26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ލޯކަލް ކައުންސިލް އިންތިޚާބު 2

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

  • ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރުތައް ވަނީ ހަނިކޮށްފަ
  • ޕީޕީއެމްގެ ސަރުކާރުގައި ކައުންސިލަރުންގެ މުސާރަ ވަނީ ކުޑަކޮށްފަ
އަޒުމޫން އަހުމަދު | azmoon_ahmed

| 11 ޖެނުއަރީ 2017 | ބުދަ 17:11 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ރައީސް ޔާމީން ސަރުކާރާއި ދައުލަތުގެ އިސްބޭފުޅުންތަކަކާ އެކު، ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް މި ސަރުކާރުގައި ވަނީ ގެނެސްފަ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ގާތުން ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. ރައްޔިތުންގެ ޚިޔާލު ހޯދައިގެން ރައްޔިތު މީހާ ރުހޭ ގޮތަށް ރަށުގެ ތަރައްގީ އާއި އިޖުތިމާއީ މަސައްކަތްތައް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށެވެ. މިއީ ލާމަރުކަޒީ ނިޒާމު ރާއްޖެ އަށް ތައާރަފްކޮށް، ގާނޫނެއްގެ ދަށުން ލާމަރުކަަޒު ކުރުމުގެ މަގްސަދެވެ.

 

ދިވެހިރާއްޖެ އުފެދިފައިވަނީ ޖަޒީރާ ގައުމެއްގެ ގޮތުގަ އެވެ. ދިވެހިންގެ ދިރިއުޅުން ބައްޓަން ކުރެވިފައިވަނީ މި ކުދި ޖަޒީރާ ރަށްތަކުން ލިބޭ ނަފާވެރިކަމުގެ މައްޗަށެެވެ. ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ އެ ނަފާވެރިކަން ރައްޔިތު މީހާ އަށް ހޯދައި ދިނުމެވެ. އެ ރަށެއްގެ މުއްސަނދިކަން އެ ރަށެއްގެ ރަށްވެހިން ރުހޭ ގޮތެއްގެ މަތިން އެންމެންނަށް އެއް ހަމައަކުން ލިބޭނެ އުސޫލެއް ގާއިމް ކޮށްދިނުމެވެެ.

 

މާލޭގެ ބޮޑު އޮފީހުގެ ފިނި ކޮޓަރީގައި ހުންނަވާ މިނިސްޓަރަކަށް ހއ. ތުރާކުނު ރައްޔިތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރާނެ ގޮތެއް ނޭނގޭނެ އެވެ. އައްޑޫ ސިޓީ ހިތަދޫ ޒުވާނުން ވޮލީ ކޯޓެއް އެޅުމަށް ބިން ދޫކުރާނެ ތަނެއް މާލޭ މިނިސްޓަރަކަށް ނޭނގޭނެ އެވެ. ނަމަވެސް އެ ރަށްރަށުން އެންމެ ހެޔޮ ގޮތުގައި ބިން ދޫކުރެވޭނެ ތަންތަން އެ ރަށެއްގެ ކައުންސިލަށް ދާދި ފަސޭހައިން ނިންމާލެވިދާނެ އެވެ. ރައްޔިތުން އެކަމާ މެދު ރުހޭ ގޮތް ހޯދޭނެ އެވެ. މިއީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ކުޑަކުޑަ މިސާލެކެވެ.

 

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ސަރުކާރުން މިވަނީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލާފަ އެވެ. ސިންގަޕޫރު މިސާލަކަށް ނަގައިގެން ސަރުކާރުގެ އަމާޒު ހިފާފައިވަނީ، ދިވެހިރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ އުސޫލު ވެސް ރައްޔިތުންނަށް އޮޅުވާލުމަށެވެ. ހަގީގަތަކީ ސިންގަޕޫރާއި މި ރާއްޖެއަކީ އެއް ތިލަފަތެއްގައި މިނެކިރޭނެ ދެގައުމު ނޫން ކަމެވެ. ސިންގަޕޫރަކީ އެއް ފަސްގަނޑެއްގެ ގޮތުގައި އޮތް ގައުމެކެވެ. އަޅުގަނޑުމެންނަކީ  90،000 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެއްގައި، 1200 އެއްހާ ކުދި ރަށްތަކެއްގައި ދިރިއުޅެމުންދާ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ.

 

ރައީސް ޔާމީނުގެ ސަރުކާރުގެ އަމާޒު ހިފާފައިވަނީ ދިވެހިރާއްޖެ އުފެދިފައިވާ އުސޫލާ ޚިލާފަށް، ދިވެހިން އެއްފަސްގަނޑަކަށް ޖަމާކުރުމަށެވެ. އަޅުގަނޑުމެން އަމިއްލަ ގެދޮރުތަކުން ނެރެ، ދަ ގްރޭޓާ މާލޭ ރީޖަންއޭ މި ކިޔާ ސަރަހައްދަށް އަޅުގަނޑުމެން އެންމެން ޖަމާކުރުމަށެވެ. އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުނު ބިންތަކުން ބޭރުކޮށް، ހުޅުމާލޭގެ ހިއްކި ބިމެއްގައި އަޅުގަނޑުމެން ބޭތިއްބުމަށެވެ. މޭލޭ ސަރަހައްދުގެ ފްލެޓެއްގައި އަޅުގަނޑުމެން ބަންދުކޮށް، ކުލީގެ އަޅުންތަކަކަށް ހެދުމުގެ ސަގާފަތް ދިރުވުމަށެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަރާ ހަމަކޮށްފައިވާއިރު، މި އިންތިހާބެއްގައި ބައިވެރިނުވެވިދާނެތީ ރައީސް ޔާމީނުގެ ޕީޕީއެމް ފެކްޝަނުން ކޯޓަށް ގޮސް އަމުރު ހޯދިތަން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި އެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމެއްގެ އިންތިހާބުގައި ރައީސް ޔާމީނުގެ ޕީޕީއެމުން ބައިވެރިވުމުގެ ބޭނުމަކީ ކޮބައިއތޯ؟ އެމަނިކުފާނުގެ ސަރުކާރުން މިވަނީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ އާއި ދެމެދުގައި އުފައްދާފައިވާ ކައުންސިލްތަކުގެ ހުރިހާ ބާރުވެރިކަމެއް މާލެއަށް ޖަމާކޮށްފަ އެވެ. ކައުންސިލަރުން ތިބުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދޭ މިންވަރަށް ކައުންސިލްތަކުގެ ބޭނުން ކަނޑުވާލާފަ އެވެ.

 

ކައުންސިލަރުންގެ މުސާރަތައް އިންތިހާ އަށް ކުޑަކޮށްލާފަ އެވެ. ސިޓީ ކައުންސިލްތަކަކީ ކަށުކަމާކެމީގެ ކަންތައްތައް ހަމައެކަނި ކުރާ ބަޔަކަށް ހެދުމަށް ފަހު އެ ބާރުވެސް މިވަނީ ސަރުކާރަށް ނަގާފަ އެވެ. ރަށެއްގެ މަގެއްމަތީގައި ގަހެއް އިންދާލާނެ ތަނެއް ހޯދުމަށް ވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް އާދޭސް ދަންނަވަން ޖެހޭ ވަރު ކޮށްލާފަ އެވެ. ކަން މިހެން އޮތް އިރު، ރައީސް ޔާމީނުގެ ޕާޓީގެ ނަމުގައި ލޯކަލް ކައުންސިލް އިންތިހާބެއްގައި ބައިވެރިވާނެ މީހަކު ނުލިބިގެން އުޅުމަކީ ހައިރާންވާންވީ ވަރުގެ ކަމެއް ނޫނެވެ.

 

ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް ރައީސް ޔާމީނުގެ ސަރުކާރަށް މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކަމެއް ކުރި ތަނެއް ފެނިގެންނެއް ނުދެ އެވެ. ކައުންސިލަރުން ބާރުވެރިކުރުވުމުގެ ބަދަލުގައި ފެނިގެންދިޔައީ ކައުންސިލަރުންނަށް ވީހާ ވެސް ފިއްތުންތައް ކުރިމަތި ކުރުވި ތަނެވެ. ކައުންސިލަރުންނަށް ވަރުގަދަ އިންޒާރުތައް ދިން މަންޒަރުވެސް މި ސަރުކާރުގެ ތެރޭގައި ފެނިގެން ގޮސްފި އެވެ.

 

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް ނިކުތުމަކީ ޕީޕީއެމްގެ އާންމު މެންބަރުންނާއި ކެނޑިޑޭޓުން ލަދުވެތިވާން ޖެހޭ ކަމެއް ނޫންތޯ އެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް