18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ފަހު މެޗު އެއްވަރުވެ ރެއާލްއަށް ދެވަނަ މަގާމު ގެއްލިއްޖެ

  • ރަށުން ބޭރުގައި ވިޔަރެއާލްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 މެއި 2018 | އާދީއްތަ 03:37 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


ވިޔަރެއާލް ކޮޅަށް ބޭލް ލަނޑު ޖަހަނީ -- ގެޓީ އިމޭޖާސް

ސްޕެނިޝް ލަލީގާގައި ކުޅުނު ފަހު މެޗު އެއްވަރުވެ ތާވަލުގެ ދެވަނަ މަގާމުގައި އޮވެގެން ސީޒަން ނިންމާލުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑް އިން ނަގާލައިފިއެވެ.

ރަށުން ބޭރުގައި ވިޔަރެއާލްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ރެއާލްގެ ފުރަތަމަ އެގާރައިގައި އެ ޓީމުން ވަނީ މުހިންމު ގިނަ ކުޅުންތެރިންތަކެއް ހިމަނާފައެވެ. އެގޮތުން އަނިޔާގެ ސަބަބުން އެ ޓީމު އެންމެފަހުން ކުޅުނު ދެ މެޗުގައި ވެސް ނުކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޓޯނީ ކްރޫސް އަދި ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިން ވަނީ ފުރަތަމަ އެގާރައިން ފެނިގެންގޮސްފައެވެ. މި މެޗުން ރެއާލް މޮޅުވިނަމަ ތާވަލުގެ ދެވަނައިގައި އޮވެގެން ސީޒަން ނިންމާލުމުގެ ފުރުސަތު އެ ޓީމަށް އޮންނާނެއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ރެއާލްއަށް މި ލަނޑު ޖަހައިދިނީ ގެރެތު ބޭލްއެވެ. ބޭލް ވަނީ ރެއާލް އެންމެފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ލަނޑު ޖަހާފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑާއެކު އޭނާވަނީ ރެއާލް އެންމެފަހުން ކުޅުނު 10 މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ރެއާލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވިޔަރެއާލްއިން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޯޖާ މާޓިނޭޒްއެވެ. މި ލަނޑަށްފަހު ވިޔަރެއާލްއިން އެ ޓީމުގެ ކުޅުން ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 85 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ސަމޫ ކަސްޓެލާޔޯ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ސްޕެނިޝް ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ސެލްޓަ ވީގޯ ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ލެވާންޓޭ ބަލިކޮށްފައެވެ. ލެގާނެސް 3-2 އިން ރެއާލް ބެޓިސް ބަލިކުރިއިރު ޖިރޯނާ ވަނީ ރަށުން ބޭރުގައި 2-1 އިން ލަސް ޕަލްމާސް ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ގެޓާފޭ އަތުން 1-0 އިން މަލާގާ ބަލިވިއިރު ސެވިއްޔާ ވަނީ 1-0 އިން އަލާވޭސް ބަލިކޮށްފައެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 90 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު ދެވަނައިގައި 78 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑްއެވެ. ތިންވަނައިގައި 76 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު ހަތަރު ވަނައިގައި 70 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް