18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޖަރުމަނު ކަޕް

30 އަހަރަށްފަހު ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން އެއިންޓްރެކްޓް ފްރެންކްފާރޓަށް

  • ފައިނަލް މެޗު އެއިންޓްރެކްޓް ފްރެންކްފާރޓްއިން ކާމިޔާބުކުރީ ވަރުގަދަ ބަޔާން މިއުނިކްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 20 މެއި 2018 | އާދީއްތަ 02:23 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އެއިންޓްރެކްޓް ފްރެންކްފާރޓްގެ ކެޕްޓަން ތަށި އުފުލާލަނީ -- ގެޓީ އިމޭޖާސް

ޖަރުމަނުގެ ކަޕްގެ ޗެމްޕިއަންކަން 30 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެއިންޓްރެކްޓް ފްރެންކްފާރޓްއިން ހޯދައިފިއެވެ.  

ބާލިންގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު އެއިންޓްރެކްޓް ފްރެންކްފާރޓްއިން ކާމިޔާބުކުރީ ވަރުގަދަ ބަޔާން މިއުނިކްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗާއި ބަޔާން ކުރިމަތިލީ ޖަރުމަނުގެ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ކަމަށްވާއިރު މި މެޗަކީ ބަޔާންގެ ވަގުތީ ކޯޗުގެ މަގާމުގައި ހުރި ޖުޕް ހެއިންކޭސް އެ ޓީމަށް އިރުޝާދު ދިން އެންމެ ފަހު މެޗެވެ. ހަމައެހެންމެ މިއީ އަންނަ ސީޒަނުގައި ބަޔާންގެ ކޯޗުގެ މަގާމާއި ހަވާލުވުމުގެ ކުރިން އެއިންޓްރެކްޓް ފްރެންކްފާރޓްގެ ކޯޗުގެ މަގާމުގައި ހުރި ނިކޯ ކޮވާޗް އެ ޓީމަށް އިރުޝާދު ދިން އެންމެ ފަހު މެޗުވެސްމެއެވެ. ދެ ޓީމުން ވެސް ވަނީ މި މެޗަށް ވަރުގަދަ ފުރަތަމަ އެގާރައެއް ނެރެފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީގެ ހަމަލާއެއް އެއިންޓްރެކްޓް ފްރެންކްފާރޓްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު އެ ޓީމުން ވަނީ އޭގެ ތިން މިނެޓު ފަހުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޓޭ ރެބިޗްއެވެ. މި ލަނޑަށް ފަހު ބަޔާންއިން ކުޅުން ވަރުގަދަކޮށް އިތުރު ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް މި ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އެއިންޓްރެކްޓް ފްރެންކްފާރޓްއިން ދެވަނަ ހާފު ފެށިއިރު ބަޔާންއިން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަވެގެންދިޔައީ ކިމިޗްގެ އެހީތެރިކަމާއެކު ލެވަންޑޯސްކީ ޖަހައިދިން ލަނޑުންނެވެ. މެޗުގެ 80 ވަނަ މިނެޓުގައި މެޓްސް ހުމެލްސްގެ ހަމަލާއެއް އިދިކޮޅު ޓީމުގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު އޭގެ ދެ މިނެޓު ފަހުން އެއިންޓްރެކްޓް ފްރެންކްފާރޓްއިން ވަނީ އަލުން އަނބުރާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ރެބިޗްއެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މިޔަޓް ގަޗީނޮވިޗްއެވެ.

މި މޮޅު ވެގެންގޮސްފައިވަނީ ފާއިތުވެދިޔަ 30 އަހަރު ތެރޭ މި މުބާރާތުގެ ޗެމްޕިއަންކަން އެއިންޓްރެކްޓް ފްރެންކްފާރޓްއިން ހޯދި ފުރަތަމަ ފަހަރަށެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި ފަސްވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް