް ޕޮލިސީއެއް އުޅަނދުގައި އޮވެގެންކަން އާންމުކޮށް އަންގައި އިޢުލާންކުރާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން އޮޑިވެރިއަކު ބުނީ ކަނޑުއުޅަނދު ފަހަރު އިންޝުއެރެންސް ކުރުމާބެހޭ އުސޫލަށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ސާފުކުރި ކަމަށެވެ. އެގޮތުން ކަނޑުއުޅަނދުތައް ހަމައެކަނި އިންޝުއަރެންސް ކުރެވޭނީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން ބުނެފައިވާ ކަމަށެވެ. އަދި އެ ނޫން އެހެން ތަނަކުން ކުރާ އިންޝުއަރެންސް އެއް ބަލައި ގަބޫލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި އޮޑިެވރިޔާ ބުންޏެވެ.

އޭނާ ބުނީ ހަމައެކަނި އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ކަނޑުއުޅަނދުތައް އިންޝުރެންސް ކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން ބައެއް އުޅަނދުތައް މިހާރު ވެސް އެހެން އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް އިންޝުއަރެންސް ކޮށްފައިވާ ކަމަށާއި އެހެން ކަމަން އަނެއްކާ ވެސް އެލައިޑް މެދުވެރިކޮށް އަލުން އިންޝުއަރެންސް ކުރުމަކީ މާލީ ގޮތުން ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ބުންޏެވެ.

އޮޑިވެރިޔާ ބުނީ މިކަން ހައްލު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިންނާ ބައްދަލު ކުރުމަށް މަސައްކަތްކުރި ކަމަށާއި ނަމަވެސް އަދި ބައްދަލު ކުރެވޭ ގޮތެއް ނުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިކަން ހައްލު ކުރެވެން ހުރި ހުރިހައި ކަމެއް ކުރާނެ ކަމަށް އޮޑިވެރިޔާ ބުންޏެވެ.

މަކަމާ ގުޅޭ މައުލޫމާތު ސާފް ކުރުމަށް ރާއްޖެއެމްވީ ކުރި މަސައްކަތް ޓްރާންސްޕޯޓް އޮތޯރިޓީން ފޯނަށް ޖަވާބު ނުދޭތީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެ އޮތޯރިޓީގެ އިސްވެރިންނަށް ގުޅުމުން ފޯން ނިއްވާލާފައިވާތީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް