21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އިރުފާން ޚާން

އިރުފާންގެ ހާލު އަންނަނީ ރަނގަޅުވަމުން، ކަރްވާންގެ ޓީމާ ވަރަށް އަވަހަށް ގުޅޭނެ

  • އިރުފާނަށް ކެންސަރު ޖެހިފައިވާއިރު ތަހައްމަލު ކުރަމުންދަނީ ކެންސަރުގެ އެންމެ ފަހުގެ ސްޓޭޖް
  • އިރުފާންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 21 މެއި 2018 | ހޯމަ 08:44 | |

މަގުބޫލް

  1. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


އިރުފާން ޚާން -- ގޫގުލް

ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ޚާނަށް ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރު ޖެހުމުން އިތުރު ފަރުވާއަށް ލަންޑަނަށް ފުރާފައި ވަނީ މާޗް މަހުގެ ތެރޭގައެވެ.

އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ ހުރުމަށްފަހު މިދިޔަ ހަފްތާގައި އޭނާ ވަނީ ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު ކަރްވާންގައި ހަރަކާތްތެރިވާ ތަރިންނަށް ހެޔޮދުއާ ކުރާކަމަށް ބުނެފައެވެ. ކަރްވާން ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ. މި ފިލްމުގައި އިރްފާނުގެ އިތުރުން ލީޑު ރޯލުން ފެނިގެންދަނީ މިތިލާ ޕަލްކާ އާއި މަލަޔާލަމް އެކްޓަރ ދުލްކާ ސަލްމާންއެވެ.

އިންޑިއާގެ ނޫސްތަކުންވެސް ވަނީ ކަރްވާން ޕްރޮމޯޓުކުރުމުގެ ކަންތައްތަކާއި ވަރަށް އަވަހަށް އިރުފާން ގުޅޭނެ ކަމަށާއި އޭނާގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ.

އިރުފާންގެ އެހެން ފިލްމެއްވެސް މިއަހަރު ވަނީ ނެރެފައެވެ. އެއީ އެޕްރީލް 6 ގައި ނެރުނު ބްލެކްމެއިލްއެވެ. އެފިލްމު ރިލީޒްކުރިއިރު ވެސް އިރުފާން ހުރީ ބައްޔަށް ބޭސްކުރުމަށް އިނގިރޭސި ވިލާތުގަ އެވެ.

އިރުފާން ބުނީ އޭނާ ބޭނުންވަނީ އޭނާގެ ފޭނުންނާއި އާންމުންގެ ހެޔޮ ދުއާ ކަމަށެވެ. އޭނާއަށް ލަންޑަނުގައި ފަރުވާދެނީ އިންޑިއާ ޑޮކްޓަރެއްކަމަށާއި ޖެހިފައިވާ ބަލި ރަނގަޅު ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ލަންޑަނުގައި އޭނާ ބަލި އެއްކޮށް ރަނގަޅުވަންދެން ހުންނާނެއެވެ.

އިރުފާން ވަނީ ބޮލީވޫޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން "މުމްބާއީ މެރީ ޖާން،" "ޕީކޫ"، "ލައިފް އިން އަ މެޓްރޯ" "ދަ ލަންޗްބޮކްސް"، "ހައިދަރު" އަދި "ތަލްވާރު" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. ޓީވީ ސީރީޒްއެއް ކަމަށްވާ "ޝްރީކާންތު" އިން 1985 ވަނަ އަހަރު ކެރިއަރު ފަށައި 1988 ވަނަ އަހަރު "ސަލާމް މުބްއީ" ގެ ކުޑަ ރޯލަކުން ބޮލީވުޑަށް ތައާރަފްވި އިރުފާން ވަނީ ހޮލީވޫޑްގައި މަސައްކަތްކޮށް "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ ވެސް ހާސިލްކޮށްފައެވެ. އޭގެ އިތުރު ބޮޑެތި ބަޖެޓްތަކުން އުފެއްދި ހޮލީވޫޑްގެ ފިލްމްތައް ކަމަށްވާ "ދަ އެމޭޒިން ސްޕައިޑާ މޭން" އާއި "ލައިފް އޮފް ޕައި،" އަދި "އިންފާނޯ" ގައި ވެސް މުހިންމު ރޯލުތައް ކުޅެފައި ވެއެވެ. "މީގެ އިތުރުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި "ދަ ޖަންގަލް ބުކް" އަށް އަޑު އަޅައިދީފައި ވެއެވެ. އިރުފާން މުހިންމު ރޯލަކުން ފެނިގެންދިޔަ "ޖުރަސިކް ވާރލްޑް"އަކީ ބޮކްސް އޮފީހުގެ ތާރީހުގައި ވެސް ހަފުތާއެއްގެ ތެރޭގައި 500 މިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމެވެ. މިހާތަނަށް ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވޫޑްގެ ފިލްމަކީ ވެސް އެއީއެވެ. އެ ފިލްމުގައި އޭނާ އަދާކޮށްފައިވާ ސިމޮން މަސްރާނީގެ ކެރެކްޓާ އަށް ގިނަ ބަޔަކު ތައުރީފްކޮށްފައި ވެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް