26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ބ އަތޮޅަށް ކުރި ދަތުރު

ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

 • ދަތުރުކޮށްފައިވަނީ ބ. އަތޮޅުގެ 10 ރަށަކަށް
 • ގިނަ ރަށްތަކުގައި ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް އެ ރަށްތަކުގައި އެމްޑީޕީ އަށް ސަޕޯޓުކުރާ މީހުންނާ މުހާތަބު ކުރައްވާފައި
 • އެކި ރަށްތަކުގައި ރައީސް ނަޝީދުގެ ޕޯސްޓަރުތައް ބަހާ، އެ ރަށްތަކުގައި ޕޯސްޓަރު ހިއްޕުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައި
ސިމާހާ ނަސީމް | sim_kamana

| 20 މެއި 2018 | އާދީއްތަ 17:05 | |

މަގުބޫލް

 1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
 2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
 4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
 5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
 6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
 7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
 8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ތުޅާދޫގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ : ރާއްޖެ އެމްވީ

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވޯޓު ހޯދުމުގެ ގޮތުން އެމްޑީޕީން ވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ކެމްޕޭން ދަތުރުތައް ފަށާފައެވެ. އެގޮތުން މެއި 17 ވަނަ ދުވަހު އެމްޑީޕީ ކެމްޕޭން ޓީމުން ވަނީ ބ. އަތޮޅަށް ދަތުރުތައް ފަށާ މެއި 19 ވަނަ ދުވަހު އެދަތުރުތައް ނިންމާލާފައެވެ.

އެ ކެމްޕޭން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އާއި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. އަދި އެ ޓީމުން ބ. އަތޮޅުގެ 10 ރަށަކަށް ދަތުރު ކޮށްފައިވާއިރު ގިނަ ރަށްތަކުގައި ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް އެ ރަށްތަކުގައި އެމްޑީޕީ އަށް ސަޕޯޓުކުރާ މީހުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި ބައެއް މީހުން ވަނީ އެމީހުންގެ ޝުއޫރުތައް ވެސް ފާޅު ކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީ ކެމްޕޭން ޓީމުން ވަނީ އެކި ރަށްތަކުގައި ރައީސް ނަޝީދުގެ ޕޯސްޓަރުތައް ބަހާ، އެ ރަށްތަކުގައި ޕޯސްޓަރު ހިއްޕުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީން ދަތުރު ކޮށްފައިވާ ބ. އަތޮޅުގެ 10 ރަށަކީ މާޅޮސް، ކަމަދޫ، ކުޑަރިކިލު، ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ހިތާދޫ، ތުޅާދޫ އަދި ފެހެންދޫގެ އިތުރުން ގޮއިދޫއެވެ.

އެމްޑީޕީ ކެމްޕޭން ޓީމުން ތުޅާދޫ އަށް ދިޔުމާއެކު އެ ރަށު ރައްޔިތުން ވަނީ އެމްޑީޕީ ކެމްޕޭން ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން އެ ރަށަށް ލޯންޗު ކައިރި ކުރި ވަގުތު އެ ރަށުގެ ބައެއް ރައްޔިތުން ތިބީ ރައީސް ނަޝީދުގެ ޕޯސްޓަރު ހިފައިގެން ސަފަކަށް ބަނދަރު މަތީ އެތުރިލައިގެން ކެމްޕޭން ޓީމަށް މަރުހަބާ ކިޔަން ތައްޔާރަށެވެ.

އެ ދަތުރުގެ ބޮޑު ޖަލްސާ ބާއްވާފައިވަނީ ބ. ތުޅާދޫގައެވެ. ގިނަ އަދަދެއްގެ ރައްޔިތުން ޖަލްސާގައި ބައިވެރި ވެފައިވާއިރު އެ ޖަލްސާގައި ވެސް ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް ވާހަކަފުޅު ދައްކަވާފައެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލު ހިސާން ހުސެއިން އެ ދަތުރުގައި އެއްކޮށް ބައިވެރިނުވި ނަމަވެސް ހާއްސަކޮށް އެ ޖަލްސާއަށް ވަޑައިގެން ވަނީ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ބ. ދަރަވަންދޫން ވަނީ ރައީސް ނަޝީދުގެ އުފަންދުވަހު ސްކައިޕް މެދުވެރިކޮށް ވާހަކަ ދެއްކެވިއިރު އެމަނިކުފާނަށް އުފަންދުވަހުގެ ކޭކެއް ތައްޔާރުކޮށް ކޭކު ވެސް ވަނީ ފަޅާފައެވެ.

ދަތުރު ނިންމަވާލައްވަމުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއެއްގައި ނާޒިމް ވިދާޅުވީ ރައީސް ނަޝީދަށް ތާއިދު އެބައޮތް ކަމަށާއި އެބޭފުޅުންގެ އެއް އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޭމްޕޭން ހިންގައި އެކި ރަށްތަކުގައިވެސް ސްކައިޕް މެދުވެރިކޮށް އެ ރަށުގެ ރައްޔިތުންނަށް ރައީސް ނަޝީދާއި ވާހަކަ ދެއްކޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. 

ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގައި އެ ހަރަކާތްތައް ކުރިއަށްދާއިރު ހަފްތާ ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ޓީމުތައް ދަނީ ދަތުރު ކުރަމުންނެވެ. ހަމައެހެންމެ ރާއްޖެއިން ބޭރުގައި ވެސް ޖަޒީރާ ރައީސްގެ ކެމްޕެއިން ދަނީ ހަލުވި ސްޕީޑެއްގައި ކުރަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް