21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ރައީސް އޮބާމާ

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

  • އޮބާމާގެ ބައެއް ސިޔާސަތުތައް ދޫކޮށްލައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 11 ޖެނުއަރީ 2017 | ބުދަ 16:20 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ރައީސް އޮބާމާ ވަނީ ޑިމޮކްރަސީ ދިފާއު ކުރެއްވުމަށް އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި. -- އާކައިވް

ޑިމޮކްރަސީ ދިފާއުކުރުމަށް ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފިއެވެ.

 

އެތައްހާސް ބައެއްގެ ކުރިމަތީގައި ޝިކާގޯގައި ދެއްވި އަސަރުގަދަ ވަދާއީ ޚިތާބުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މީގެ އަށް އަހަރު ކުރިން މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރު އެމެރިކާއަކީ ކޮންމެ ކަމެއްގައި ވެސް ވަރުގަދަ ރަނގަޅު ތަނެއް ކަމަށެވެ. ނަމަވެސް މިއަދު އެހެން ބަޔަކާ ހަވާލު ކުރެވޭއިރު ޑިމޮކްރަސީ އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޮބާމާ ވިދާޅުވިއެވެ.

 

ސަމާލުކަންދީ އަޑު އަހަން ޖެހޭ ކަމަށާއި ކަންކަން ނިންމުމުގައި އެކަކު އަނެކެއްގެ ވިސްނުމަށް ރިއާޔަތް ކުރުމަށް ހުރިހާ ފަންނަކުން އައިސް ތިބި މީހުންގެ ކިބައިން އޮބާމާވަނީ އާދޭހާއެކު އެދިވަޑައިގެންފައެވެ.

 

އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްގެ ގޮތުގައި 2008ވަނަ އަހަރު މަގާމާ ހަވާލު ވަޑައިގެންނެވި، މިހާރު އުމުރުފުޅުން 55 އަހަރުގެ އޮބާގެ ފުރަތަމަ މެސެޖަކީ އުންމީދާއި ބަދަލެވެ.

 

އޮބާމާއަށް ފަހު ރައީސް ކަމަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވަނީ އޮބާމާގެ ރަސްމީ ބައެއް ސިޔާސަތުތައް ހުއްޓުމަކަށް ގެންނަވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

 

ޓްރަމްޕް މަގާމުގެ ހުވާ ކުރައްވާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

 

ހަތަރު އަހަރުގެ ދެ ދައުރަށް ވުރެ އިތުރަށް އެމެރިކާގެ ރައީސްކަމުގައި ހުންނެވުމަށް ގާނޫނު އަސާސީ ތަން ނުދޭ ކަމަށް އޮބާމާ ވަނީ އަޑަށް ބާރުލައްވާ ވިދާޅުވެފައެވެ. ރައީސްކަމަށް މިހާރު އިންތިޚާބުކުރައްވާފައިވާ ޓްރަމްޕް ވަނީ އެގައުމުގެ މިފަދަ ބައެއް އަސާސްތަކާ ދެކޮޅަށް ވެސް ވާހަކަދައްކަވާފައެވެ.

 

މީގެ އިތުރުން އޮބާމާ ވަނީ އެމެރިކާގެ ޑިމޮކްރަސީއަށް ބިރު އޮތް ތިން ކަމެއް ފާހަގަ ކުރައްވާފައެވެ. އޮބާމާ ފާހަގަ ކުރެއްވީ އިގްތިސާދީ ހަމަހަމަކަން ނެތުމާ، ނަސްލީ ތަފާތު ކުރުމާއި މުޖުތަމައުގެ ތަފާތު އެކި ޚިޔާލު ތަފާތު ފަރާތްތަކާ މެދު އަމަލު ކުރެވޭ ގޮތްތައް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް