15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އިޓާލިއަން ސެރީއޭ

އިޓާލިއަން ސެރީއޭ: ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޔުވެންޓަސް ތަށި އުފުލާލައިފި

  • ހެލާސް ވެރޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 2-1 ގެ ނަތީޖާއަކުން
  • ކުޅުނު ހުރިހާ މެޗަކުން ލިބުނު 95 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ޔުވެންޓަސް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 މެއި 2018 | އާދީއްތަ 16:37 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ޔުވެންޓަސްގެ ކުޅުންތެރިން ތަށި އުފުލާލަނީ -- ގެޓީ އިމޭޖާސް

އިޓާލިއަން ސެރީއޭގައި ކުޅުނު ފަހު މެޗު ކާމިޔާބުކޮށް ސެރީއޭގެ ތަށި ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޔުވެންޓަސްއިން އުފުލާލައިފިއެވެ.

ސީޒަނުގެ ފަހު މެޗުގައި ރެލިގޭޓް ވެފައިވާ ހެލާސް ވެރޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ޔުވެންޓަސް ކުރިމަތިލިއިރު އަމިއްލަ ދަނޑުގައި އެ ޓީމު ހެލާސް ވެރޯނާ އަތުން ބަލިވެފައެއް ނުވެއެވެ. މި މެޗު ވެގެންދިޔައީ ޔުވެންޓަސްއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ކީޕަރު ޖިއަންލުއީޖީ ބުފޮން އެ ޓީމަށް ކުޅޭ އެންމެ ފަހު މެޗަށެވެ. ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ވަނީ އޭނާގެ ޓީމަށް ފަސް ބަދަލެއް ގެނެސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޔުވެންޓަސްއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ހުރަކަށް ވެގެންދިޔައީ ހެލާސް ވެރޯނާގެ ކީޕަރެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޑިބާލާ ފޮނުވާލި ހަމަލާއެއް ހެލާސް ވެރޯނާގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާއަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ޔުވެންޓަސްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ޑަގްލަސް ކޮސްޓާގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޑިފެންޑަރު ރުގާނީއެވެ. މެޗުގެ 52 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޔުވެންޓަސްގެ ލީޑު ފުޅާކޮށްދިނީ މިރާލެމް ޕިޔާނިޗްއެވެ. މި މެޗުގައި ހެލާސް ވެރޯނާއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް މެޗުގެ 76 ވަނަ މިނެޓުގައި ޖަހައިދިނީ އަލޭސިއޯ ޗަރޗީއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ލިބުނު ޕެނަލްޓީ ސްޓެފަން ލިޗްސްޓެއިނަރ އަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން ލިބުނު 95 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އޮތްއިރު ދެވަނައިގައި 88 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. ތިންވަނައިގައި 74 ޕޮއިންޓާއެކު އޭއެސް ރޯމާ އޮތްއިރު ހަތަރު ވަނައިގައި 72 ޕޮއިންޓާއެކު އޮތީ ލާޒިއޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް