16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ހެރީ އާއި މޭގަން

ހެރީއާއި މޭގަން ކައިވެނި ކުރައްވައިފި

  • ކައިވެނި ބައްލަވައިގެންފައިވަނީ ރާއްޖެ ގަޑިން ހަވީރު5 ޖެހިއިރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 19 މެއި 2018 | ހޮނިހިރު 16:40 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ހެރީ އާއި މޭގަން ކައިވެނީގެ ހަފްލާގައި -- ބީބީސީ

ދުނިޔޭގެ އެތަށް މިލިއަން ބަޔަކު އިންތިޒާރު ކުރަމުން އައި ޝާހީ ކައިވެނި ކަމަށްވާ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނި ބައްލަވައިގެންފިއެވެ.

ކައިވެނީގެ ހަފްލާ އޮތީ ލަންޑަނުގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ.

ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ ކައިވެނީގެ ރަސްމިއްޔާތު ހަމަލޮލުން ދެކިލުމަށް އެތައް ހާސް އާންމުން ވަނީ މަގުތަކަށް ނިކުމެފައެވެ. އަދި ޓީވީންނާއި އޮންލައިންކޮށް މިކައިވެނީގެ ހަފްލާ ވަގުތުން ބެލި މީހުންގެ އަދަދު ވަނީ އެތައް މިލިއަނަކަށް އަރާފައެވެ.

ރާއްޖެ ގަޑިން ހޮނިހިރު ދުވަހުގެ ހަވީރު 5 ޖެހިއިރު ބޭއްވި ކައިވެނީގެ ކައިވެނީގެ ރަސްމިއްޔާތުގައި ޕްރިންސް ހެރީ އާއި ބޭބޭފުޅު ޕްރިންސް ވިލިއަމް އާއި ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑިލްޓަން ބައިވެރިވެ ވަޑައިގެންފައިވާއިރު މޭގަންގެ ބައްޕާފުޅު ތޯމަސް މާކަލްއަށް ކައިވެނީގެ ހަފްލާގައި ބައިވެރި ނުވެވުނެވެ. މީގެ ހަފްތާއެއްގެ ކުރިން އޭނާއަށް ވަނީ ހާޓްއެޓޭކެއް ޖެހި ހިތުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދިވެސް އޭނާ އޮންނެވީ ހޮސްޕިޓަލުގައި އެދުމަތި ކޮށްފައިކަމުން ދަރިފުޅުގެ ކައިވެނީގައި ބައިވެރި ނުވެވޭތީ ދެރަވާކަމަށް ތޯމަސް މާކެލް ވަނީ ވިދާޅުވެފައެވެ. މޭގަންގެ ބައްޕައަށް ކައިވެނީގެ އުފަލުގައި ބައިވެރި ނުވެވުނު ކަމުގައިވިއަސް  މި ހަފްލާގައި  މޭގަންގެ ބައްޕައެއްގެ ރޯލު އަދާކުރައްވާފައިވަނީ ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްއެވެ.

މޭގަން އާއި ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސް

 

ކައިވެނީގެ ޕާޓީއަށް ހަދިޔާގެ ބަދަލުގައި ހެރީއާއި މޭގަން ބޭނުންފުޅުވީ ޗެރިޓީތަކަށް އެހީވުމަށެވެ. އެގޮތުން ހަތް ޗެރިޓީއެއް ޝާހީ އާއިލާއިން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ޗެރިޓީތަކާއި އެޗްއައިވީ އެއިޑްސް އިން ސަލާމަތްވުމަށް މަސައްކަތް ކުރާ ޗެރިޓީ އަދި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވާ ޗެރިޓީއާއި އަދި ވަންނާނެ ގެއެއް ނުލިބިފައި ތިބި މީހުންނަށް އެހީވާ ޗެރިޓީ ހިމެނެއެވެ. ކައިވެނީގެ ރަސްމިއްޔާތަށް އާންމުންގެ ތެރެއިން 1000އެއްހާ މީހުންނަށް ދައުވަތު އަރުވާފާއިރު 800 އެއްހާ މެހެމާނުން ވަނީ ބައިވެރިވެފައެވެ.

 

މޭގަން 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް