15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އޭޓީޕީ ވޯލްޑް ޓުއަރ

އިޓާލިއަން އޯޕެން: ޖޮކޮވިޗް ބަލިކޮށް ނަޑާލް ފައިނަލަށް

  • ނަޑާލް ވަނީ ސީދާ ދެ ސެޓުން ޖޮކޮވިޗް ބަލިކޮށްފައި
  • މުބާރާތުގެ ދެވަނަ ސެމީގައި ޒްވަރޭވް ވަނީ ސީދާ ދެ ސެޓުން ޗިލިޗް ބަލިކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 މެއި 2018 | އާދީއްތަ 17:00 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ޖޮކޮވިޗް އަދި ނަޑާލް ސެމީއަށް ފަހު -- ގެޓީ އިމޭޖާސް

އިޓާލިއަން އޯޕެންގެ ސެމީ ފައިނަލުގައި ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ބަލިކޮށް ފައިނަލްގެ ޖާގައެއް ދުނިޔޭގެ ދެވަނައިގައި ރޭންކް ކުރެވިފައިވާ ސްޕެއިންގެ ރަފައޭލް ނަޑާލް ހޯދައިފިއެވެ.  

މި މުބާރާތުގެ އެއްވަނައަށް ސީޑު ކުރެވިފައިވާ ނަޑާލް ވަނީ ސީދާ ދެ ސެޓުން ޖޮކޮވިޗް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 7-6 އަދި 6-3 އިންނެވެ.

މިފަހަރުގެ ސެމީ ވެގެންދިޔައީ ޖޮކޮވިޗް އަދި ނަޑާލް އޭޓީޕީ ޓުއާރގައި ބައްދަލުކުރި 51 ވަނަ މެޗަށެވެ. މީގެކުރިން ޖޮކޮވިޗް މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ނަޑާލްއާ ދެކޮޅަށް ކުޅުނު 26 މެޗު ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ ނަޑާލް ވަނީ ޖޮކޮވިޗްގެ މައްޗަށް މީގެކުރިން 24 ފަހަރު ކުރި ހޯދާފައެވެ.

މި މެޗު ނިންމާލުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނަޑާލް ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ޖޮކޮވިޗްއާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ޗެލެންޖެއް ކަމަށެވެ. އޭނާ ބުނީ ޖޮކިވިޗްއާ ދެކޮޅަށް ކުޅޭއިރު ވީހާވެސް މަދުން ގޯސް ހެދޭތޯ ބަލަން ޖެހޭ ކަމަށާއި މި މެޗުން މޮޅުވުމަކީ އިތުބާރު ބޮޑުވެގެންދާނެ މެޗެއް ކަމަށެވެ.

މުބާރާތުގެ ދެވަނަ ސެމީގައި ޖަރުމަނުގެ އެލެކްޒެންޑާ ޒްވަރޭވް ވަނީ ސީދާ ދެ ސެޓުން ދުނިޔޭގެ ތިންވަނައިގައި ރޭންކް ކުރެވިފައިވާ ކްރޮއޭޝިއާގެ މަރިން ޗިލިޗް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 7-6 އަދި 7-5 އިންނެވެ.

މި މުބާރާތް ހަތް ފަހަރު ނަޑާލް ކާމިޔާބުކޮށްފައިވާއިރު މިއީ 2014 ވަނަ އަހަރުގެ ފަހުން އޭނާ މި މުބާރާތުގެ ފައިނަލްއިން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މިއީ މި މުބާރާތުގެ ފައިނަލްގައި ނަޑާލް ކުޅޭނެ 10 ވަނަ ފަހަރެވެ. ހަމައެހެންމެ ދުނިޔޭގެ އެއްވަނަ މަގާމު ހޯދަން ބޭނުންވާނަމަ އޭނާ މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ޖެހޭނެއެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކުރީ ޒްވަރޭވްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް