13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މުސްލިމުންނަށް ދޭ ހަމަލާ

ސައްޔިދުއް ރައީސް: މުސްލިމު ދުނިޔޭގެ ކެކުޅުމާއި ހިތްވަރު، ލަވަޔަކުން

 • ސީރިއާ، ޔަމަން، މިޔަންމާ އަދި ފަލަސްޠީނުގެ މައްސަލައަށް ވަނީ އަލިއަޅުވާލާފަ
 • ބޮޑެތި ޤައުމުތަކުގެ ވެރިން ރަމްޒުކޮށްދީފައިވޭ
 • ލަވަޔަށް ދަނީ ތަރުހީބާއި ފާޑުކިޔުން އަމާޒުވަމުން
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 21 މެއި 2018 | ހޯމަ 13:12 | |

މަގުބޫލް

 1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
 2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
 3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
 5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
 6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
 7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
 8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ލަވައިގެ މަންޒަރެއް -- ޔޫޓިއުބް

ރައީސްއެވެ.

ރަމަޟާން މަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

ބަންގި ގޮވައިފިއެވެ. ކްރިސްޓިއަން ފައްޅިތަކުގެ ބެލްތައްވެސް އިއްވައިފިއެވެ. އެ ގޮވަނީ އެއް ޖަންނަތަކަށެވެ. އެންމެންގެ އެއްކައުވަންތަ ކަލާންގެއަށެވެ.

އަހަރެންގެ މަންމަ އެދަނީ އެކަމަނާއަށް ވީ ބައިން ޕާނެއް ގަންނާށެވެ. ހިތާމައިން ހަލާކުވެފައިވާ ހިތަކާއިއެކުއެވެ.

އަހަންނާއި އެކު ރޯދަ ވީއްލުމަށް ދަޢުވަތު ދެމެވެ. ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ތެރެއިން އަހަރެންގެ ގެ ހޯދިއްޖެ ނަމައެވެ.

***

މަރު ބޯޓުތައް ހުވަފެނީ ގޮނޑުދޮށްތަކަށް ވާޞިލްވެއްޖެއެވެ. އޭގައި އެވާ ކުދިންގެ ފޮޓޯއެއް މަޖައްލާތަކުގެ ބޭރަކު ނުޖަހައެވެ.

***

ރައީސްއެވެ.

އަހަންނަކަށް ނުނިދެއެވެ. ލޯ މަރާލެވޭ ކޮންމެ ފަހަރަކު އިވެނީ ބޮން އަޅާއަޑެވެ. އެނދުގައި ރޯވެ ދުން އަރަން ފަށާ އިހުސާސް ކުރެވެއެވެ. އޭގެއަށް ފިލުމަކުން މިނިވަންކަމެއް ނެތެވެ.

ނާނާ އަކީ ރުއިމެވެ. ކުޅެން ގެންގުޅޭ ތަކެތިން ލޭ އޮހޮރޭ ފަދައެވެ.

ރައީސްއެވެ.

ކުޅެން ގެންގުޅޭ ތަކެތިން ލޭ އޮހޮރެއެވެ.

***

ރައީސްއެވެ.

އަހަރުމެންނަކީ ފިލި މީހުންނެވެ. އަމިއްލަ ވަޒަނުން ބޭރުކޮށްލެވުނު މީހުންނެވެ. ކުށްވެރިންނެވެ. އަހަރުމެންގެ ކުށަކީ އަހަރުމެންގެ އަޤީދާއެވެ. އެ އަޤީދާ މަތީގައި ދެމިތިބުމެވެ.

އަހަރުމެން ނައްތާލުމަށް ޙުކުމް އިއްވުނެވެ. އަހަރުމެންގެ އަޑު ކަނޑުވާލެވުނެވެ. ޝަޙާދަތުގެ ދެ ކަލިމަ އިސްކޮށް އަޑުއިއްވީތީއެވެ.

ޝަޙާދަތުގެ ދެ ކަލިމަ އިސްކޮށް އަޑުއިއްވީތީއެވެ.

***

ރައީސްއެވެ.

އަހަރުމެން ރޯދަ ވީއްލާނީ ޤުދުސްގައެވެ. އެއީ ފަލަސްޠީނުގެ ވެރިރަށެވެ. އެއީ ދުއާ އިޖާބަކުރައްވާ ރަސްކަލާންގެ އަންގަވާފައިވާ ގޮތެވެ.

އާމީން. އާމީން. އާމީން.

 

މިއީ މި ރަމަޟާން މަހަށް ޚާއްސަކޮށްގެން، ޒައިން ޓެލެކޮމިއުނިކޭޝަންސް ގްރޫޕުން ތައްޔާރުކޮށްފައިވާ ލަވައެއްގެ އަވަސް ތަރުޖަމާއެކެވެ. ޒައިން ޓެލެކޮމިއުނިކޭޝަންސް ގްރޫޕަކީ މެދުއިރުމައްޗާއި އެފްރިކާގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްތައް ދެމުންދާ ކުވެއިތުގެ ކުންފުންޏެވެ.

ސައްޔިދުއް ރައީސްގެ ނަން ދީފައިވާ މި ލަވައިގައި އަލިއަޅުވާލާފައިވަނީ މި ރަމަޟާން މަހާއި އަޅުގަނޑުމެން ކުރިމަތިލިއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ދިމާވެފައިވާ ދަތި ހާލަށެވެ. ބޭއިންސާފާއި އަނިޔާއަށެވެ. ބާރުގަދަ ޤައުމުތަކުގެ ވެރިންގެ ކުރިމަތީގައި ކުޑަ ކުއްޖަކު ލަވަ ކިޔަމުންދާއިރު، އެންމެ ފުރަތަމަ އެ ގެނެސްދެނީ ސީރިއާގެ ވާހަކައެވެ.

ލަވައިގައި ދެން ގެނެސްދެނީ މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން ކަނޑުމަގުން ވިލާތުގެ ޤައުމުތަކަށް ހިޖުރަ ކުރާ މީހުންގެ ވާހަކައެވެ. މެދުއިރުމަތީގެ އެކި ހިސާބުތަކުން ރެފިއުޖީން ގޮވައިގެން ވިލާތަށް ކުރި ދަތުރުގައި އެތައް ބަޔަކު ކަނޑުވެފައިވެސް ވާއިރު، މި ލަވައިގައި ރެފިއުޖީ ބޯޓުތައް ސިފަކޮށްފައިވަނީ މަރު ބޯޓުތަކުގެ ގޮތުގައެވެ.

ލަވައިގައި ދެން ކިޔައިދެނީ ޔަމަނުގެ ވާހަކައެވެ. ޚާއްސަކޮށް ޔަމަނުގެ ކުޑަކުދިން ކުރިމަތިލާންޖެހޭ ބިރާއި ހިތްދަތިކަމުގެ ވާހަކައެވެ.

މި ލަވައިގައި އަލިއަޅުވާލާފައިވަނީ ހަމައެކަނި މެދުއިރުމަތީގެ މައްސަލަތަކަކަށް ނޫނެވެ. މިޔަންމާގެ ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުން ތަހައްމަލް ކުރަމުންދާ ވޭނާއި އަނިޔާއަށްވެސް ވަރަށް ފުން މެސެޖަކާއި އެކު މި ލަވައިގައި ވަނީ އަލިއަޅުވާލާފައެވެ. ރޮހިންގޔާ ދަރިކޮޅުގެ މީހުންނަށް ކުރިމަތިވެފައިވާ ހާލަތަކީ، އަދި އެ މީހުންނަށް ދެމުންދާ އަނިޔާގެ ހަމައެކަނި ސަބަބަކީ އެމީހުން މުސްލިމުންނަށް ވުން ކަން ލަވައިގައި ވަނީ ފާހަގަކޮށްފައެވެ.

އިސްލާމީ ދުނިޔެއަށް މިއަދު ދިމާވެފައިވާ އެންމެ ހިތާމަވެރި އެއް މައްސަލައަކީ ފަލަސްޠީނުގެ މައްސަލައެވެ. މި ލަވައިގައި ފަލަސްޠީނުގެ މައްސަލައަށް ވެސް ވަނީ އަލި އަޅުވާލާފައެވެ. ޚާއްސަކޮށް، އެމެރިކާއިން ޤުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާތީ، ޤުދުސް އަކީ ހަޤީޤަތުގައި ފަލަސްޠީނުގެ ވެރިރަށް ކަން މި ލަވައިގައި ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެއާއިއެކު، އިސްރާއީލުން ޖަލަށްލާފައިވާ ފަލަސްޠީނުގެ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ އަހަދް ތަމީމީގެ މައްސަލައަށްވެސް މި ލަވައިގައި ވަނީ އަލިއަޅުވާލާފައެވެ.

ލަވަޔަށް ސައްޔިދުއް ރައީސްގެ ނަން ދީފައިވާއިރު، މި ލަވައިގައި ދުނިޔޭގެ ބާރުގަދަ ބައެއް ވެރިން ރަމްޒުވާ ފަރާތްތަކެއް ވެސް ދައްކާފައިވެއެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި، ރަޝިއާގެ ރައީސް ލެޑްމިއަރ ޕޫޓީން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ގެ އިތުރުން ގަރުމަނުގެ ޗާންސެލަރ އެންގެލަ މާކެލް އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަދި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒް ރަމްޒުވާގޮތަށް ވެސް މި ލަވައިގައި ވަނީ ބަޔަކު ދައްކާފައެވެ. މީގެ އިތުރުން ލަވަ ނިމިގެންދާއިރު އަރަބި ދުނިޔޭގެ ލީޑަރުން އެކުގައި ޤުދުސް އާއި ދިމާލަށް ހިނގާފައިދާ މަންޒަރު ދައްކައެވެ.

ރިލީޒް ކުރިތާ 4 ދުވަސްތެރޭގައި ޔޫޓިއުބްގައި މި ލަވައަށް 4 މިލިއަން ވިއުޒް ލިބިފައިވާއިރު، މި ލަވައަށް ދަނީ ގިނަބައެއްގެ ތަރުހީބު ލިބެމުންނެވެ. ނަމަވެސް، މުސްލިމު ދުނިޔެއަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކުގެ އަޑީގައި ތިބި އަރަބި ޤައުމުތަކާއި، އެފަދަ މައްސަލަތަކާއިމެދު އަޅާނުލައި، ހުޅަނގުގެ ގޮނޑިކޮއްކޮއިންނަށް ވެގެން ތިބި އަރަބި ޤައުމުތަކުގެ އަމަލުތައް ހުރި ގޮތަށް މި ލަވައިގައި އަލިއަޅުވާލާފައި ނުވުމުން، ތަރުހީބާއި އެއްވަރަށް މި ލަވައަށް ދަނީ ފާޑުކިޔުންތައްވެސް އަމާޒުވަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް