21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ސްރީދޭވީގެ މަރު

ސްރީދޭވީގެ މަރަކީ ރާވައިގެން ހިންގި މަރެއްކަމަށް ބެލެވޭ: ކުރީގެ އޭސީޕީ

  • ސްރީދޭވީ މަރުވިއިރު އުމުރަކީ 54
  • މަރުވީ ފެބްރުއަރީ 24 ގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 20 މެއި 2018 | އާދީއްތަ 07:57 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް
  8. ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި


ސްރީދޭވީ -- ގޫގުލް

މިދިޔަ ފެބްރުއަރީ މަހުގެ 24 ގައި އިންޑިއާގެ މަޝްހޫރު ތަރި ސްރީދޭވީގެ ކުއްލި މަރާއި ގުޅިގެން އެތައް ބަޔަކަށް ސިހުން ގެނުވިއެވެ.

ސްރީދޭވީގެ މަރުގެ ހަގީގަތް ހާމަ ކުރަމުން ދުބާއީގެ މެޑިކަލުން އާންމުކޮށްފައިވާ ޕޯސްޓް މޯޓަމް ރިޕޯޓްގައި ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ފެނުން ފުރިފައި ހުރި ބާތުޓަބް ތެރެއަށް ގެނބިގެން ކަމަށެވެ.  

ސްރީދޭވީ ދުބާއީއަށް ގޮސް ހުރީ އާއިލާ މީހެއްގެ ކައިވެންޏަށެވެ.

އެހެން ނަމަވެސް އިންޑިއާގެ ކުރީގެ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް ވެޑް ބުޝާން ވިދާޅުވީ ސްރީދޭވީގެ މަރަކީ ކުރިއާލާ ރާވައިގެން ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. ބުޝާން އަކީ މިހާރު އަމިއްލަ އިންވެސްޓިގޭޝަން އެޖެންސީއެއް ހިންގަވާ ބޭފުޅެކެވެ.

އޭނާ ވިދާޅުވީ ސްރީދޭވީގެ މަރުގެ މައްސަލަ ބޮޑަށް ބެލެވެނީ ގަސްތުގައި ބަޔަކު އޭނާ މަރާލިކަމަށެވެ. އޭނާ ވިދާޅުވީ ބާތު ޓަބަކަށް އެރުމަށް ގަދަކަމުން ސްރީދޭވީއަށް މަޖުބޫރު ކުރެވިދާނެކަމަށާއި އެއްވެސް ކަހަލަ ތުހުމަތެއް ނުކުރެވޭ ކަހަލަ ގޮތަކަށް އެކަންތައް ކުރެވިދާނެކަމަށެވެ. 

ސްރީދޭވީ އެންމެ ފުރަތަމަ ފިލްމު ކުޅެން ފެށީ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. 50 އަހަރު ފިލްމީ ދާއިރާގައި ހޭދަކޮށްފައިވާއިރު އޭނާ މަރުވިއިރު އުމުރަކީ 54 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް