18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޓްރާންސްފާ މާކެޓް

އަލަބާ ހޯދުމަށް ރެއާލްއިން މަސައްކަތްކުރަނީ!

  • ބަޔާންއާއެކު އަލްބާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 މެއި 2018 | ހޮނިހިރު 15:43 | |

މަގުބޫލް

  1. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  2. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  3. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  4. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  5. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  6. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  7. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  8. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!


ޑޭވިޑް އަލަބާ -- އޭޕީ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑެވިޑް އަލަބާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑް އިން މަސައްކަތް ފަށައިފިއެވެ.

އަލަބާގެ މުޅި ކެރިއަރު ވެސް އޭނާ ހޭދަކޮށްފައިވަނީ ބަޔާންގައެވެ. އެ ޓީމާއެކު އޭނާ ހަތް ބުންޑެސްލީގާ ކާމިޔާބުކޮށްފައިވާއިރު ފާއިތުވެދިޔަ ސީޒަންތަކުގައި ވެސް އަލްބާ ހޯދުމަށް ރެއާލްއިން މަސައްކަތްކުރާ ކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވެއެވެ. ރެއާލްއިން އޭނާ އެންމެ ހޯދަން ބޭނުންވަނީ އޭނާއަކީ އެކި މަގާމްތަކަށް ކުޅުމުގެ ގާބިލުކަން ލިބިފައިވާ ކުޅުންތެރިޔަކަށް ވާތީއެވެ.

އުމުރުން 25 އަހަރުގެ އަލްބާގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ކަމަށްވާ ޖޯޖް އަލްބާ ވަނީ ރެއާލްއަށް އޭނާ ބަދަލުވެދާނެ ފަދަ އިޝާރާތެއް ދީފައެވެ. އެގޮތުން ވާހަކަ ދައްކަމުން ޖޯޖް ބުނީ އަލްބާ ހޯދުމަށް އަބަދުވެސް ރެއާލްއިން ބޭނުންވާކަން އެއީ އެންމެނަށް ވެސް އެނގޭ ކަމެއް ކަމަށާއި އެހެން ނަމަވެސް މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ އަލްބާ ޖެހޭނީ ސީޒަން ނިމެން ދެން މަޑުކުރަން ކަމަށާއި މިވަގުތަކީ ޓްރާންސްފާގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ކަމުގައި ނުދެކޭ ކަމަށެވެ.

ބަޔާންއާއެކު އަލްބާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތެވެ. ބެލެވޭ ގޮތުގައި ބަޔާންއިން އަލަބާ ވިއްކާލާނީ ބޮޑު އަގެއްގައެވެ. އަލަބާ ހޯދުމަށް ރެއާލްގެ އިތުރުން އިނގިރޭސިވިލާތުގެ ޗެލްސީއިން ވެސް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޔާންގެ އެކަޑަމީއިން ތަމްރީންވި އަލަބާ ވަނީ އެ ޓީމަށް 300 މެޗު ކުޅެދީ 26 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު ޖުމްލަ 14 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަލަބާއަކީ އޮސްޓްރިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަ ފަހަރަކު ހޯދާފައިވާ ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް