22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

ރޯދަ އާއި ދީން

އޭ ކޮއްކޯ !!! ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއް ނޫން....

  • ރޯދަ އަކީ ގިނަ ގުނަ ސަވާބާ ދަރުމަ އެކުލެވޭ އަޅުކަމެއް
ރާއްޖެ އެމްވީ | raajjemv

| 20 މެއި 2018 | އާދީއްތަ 00:24 | |

މަގުބޫލް

  1. ޔޫރަޕުގެ ފިނިން ރައީސް އޮފީހުގެ ފިނި ކޮޓަރިއަށް؟
  2. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  5. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  6. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  7. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  8. މަރުގެ އަދުބު ތަންފީޒުކުރަން އުމަރު މަސައްކަތްކުރެއްވީ އަދީބަށް މަރުގެ އަދަބު ދޭނެކަމަށް އުއްމީދުކުރައްވައިގެން: ނަޝްވާ


ކުޑަކުދިންތަކެއް މިސްކިތުން ފައިބަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއްނޫނެވެ. ހަމަ އެއާއެކުގައި ރޯދަ ފުރިހަމަ ކުރުމަށްޓަކައި މާތް ޙަރާމް ކުރެއްވި އެންމެހާ ކަންކަމުންދުރުހެލިވެ، ކުރަން އަންގަވާފައިވާ ހުރިހާ އަޅުކަމެއް ކުރުންމަތީ ދެމިހުންނަންވާނެއެވެ.

ރޯދައިގެ އަޅުކަން އެންމެ ފުރިހަމަ އަށް އަދާ ކުރުމަށްޓަކައި ދީނީ ގޮތުން އެކަށީގެންވާ ރަނގަޅު މައުލޫމާތު ލިބިފައި ހުރުމަކީ މުހިންމު ކަމެކެވެ.

ރޯދައިގެ ފައިދާ

  • އީމާންތެރިކަމާއި ޘަވާބަށް އެދިގެން ރޯދަ ހިފައިފިނަމަ އިސްވެދިޔަ ފާފަ ފޮހެވޭ.
  • ރޯދައަށް ހުރެ ރޯދަ މަހު ކިޔަވާ ކޮންމެ އަކުރަކަށް 10 ހެޔޮކަން ލިބޭ.
  • އިލްމްވެރިން ވިދާޅުވާ ގޮތުގައި އެންމެ މާތް ޞަދަޤާތަކީ ރަމަޟާން މަހު ކުރާ ޞަދަޤާތް.
  • މީހަކަށް ރޯދަވިއްލަން ދީފިނަމަ އެމީހާ ހިފި ރޯދައިގެ ޘަވާބު އެދިން މީހާއަށް ލިބޭ.
  • އިލްމްވެރިން ވިދާޅުވާ ގޮތުގައި ރޯދަވިއްލާ އިރަކީ ދުޢާ އިޖާބަ ކުރައްވާ ވަގުތެއް.
  • ރޯދަ މަހުގެ ފަހު 10 ގައި އިޢުތިކާފުގައި އިނދެފިނަމަ ލައިލަތުލް ޤަދުރި ލިބޭ.

އަހަރުމެންނަށް މިހާރު އެނގިފައިވާ ގޮތުގައި މައިދާއަކީ އަހަރުގެ ހުރިހާ ދުވަހަކުވެސް އަބަދުވެސް މަސައްކަތް ކުރަމުންދާ ގުނަވަނެކެވެ. އެހެންކަމުން މައިދާއަށް ވެސް ހަމަޖެހިލާނެ ވަގުތުކޮޅެއް ބޭނުންވާނެއެވެ. އެހެންނޫންނަމަ މައިދާއަށް ތަފާތު މައްސަލަތައް ދިމާވާނެއެވެ. އެހެންކަމުން އިސްލާމްދީނުގައި މައިދާއަށް އަރާމެއް ދިނުމުގެ ގޮތުން 1 މަސްދުވަހު ދުވާލު ވަގުތުގައި ނުކައި ހުންނަން ޖެހެއެވެ. އެހެނީ އެއީ ރަމަޟާން މަހުގައެވެ.

އިންސާނުން ބޯފެނާއި ލާނޭވާގެ ސަބަބުން ނޭދެވޭ އަސަރުތަކެއް އިންސާނާއަށް ކުރެއެވެ. މިގެއްލުންތައް ފޫބައްދާނެ ހަމައެކަނި ގޮތަކީ ރޯދަހިފުންކަމުގައި ޑރ އިން ވިދާޅުވެއެވެ. އަދި ބަލި ސެލްތައް މަރާލައި، އާ ވަރުގަދަ ސެލްތައް އުފައްދައެވެ. އެހެންކަމުން ރޯދައަކީ އިންސާނުންނަށްވާ ވަރަށް ބޮޑު ނިޢުމަތެކެވެ.

ރޯދަ ހިފުމުގެ ކުރިން ހާރު ކެއުމަށް އިސްލާމްދީނުގައި ވަނީ ވަރަށް ބާރު އަޅުއްވާފައެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ  "ތިޔަބައިމީހުން ހާރުކާށެވެ. ހަމަކަށަވަރުން ހާރު ކެއުމަކީ ބަރަކާތްތެރި ކަމެކެވެ."

ހާރު ނުކައި ރޯދަ ހިފައިފިނަމަ އެމީހަކަށް ބަނޑުހައިވުމާއި ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމުން ހާރު ނުކައި ރޯދަ ހިފައިފިނަމަ އަޚުލާގު ގޯސްވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ކަދުރުން ރޯދަވިއްލުމުގެ ފައިދާ

  • ގައިގައި ވަރުޖެހުން އަވަސްވެއެވެ.
  • ހަޖަމު ކުރަން ފަސޭހަވެއެވެ.
  • ރަސޫލާ ސައްލަ ޢަލައިހި ވަސައްލަމް ރޯދާވީއްލަވަނީ ރޯކަދުރަކުންނެވެ. ރޯކަދުރުނެތްނަމަ ހިކި ކަދުރުންނެވެ. ހިކިކަދުރު ނެތްނަމަ ފެންފޮދަކުންނެވެ.

ރޯދަ ހިފާއިރު ކުރުން މަކުރޫޙަ ކަންކަން

  • މާގަދައަށް ކަރުތެރެއަށް ފެންލައިން ކަރުދޮވެ ހެދުން.
  • ބޭނުމަކު ނޫން ގޮތަށް ކާއެއްޗެހީގެ ރަހަބެލުން.
  • ދަތުގައި ހުންނަ ކާއެއްޗެހި ސާފުނުކޮށް ބެހެއްޓުން.

ރޯދަ ގެއްލޭ ކަންތައް

  • ގަސްތުގައި ކެއުމާއި ބުއިން.
  • ލޭއެޅުން/ IV ގުޅުން.
  • ގަދަކަމުން ހޮޑުލުން.
  • ޙައިޟު ވުމާއި ނިފާޞް ކަމުގެ ލޭއައުން.
  • ޖިންސީ އެދުން ފުއްދުން

ރޯދަ ހިފައިގެން ހުރެ ކުރުން ހަރާމް ކަންތައް

  • ދޮގު ހެދުން.
  • ހަރާމް ތަންތަން ބެލުން.
  • ޣީބަ ބުނުުން.
  • މީހުންނާއި ހުތުރު ބަހުން ވާހަކަދެއްކުން.
  • މީހުންނަށް ޢަދާވާތްތެރިވުން.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް