16 ޖެނުއަރީ 2019 | ބުދަ | 11 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ރިޔާސީ އިންތިޚާބު 2018

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

 • ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ 3 ކެނޑިޑޭޓެއް
 • ވެރިކަމުގެ ފުރަތަމަ ދައުރުުގައި ރައީސް ޔާމީނަށް ވަޑައިގެންނެވުނު ރަށްރަށްވުރެ ގިނަ ރަށްރަށުގެ ރައްޔިތުންނާއި ނަޝީދު ބައްދަލުކުރެއްވި
 • ކުރިއަށް އޮތް އިންތިހާބަކީ މުހިންމު ނިންމުމެއް ނިންމުމަށް ރައްޔިތުންނަށް ލިބޭނެ ރަަނުގެ ފުރުސަތެއް
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 20 މެއި 2018 | އާދީއްތަ 02:18 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
 3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
 6. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
 7. ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފަ ހުރި މީހަކު މަރުވެއްޖެ
 8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


2013 ވަނަ އަހަރުގެ ރިޔާސީ ބަހުސްގައި ރައީސް ނަޝީދާއި، ރައީސް ޔާމީން -- އާކައިވް

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، މަޑުމަޑުން އިންތިހާބުގެ ފޯރި އަންނަނީ ގަދަވަމުންނެވެ. އެމްޑީޕީން ރިޔާސީ އިންތިހާބަށް ނެރޭނެ ކެނޑިޑޭޓަކު ފައްކާކުރުމަށް ޕްރައިމަރީއަށް ތައްޔާރުވާއިރު، ވެރިކަންކުރާ ޕީޕީއެމުން އެ ޕާޓީގެ ރިޔާސީ ޓިކެޓު ތަބަކަކަށްލާފައި ދިނުމަށް ނިންމާފައިވަނީ އެ ޕާޓީގެ މުސްތަޝާރަށެވެ. ޕްރައިމަރީއެއް ބާއްވަން ކިތަންމެ އެ ޕާޓީގެ އާންމު މެމްބަރުން ބޭނުންވިނަމަވެސް، އެކަންކުރުމަށް މުސްތަޝާރު ހުންނެވީ ފުރުސަތު ދެއްވާ ގޮތަކަށް ނޫނެވެ. އެ ޕާޓީގެ އާންމު މެމްބަރުންގެ ތާއީދު އޮތް މިންވަރު ބަލާލުމަށް ވޯޓަކަށް އަހާލަންވެސްކެރޭ ހާލަތަކުއެއް ނޫނެވެ. 

ކޮންމެއަކަސް އިންތިހާބަށް ކުރިމަތިލެއްވޭނީ ކޮން ކެނޑިޑޭޓުންނަކަށްކަމާއި، އިންތިހާބަށް ޕާޓީތަކުން ނެރޭނީ ކޮން ކެނޑިޑޭޓެއްކަމަށް ކަނޑައެޅުން ޕާޓީތަކުން އާންމު މެމްބަރުންގެ އަތް މައްޗަށް ދޫކޮށްލާނަމެވެ. 

މިހާތަނަށް ތިން ކެނޑިޑޭޓަކު އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ ހާމަކޮށްފަ އެވެ. އެއީ އެމްޑީޕީގެ މެމްބަރުންގެ ތާއީދު އޮތް މިންވަރު ބެލުމަށް، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. އޭގެތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ސީދާ ހާމަނުކުރެއްވިނަމަވެސް، ރައީސް ޔާމީންގެ ވާހަކަފުޅުތަކުން އެމަނިކުފާނު ހުންނެވީ އިންތިހާބުގައި ވާދަކުރައްވަންކަން އެނގެ އެވެ. 

ރައީސް ޔާމީން ވެރިކަމުގެ ހުވާކުރުމަށް 2013 ވަނަ އަހަރު ބޭއްވި ދަރުބާރުގެ ތެރެއިން، ރައީސް ނަޝީދާއ، ރައީސް ޔާމީން -- ފޮޓޯ: ރައީސް އޮފީސް

އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ނުފެށުުނު ނަމަވެސް، އެމްޑީޕީގެ ޕްރަައިމަރީއަށްް ރައީސް ނަޝީދު ކުރައްވާ ކެމްޕޭނާއި ހަމައިން ވަނީ ވަރަށް ގިނަ ކަންތައްތަކެއް ހާމަވެގެންގޮސްފަ އެވެ. އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވާ އެހެން ކެނޑިޑޭޓުންނާއި، ރައީސް ނަޝީދުގެ ހުރި ތަފާތު ވަރަށް ބޮޑަށް ވަނީ ހާމަވެގެންގޮސްފަ އެވެ. ވަކިން ހާއްސަކޮށް، ރައީސް ނަޝީދާއި، ރައީސް ޔާމީނާ ދެ ބޭފުޅުންގެ ހުރި ތަފާތުތައް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއިއެކު ބުނެދީފަ އެވެ. 

ރައީސް ނަޝީދަކީ، ޤައުމުން ބޭރުގައި ހުންނަވަން މަޖުބޫޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ކެމްޕޭންވެސް ކުރިއަށްގެންދަންޖެހިވަޑައިގެންފަައިވަނީ ޤައުމުން ބޭރުގައި ހުންނަވައިގެނެވެ. އެއާ ހިލާފަށް ރައީސް ޔާމީނަކީ ހުރިހާ އާރަކާއި ބާރަކާއެކު ޤައުމުގައި ހުންނެވި ބޭފުޅެކެވެ. ރައްޔިތުންނާއި އެކު ހުންނަވައިގެން ކެމްޕޭޭން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. 

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ޒުވާނުންގެ މެނިފެސްޓޯއާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ޒުވާނުންނާއިއެކު ރައީސް ނަޝީދު -- ފޮޓޯ: ރައީސް ނަޝީދުގެ އޮފީސް

ވެރިޔަކަށް އަންނަ ބޭފުޅެއްގެ ފަރާތުން ރައްޔިތުން އެންމެ އެދޭނެ އެއް ސިފައަކީ، ރައްޔިތުންނާއި ބައްދަލުވެެ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާ ބޭފުޅަކަށްވުމެެވެ. ރައްޔިތުންނަށް ވާހަކަދެއްކެވޭ، ރައްޔިތުންނާއި ގާތުން ވެރިކަން ކުރައްވާނެ ބޭފުޅެކަށްވުމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި، ރައީސް ނަޝީދާއި، ރައީސް ޔާމީންގެ ތަފާތު އެންމެ ބޮޑަށް ބުނެދިނީ މިދެންނެވި ހިސާބުންނެވެ. 

ވެރިކަމުގެ ފުރަތަމަ ދައުރު ނިންމުމަށްފަހު، ދެ ވަނަ ދައުރަކާއި ކުރިމަތިލައްވާއިރު، ރައީސް ޔާމީނަށް ރާއްޖޭގެ ރަށްތަކަށް ވަޑައިނުގެންނެވޭ މިންވަރަށް، ރައީސް ނަޝީދު ވަނީ ރިޔާސީ ޕްރައިމަރީގައި ވަކިވަކި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް، އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ.

ހދ. ކުޅުދުށްފުޓައް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންްނާއި ރައީސް ޔާމީން ސަލާމްކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ނިމުނު ފަަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން ވަޑައިނުގަންނަވާ ރަށްތައް ގިނަ އެވެ. ރަށަކަށް ވަޑައިގެންނެވި ނަމަވެސް ބަނދަރު މަތީގައި އޮންނަ ޖަލްްސާއެއްގައި އެއްްޗެއް ވިދާޅުވުމަށްފަހު، ރައީސް ޔާމީން އެ ރަށަކުން ފުރާ ވަޑައިގަންނަވަަ އެވެ. އެންމެ ކުޑަމިނުން ވަޑައިގެންނެވި ގިނަ ރަށްރަށުގެ އަތިރިމަތިން އެތެރެޔަށްވެސް ވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ނިމުނު ހަތްފާއެއްގެ ތެރޭގައި ރާއްޖޭގެ އެތަށް ރަށެއްގެ ރައްޔިތުންނާއި، ބައްދަލުކޮށް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. ސީދާ ރަައްޔިތު މީހާއަށް ފެންނަގޮތަށް، ވަގުތުން ވީޑިއޯ ކެންފަރެންސް މެދުވެރިކޮށެވެ. 

އެއާއި ހިލާފަށް ރައީސް ޔާމީން ރަށަކަށް ވަޑައިގެންނެވި ނަމަވެސް، ވަޑައިގަންނަވަނީ ހަތިޔާރު އެޅި ސިފައިންނާއެކުގައެވެ. ރައްޔިތުން މީހާއަށް، އެމަނިކުފާނާއި ގާތްވެ އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދެއްވަ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބ. ކަމަދޫ ރައްޔިތުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

މިއީ، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، ދެ ކެނޑިޑޭޓުންގެ މެދުގައި ހުރި ތަފާތުުގެ ކުޑަ މިންވަރެކެވެެ. އެއް ބޭފުޅަކީ ރައްޔިތުން ދެކެ ބިރުން އުޅުއްވާ ބޭފުޅަކަށްވާއިރު، އަނެއް ބޭފުޅަކީ ރައްޔިތުންނާއި އެކުގައި އުޅުއްވުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. 

ކުރިއަށް މި އޮތް ރިޔާސީ އިންތިހާބަކީ ރައްޔިތުންނަށް މުހިންމު ނިންމުމެއް ނިންމުމަށް ފުރުސަތު ލިބިގެންދާ އިންތިހާބެކެވެ. ޤައުމުގެ މުސްތަޤުބަލާއި، މެދު އެންމެ މުހިންމު ނިންމުން ނިންމަން ރައްޔިތުންނަށް ލިބޭނެ ފުރުސަތުު އެވެ. އެ އިންތިހާބަށް ފަހުގައި ރައްޔިތުންނާއި ކުރިމަތިލާނީ ރައްޔިތުން ނިންމާ ނިންމުމެއްގެ ނަތީޖާ އެވެ. މިނިިވަންކަމާއެކު، އަމިއްލަ ރަށުގައި މުއްސަނދިކަމާއެކު އުޅޭނީތޯ، ނުވަތަ ހުދުމުތާރު ވެރިޔަކަށް އާނ ބަސްބުނެގެން ކޮންމެކަމެއް ވަރިހަމަކޮށްގެން ތިބޭނީތޯ ނިންމުމަށް ރައްޔިތުންނަށް ލިބޭނެ އެންމެ ފަހު ފުރުސަތު އެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކަލޯބެ

8 މަސް ކުރިން

ދަންނަވަންތޯ ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލާގައި ނެރުނު ޙުކުމް ނެރުނީ ފަނޑިޔާރު ޢަލީ ޙަމީދު ސިވިލް ކޯޓުގެ ގާޒީއަށް ނުފޫޒު ފޯރުވައިގެންކަން އެއޮތީ ލީކުވި ބަޔާނުގައި ފެންނާން. އިންތިޚާބުގައި މިހާރުގެ ރައީސް ޖެހޭނީ އާ ޕާޓީއެއް އުފައްދައިގެން ވާދަކުރަން . ޕާޓީގެ މިލްކުވެރިކަމުގެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ވައްދަނީ.. މިފަހަރު ވަރަށް ފޯރި ހުންނާނެ. ޔާމިން އެއްކުޅި ކުރިއަށް ނެރޭއިރު ނަޝީދު 6ކުޅި އެބަ ކުޅެލާ..

1
0