18 އޯގަސްޓު 2018 | ހޮނިހިރު | 09 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

ޔުއެފާ ޗެމްޕިއަންސް ލީގު

ސީޒަނުގެ އެންމެ ހާއްސަ މެޗަށް ރެއާލް އޮތީ ތައްޔާރަށް

  • ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ އިނގިރޭސިވިލާތުގެ ލިވަޕޫލް
  • އެ މެޗާއި ހަމަޔަށްދާއިރު އެއްވެސް އަނިޔާއެއް ޓީމުގައި ނެތް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 މެއި 2018 | އާދީއްތަ 18:09 | |

މަގުބޫލް

  1. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  2. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  3. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  4. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  5. ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
  6. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  7. ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހަރަކާތެއް ހިންގައިގެން ނުވާނެ، ފިޔަވަޅު އަޅާނަން: ޕޮލިސް
  8. އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި


ޒިދާން ނޫސްވެރިންނާއި ވާހަކަ ދައްކަނީ -- އޭޕީ

މި ސީޒަނުގެ އެންމެ ހާއްސަ މެޗަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކަމަށާއި އެ މެޗަށް ރެއާލް މެޑްރިޑް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ އިނގިރޭސިވިލާތުގެ ލިވަޕޫލްއެވެ. ލިވަޕޫލް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން އިޓަލީގެ ރޯމާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހަމައެހެންމެ ރެއާލް ފައިނަލަށް ދަތުރު ކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްގެންނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭނެ ފުރަތަމަ އެގާރަ އަދި އޭނާ ނުނިންމާ ކަމަށާއި އެ މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. އޭނާ ބުނީ ކިއޭވްގައި ކުޅޭ މެޗަކީ ސީޒަނުގެ އެންމެ ހާއްސަ މެޗު ކަމަށާއި އެ މެޗާއި ހަމަޔަށްދާއިރު އެއްވެސް އަނިޔާއެއް ޓީމުގައި ނެތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މި ސީޒަނުގެ ލަލީގާ ރެއާލް ނިންމާލީ ތާވަލުގެ ތިންވަނައިގައި އޮވެގެންނެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ މިވަގުތު ވާދަކުރެވެން އޮތީ ހަމައެކަނި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކަމަށާއި އެ މެޗު ކުޅުމަށް ހުރިހާ ކުޅުންތެރިން ވެސް ކެތްމަދުވެފައި ތިބި ކަމަށެވެ. ބޭނުންވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ކަމަށާއި އެއީ މި ސީޒަނުގައި ކާމިޔާބުކުރެވޭނެ ހަމއެކަނި މުބާރާތް ކަމަށް ޒިދާން ބުނެފައިވެއެވެ. އޭނާ ބުނީ ލަލީގާގައި ކަންކަން ދިޔަ ގޮތާއި މެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭ ކަމަށާއި އެހެން ނަމަވެސް ސީޒަނުގެ ކުރީކޮޅު ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރެވުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.

މިފަހަރުގެ ތަށި ރެއާލްއިން ނަގައިފިނަމަ ޒިދާން ވެގެންދާނީ ކާލޯ އެންޗެލޮއްޓީ އާއި ބޮބް ޕެއިސްލޭ ފިޔަވައި ޔޫރަޕިއަން ޓައިޓަލް 3 ފަހަރު ގެންދާ ހަމައެކަނި ކޯޗަށެވެ. އެންޗެލޮއްޓީވަނީ 2003 ވަނަ އަހަރާއި 2007 ވަނަ އަހަރުގެ ތަށި އޭސީ މިލާނާއިއެކު އަދި 2014 ވަނަ އަހަރުގެ ތަށި ރެއާލް މެޑްރިޑާއިއެކު އުފުލާފައެވެ. އަދި ޕެއިސްލީވަނީ 1977، 1978 އަދި 1981 ވަނަ އަހަރު ޔޫރަޕިއަން ކަޕް ލިވަޕޫލަށް ކާމިޔާބުކޮށްދީފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ފަސް އަހަރު ތެރޭ ހަތަރުވަނަ ފަހަރަށް ރެއާލް ނުކުންނައިރު އެ ޓީމުން ވަނީ ފާއިތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މިފަހަރުގެ މުބާރާތް ރެއާލް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް މި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިއަހަރުގެ ފައިނަލް ވެގެންދާނީ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފެނިގެންދާނެ އަށްވަނަ ފަހަރަށެވެ. މި އަދަދަށް އިނގިރޭސިވިލާތަށް ނިސްބަތްވާ އެހެން އެއްވެސް ޓީމަކަށް ފައިނަލްގައި ވާދަކުރެވިފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގު ފައިނަލްގައި ލިވަޕޫލާއި ރެއާލް ބައްދަލުކުރާ މެޗު ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް