18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ރަބަރޭގެ މަރު

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

 • ރަޒީން މަރާލާފައި އޮއްވާ ފެނުނީ 2015 ނޮވެމްބަރު 5 ވަނަ ދުވަހު
 • ރަޒީން މަރާލުމަށް އިބްރާހީމް 15 މިލިއަން ރުފިޔާ ދިން ކަމަށް ލަންކާ ނޫސްތައް ބުނޭ
 • ވަކީލަކު ހަމަޖެއްސުމަށް އިބްރާހީމަށް 15 ދުވަސް ވަނީ ދީފަ
އަޒުމޫން އަހުމަދު | azmoon_ahmed

| 11 ޖެނުއަރީ 2017 | ބުދަ 15:58 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ރ. ކަނދޮޅުދޫ، ފީރޯޒުގޭ، އިބްރާހިމް އަބްދުލްރަހްމާން: ރަޒީން މަރާލުމަށް 15 މިލިއަން ރުފިޔާ ދިން ކަމަށް ތުހުމަތުކޮށްފައިވޭ -- ރާއްޖެއެމްވީ

ހ. ހަންޑްރެޑްފްލާވާ، ހުސެއިން ރަޒީން (ރަބަރޭ) މަރާލުމަށް ރޭވީ ހ. ފީރޯޒުހިޔާ ބިލާލް މުހައްމަދު އަހުމަދާއި ރ. ކަނދޮޅުދޫ، ފީރޯޒުގޭ، އިބްރާހިމް އަބްދުލްރަހްމާން ކަމަށާއި އެކަމަށް ފައިސާ ޚަރަދުކުރީ އިބްރާހިމް ކަމަށް ދައުލަތުން ކޯޓުގައި ބުނެފި އެވެ.

 

ރަޒީންގެ މަރުގެ މައްސަލައާ ގުޅިގެން ގުޅިގެން އިބްރާހިމް އަބްދުލްރަހްމާންގެ މައްޗަށް ދައުލަތުން ވަނީ އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

 

އެ ދައުވާގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު، އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި އިބްރާހިމް ސްރީލަންކާ އަށް ކުރި ދަތުރުގައި ބިލާލްއާ ބައްދަލުކޮށް ރަޒީން މެރުމަށް ރާވައި އެކަމަށް ފައިސާ ދިން ކަމަށެވެ. އަދި ބިލާލްގެ ވޭނުގައި ރަޒީން ގެންގޮސް މަރާލުމަށް ފަހު، މަރާލިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ރަޒީންގެ ހަށިގަނޑު ވޭނުގެ ތެރޭގައި އޮތްވާ ފޮޓޯއެއް ނެގުމަށް ފަހު އިބްރާހީމަށް ބިލާލް އެ ފޮޓޯ ފޮނުވި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

 

މީގެ އިތުރުން ރަޒީން މަރާލިކަން ކަށަވަރުކޮށްދިނުމުން ބިލާލަށް އިބްރާހީމް އިތުރަށް ފައިސާ ފޮނުވާފައިވާކަން އެނގެން އޮންނާތީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކުރާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

 

އިބްރާހިމްގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު ރަޒީން މަރާލި މައްސަލައިގެ މައުލޫމާތު އެނގިހުރެ އެކަން ސިއްރުކޮށްފައިވާތީ އިބްރާހިމްގެ މައްޗަށް އެ ދައުވާ އުފުލާ ކަމަށެވެ.

 

އެ ދެ ދައުވާ އިއްވުމުން އިބްރާހީމް ބުނީ ދައުވާ އިން ދިފާއުވާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ. ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާ ކަމަށް އޭނާ ބުނުމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ވަކީލަކު ހަމަޖެއްސުމަށް 15 ދުވަސް އޭނާ އަށް ދީފަ އެވެ.

 

މިހާރު ގޭބަންދުގައި ހުރި އިބްރާހީމް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން ގާޒީ ޝަކީލް ވިދާޅުވީ ވަކީލަކާއެކު މިމަހުގެ 23 ވަނަ ދުވަހު ދެން ބާއްވާ އަޑުއެހުމުގައި އެކަމާ ގުޅޭ ގޮތުން ނިންމަވާނެ ކަމަށެވެ. އަދި އެ އަޑުއެހުމާ ހަމައަށް އިބްރާހީމް ހުންނާނީ ގޭބަންދުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.

 

މި މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ސްރީލަންކާގެ ފުލުހުންނާ އެކު މަސައްކަތް ވެސް ކޮށްފައިވެ އެވެ.

 

ލަންކާގެ ފުލުހުންނާ ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުގައި މީގެ ކުރިން ބުނެފައިވަނީ ރަޒީން މަރާލުމަށް ބަޔަކަށް ފައިސާ ދީފައިވަނީ ދިވެހި ވިޔަފާރިވެރިއެއް ކަމަށާއި ރަބަރޭ މަރާލަން ވިޔަފާރިވެރިޔާ ބޭނުންވަނީ އެ ވިޔަފާރިވެރިޔާގެ ކޮއްކޮއެއް މަރާލީ ރަޒީން ކަމަށްވާތީ އެކަމުގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ.

ވިޔަފާރިވެރިޔާގެ ނަން ނޫހުގައި ބުނެފައި ނުވި ނަމަވެސް އެމީހަކީ އިބްރާހީމް އަބްދުއްރަހްމާން ކަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ ބުނެފަ އެވެ. ރަޒީން މަރާލީ 140 މިލިއަން ރުޕީސް ނުވަތަ 15 މިލިއަން ރުފިޔާ ދިނުމަށް ވިޔަފާރިވެރިޔާ އެއްބަސްވުމުން ކަމަށްވެސް ލަންކާގެ ނޫސްތަކުގައިވެ އެވެ.

 

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ރަޒީން މަރާލުމުގެ ތުހުމަތުގައި މީގެ ކުރިން ލަންކާއިން ވަނީ އެގައުމުގެ މީހަކާ ދިވެއްސަކު ވެސް ހައްޔަރުކޮށްފަ އެވެ. އަދި ރަޒީން މަރާލި ގޮތް އެމީހުން ތަހުގީގަށް ކިޔައިދީފައިވާ ކަމަށްވެސްވެ އެވެ.

 

ލަންކާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ރަޒީންގެ ގަޔަށް ވަޅި ހެރީ ވޭނެއްގެ ތެރޭގައި ކަމަށާއި ރަޒީންގެ ހަށިގަނޑުގެ 8 ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ. ރަޒީންގެ ހަށިގަނޑަށް ވަޅި ހެރިކަން ޔަގީންކޮށްދީގެން ފައިސާ ހޯދަން ބޭނުންވާތީ ރަޒީންގެ ހަށިގަނޑަށް ވަޅިހެރުމަށްފަހު ވިޔަފާރިވެރިޔާއަށް ފޮޓޯ ފޮނުވާފައިވާ ކަމަށާއި އޭގެ ފަހުން ވަޅި ހެރި މީހާގެ އެކައުންޓަށް ފަސްލައްކަ ރުޕީސް ޖަމާކޮށްދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ބާކީ ބައި ފަހުން ފޮނުވަން އެއްބަސްވެފައިވާ ކަމަށްވެސް ނޫސްތަކުގައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް