17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރޯދަ ޚަބަރު

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

  • އައިލެންޑްގައި 21 ގަޑިއިރު ރޯދައަށް ހުންނަޖެހޭ
  • ފިންލޭންޑްގައި 19 ގަޑި އިރު ރޯދައަށް ހުންނަންޖެހޭ
  • ޗިލީގައި ރޯދައަށް ހުންނަނީ 10 ގަޑި އިރު
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 21 މެއި 2018 | ހޯމަ 09:35 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ރަމަޟާން މަހުގައި ރޯދަ ވީއްލަނީ -- ރޮއިޓަރސް

ރަމަޟާން މަހުގައި އެކި ހިސާބުތަކުގައި ރޯދަ ވީއްލަން ޖެހޭ ވަގުތުތައްވެސް ވަރަށް ބޮޑަށް ތަފާތު ވެގެންދެ އެވެ. ހަމައެއާއެކު ރޯދަ ހިފައިގެން ހުންނަން ޖެހޭ ވަގުތުވެސް ތަފާތުވެގެންދެ އެވެ.  ދުނިޔޭގެ އެކި ބައްރުތަކުގައި ރޯދައަށް ހުންނަންޖެހޭ ވަގުތުތަކުގައި ބޮޑު ފަރަގެއްވެ އެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ރޯދައަށް ގިނަ ވަގުތު ހޭދަ ކުރަންޖެހެ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ މުސްލިމުން ރަމަޟާން މަހުގައި ރޯދަ ހިފާ އިރު ރޯދައަށް ހުރުމުގައި އެންމެ ދިގު ވަގުތެއް ހޭދަ ކުރަން ޖެހެނީ އައިސްލެންޑެވެ. އައިސްލެންޑުގައި ރޯދައަށް ގާތްގަނޑަކަށް 21 ގަޑިއިރު ހޭދަ ކުރަންޖެހެ އެވެ. އެގައުމަށް ފަތިސްނަމާދު ވަގުތު ވަނީ 02:27 ގައެވެ. މަޣްރިބް ނަމާދު ވަގުތު ވަނީ 10:44 (ޕީ.އެމް) ގަ އެވެ.

މީގެ އިތުރުން ފިންލޭންޑް އަދި ގްރީންލޭންޑުގައި 19 ގަޑި އިރު ރޯދައަށް ހުންނަންޖެހޭ އިރު ނޯވޭ އާއި ސްވިޑެންގައިވެސް ގާތްގަނޑަކަށް 19 ގަޑި އިރު ރޯދައަށް ހުންނަން ޖެހެ އެވެ.

މީގެ އިތުރުން މުޅި ދުނިޔެއިންވެސް ރޯދައަށް ހުންނަން ޖެހޭ ވަގުތު އެންމެ ކުރީ ޗިލީ އެވެ. އެއީ 10 ގަޑި އިރެވެ. މިއީ އެންމެ ގިނަ ވަގުތު ރޯދައަށް ހޭދަކުރާ އައިސްލެންޑާއި އަޅާ ބަލާ އިރު ދެ ގުނަ މަދު ވަގުތެވެ.  ރޯދައަށް 12 ގަޑިއިރަށްވުރެ މަދުން ހޭދަ ކުރަންޖެހޭ ގައުމުތަކަށް ބަލާ އިރު ނިއުޒިލެންޑާއި ސައުތު އެފްރިކާ ހިމެނެ އެވެ. ނިއުޒިލެންޑްގައި 11 ގަޑިއިރާއި 35 މިނެޓް ރޯދައަށް ހުންނަ އިރު ސައުތު އެފްރިކާގައި ރޯދައަށް ހުންނަނީ 11 ގަޑިއިރާއި 47 މިނެޓެވެ.

ބްރެޒިލް އާއި އޮސްޓްރޭލިއާ ރޯދައަށް ހޭދަ ކުރަންޖެހެނީ 11 ގަޑިއިރާއި 59 މިނެޓެވެ. އަދި ޔޫއޭއީ ހުންނަންޖެހެނީ 14 ގަޑިއިރާއި 52 މިނެޓެވެ.

ދިވެހި ރާއްޖޭގައިވެސް ރޯދައަށް ހުންނަ ވަގުތަކީ ގާތްގަނޑަކަށް 14 ގަޑިއިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މަންޑޭ

9 މަސް ކުރިން

އަހަރެމެން ވެސް 16 ގަޑީ ޢީޜު

0
0
ބެއްޔާ

9 މަސް ކުރިން

އަސްލު 21 ގަޑިއިރު ހުންނާކަށް ނުޖެހޭނެ. އެއީ ބުއްދި ހަމަޖެހޭ ގޮތެއްނޫން. ސިއްހީގޮތުން ބަލާއިރުވެސް ރަނގަޅުކަމެއް ނޫން.

1
0