25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ހޭންޑްބޯލް

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

  • މުބާރާތުގައި ޖުމްލަ ބާރަ އޮފީހަކުން 14 ޓީމު ވަނީ ބައިވެރިވެފަ
  • މުބާރާތުގައި ގައުމީ ޓީމުގެ ދެ ކުޅުންތެރިއަކަށް ކުޅެވޭނެ
  • މުބާރާތް ފަށާ ދުވަހު ކުލަ ގަދަ ރަސްމިއްޔާތެއް
ނާފިއު ރަޝީދު | NaphiuR

| 11 ޖެނުއަރީ 2017 | ބުދަ 16:26 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ފާއިތުވި އަހަރު އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިމިގްރޭޝަންގެ ޓީމު- ފޮޓޯ: ރާއްޖެއެމްވީ -- ގޫގުލް

ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ދެވަނަ ހޭންޑްބޯޅަ މުބާރާތް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

 

ގިނަ ޓީމު ތަކަކާއެކު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ ބާރަ އޮފީހަކުން 14 ޓީމު ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އަންހެން 10 ޓީމާއި ފިރިހެން 4 ޓީމު ހިމެނެ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ މިއަހަރުގެ މުބާރާތަކީ ފާއިތުވި އަހަރުތަކުގެ މުބާރާތްތަކަށް ވުރެ އެތަށް ގޮތަކުން ތަފާތުތަކެއް ފެނިގެންދާނެ މުބާރާތެއް ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ އަދަދަށް ބެލި ނަމަވެސް އެކަން އެނގިގެންދާނެ ކަމަށެވެ.

 

މުޖުތަބާ ވިދާޅުވީ މި މުބާރާތުގެ ފޯރި އިތުރު ކުރުމަށްޓަކައި މުބާރާތް ފަށާ ދުވަހު ކުލަ ގަދަ ރަސްމިއްޔާތަކާއެކު ސަޕްރައިޒިން އިވެންޓެއް ވެސް ކުރިއަށްދާނެ ކަމަށެވެ.

 

މުޖުތަބާ ވިދާޅުވީ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުން އެ ކުޅިވަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާ މުބާރާތެއް ކަމަށާއި އެގޮތުން އެ މުބާރާތްތަކުން ގައުމީ ލެވެލްގައި ކުޅެވޭ ފެންވަރުގެ ކުޅުންތެރިންތަކެއް އުފެދެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރުގެ މުބާރާތުން ވެސް ހޮވާލެވޭ މޮޅު ކުޅުންތެރިންނަށް ގައުމީ ޓީމުތަކުން ފުރުސަތު ތަނަވަސްކޮށްދެވޭނެ ކަމަށެވެ.

 

މި މުބާރާތުގައި އޮފީސްތަކަށް ކުޅޭވޭނީ ހޭންޑްބޯލް މޯލްޑިވްސް އިން އެންމެ ފަހުން ސެލެކްޝަން ހަދާފައިވާ ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކަށެވެ.

 

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމުތަކަކީ ޕޮލިސް ކްލަބު، އެމްޕީއެލް، ސްޓެލްކޯ އަދި ޓޫރިޒަމް މިނިސްޓްރީ އެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާ އަންހެން ޓީމުތަކަކީ އައިޖީއެމްއެޗް، އިމިގްރޭޝަން، ޕޮލިސް ކްލަބު، ޓޫރިޒަމް މިނިސްޓްރީ، ކަސްޓަމްސް، ވިލާ، އެޑިއުކޭޝަން، ޔޫތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އެސްޓީއޯ އެވެ.

 

މި މުބާރާތުގެ މިދިޔަ އަހަރުގެ އަންހެން ޗެމްޕިއަންކަން ހޯދީ ކްލަބު އިމިގްރޭޝަނެވެ. އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް