22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

އިނގިރޭސި އެފްއޭ ކަޕް

އެފްއޭ ކަޕް: ޔުނައިޓެޑް ބަލިކޮށް ޗެލްސީ ޗެމްޕިއަންކަން ހޯދައިފި

  • ފައިނަލް މެޗު ޗެލްސީއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން
  • މެޗުގެ ހަމައެކަނި ލަނޑު ޖެހީ ޗެލްސީގެ އެޑެން ހަޒާޑް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 މެއި 2018 | ހޮނިހިރު 23:35 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޗެލްސީގެ ކުޅުންތެރިން ތަށި އުފުލާލަނީ -- ގެޓީ އިމޭޖާސް

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓާ ޔުނައިޓެޑް ހޯދައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ޗެލްސީއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެންދިޔައީ އެފްއޭ ކަޕްގެ ފައިނަލުން ޔުނައިޓެޑް ފެނިގެންދިޔަ 20 ވަނަ ފަހަރަށެވެ. ހަމައެހެންމެ މިއީ އެފްއޭ ކަޕްގެ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރި ތިންވަނަ ފަހަރެވެ. މި މެޗާއި ޗެލްސީއިން ކުރިމަތިލިއިރު އެ ޓީމު އެންމެފަހުން ޔުނައިޓެޑާއި ދެކޮޅަށް އެފްއޭ ކަޕްގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. މި ދެ ޓީމުން ވެސް މި މެޗަށް ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ޗެލްސީއިން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެ ޓީމުގެ ހަޒާޑް ވަނީ ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 22 ވަނަ މިނެޓުގައެވެ. މި ޕެނަލްޓީއަކީ ޔުނައިޓެޑްގެ އޭރިއާ ތެރެއިން ހަޒާޑަށް ފައުލްކުރުމާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. ހަޒާޑް ވަނީ މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށްފަހު ވެސް ދެ ޓީމުން ހަމަލާ އުފެއްދުމަށް މަސައްކަތްކުރިއިރު އެއްވެސް ޓީމަކަށް މި ހާފުގައި ނަތީޖާއަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޗެލްސީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ދެވަނަ ހާފުގައި ކުޅެފައިވަނީ ޑިފެންސަށް ވިސްނައިގެންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ސަންޗޭޒް ޔުނައިޓެޑަށް ލަނޑެއް ޖަހައިދިން ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. މި ހާފުގެ ފަހުކޮޅު ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މި މެޗު ވެގެންދިޔައީ އިނގިރޭސިވިލާތުގައި ކުޅުނު ފައިނަލަކުން މޮރީނިއޯ ބަލިވި ފުރަތަމަ މެޗަށެވެ. ހަމައެހެންމެ މިއީ ޗެލްސީގެ ތާރީހުގައި ވެސް އެ ޓީމު އެފްއޭ ކަޕްގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން އެފްއޭ ކަޕްގެ ތަށި ޗެލްސީއިން އުފުލާލި ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވުމާއެކު ޔުނައިޓެޑް ސީޒަން ނިންމާލީ އެއްވެސް ބޮޑު މުބާރާތެއްގެ ތަށްޓާއި ނުލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް