25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޔުއެފާ ޗެމްޕިއަންސް ލީގު

ފައިނަލްގައި ރީތި ފުޓްބޯޅައެއް ފެންނާނެ: އިސްކޯ

  • ޔޫކްރެއިންގެ ކިއޭވްގައި ކުޅޭ ފައިނަލަށް ރެއާލް ދާނީ ފެވަރިޓުންގެ ގޮތުގައި
  • މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ކުޅެ އިސްކޯ ވަނީ މޮޅު ކުޅުމެއް ދައްކާފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 މެއި 2018 | ހޮނިހިރު 13:52 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


އިސްކޯ -- ގެޓީ އިމޭޖާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވަރަށް ރީތި ފުޓްބޯޅައެއް ފެންނާނެ ކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު އިސްކޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ އިނގިރޭސިވިލާތުގެ ލިވަޕޫލްއެވެ. ލިވަޕޫލް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން އިޓަލީގެ ރޯމާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހަމައެހެންމެ ރެއާލް ފައިނަލަށް ދަތުރު ކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްގެންނެވެ.

ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށް ރެއާލް ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހުރަހަކީ ލިވަޕޫލްއެވެ. އެހެން ނަމަވެސް ޔޫކްރެއިންގެ ކިއޭވްގައި ކުޅޭ ފައިނަލަށް ރެއާލް ދާނީ ފެވަރިޓުންގެ ގޮތުގައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން އިސްކޯ ބުނީ މިއީ ވަރަށް ރީތި ފުޓްބޯޅައެއް ފެންނާނެ ފައިނަލެއް ކަމަށެއެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގަކީ ކްލަބް ފެންވަރުގައި އެންމެ މުހިންމު މުބާރާތް ކަމަށާއި ރެއާލްއަކީ ޔޫރަޕުގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށެވެ. އޭނާ ބުނީ އަނެއްކާ ވެސް އެ ތަށި ކާމިޔާބުކުރަން މިއީ ބޮޑު ފުރުސަތެއް ކަމަށާއި ސްޕެނިޝް ލަލީގާގައި ލިބުނު ނަތީޖާތަކަށް ބަލާއިރު މިއީ ކޮންމެހެން ވެސް ކާމިޔާބުކުރަން ޖެހޭ މުބާރާތެއް ކަމަށެވެ. އެއީ ސީޒަން ރަނގަޅަށް ނިންމާލަން ބޭނުންވާނަމަ ކުރަން ޖެހޭ ކަމެއް ކަމަށް އިސްކޯ ބުނެފައިވެއެވެ.

އިސްކޯ ބުނީ މިފަހަރުގެ ޗެމްޕިއަންސް ލީގު ފެށުނުއިރު ލިވަޕޫލް ފައިނަލްއިން ފެންނާނެ ކަމަށް ވެސް ބަޔަކު އުއްމީދުނުކުރާ ކަމަށާއި އެހެން ނަމަވެސް މުބާރާތުގައި ދެއްކި ކުޅުމަށް ބަލާއިރު ލިވަޕޫލްއަށް ފައިނަލުގެ ޖާގައެއް ހައްގު ކަމަށެވެ. އޭނާ ބުނީ ލިވަޕޫލްގެ ކޯޗަކީ ވަރަށް ތަފާތު ކޯޗެއް ކަމަށާއި އޭނާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަނީ ތަފާތު ދައްކާ ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް އުއްމީދުގައި ކަމަށާއި އަންނަ ސީޒަން ރަނގަޅަށް ފެށުމަށް ވެސް މި ތަށި ކާމިޔާބުކުރަން ޖެހޭ ކަމަށެވެ.

ބެލެވޭ ގޮތުގައި މިފަހަރުގެ ފައިނަލްގައި ރެއާލްގެ ފުރަތަމަ އެގާރައިން އިސްކޯއަށް ޒިދާން ފުރުސަތު ދޭނެއެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ކުޅެ އިސްކޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ފަސް އަހަރު ތެރޭ ހަތަރުވަނަ ފަހަރަށް ރެއާލް ނުކުންނައިރު އެ ޓީމުން ވަނީ ފާއިތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މިފަހަރުގެ މުބާރާތް ރެއާލް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް މި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިއަހަރުގެ ފައިނަލް ވެގެންދާނީ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފެނިގެންދާނެ އަށްވަނަ ފަހަރަށެވެ. މި އަދަދަށް އިނގިރޭސިވިލާތަށް ނިސްބަތްވާ އެހެން އެއްވެސް ޓީމަކަށް ފައިނަލްގައި ވާދަކުރެވިފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގު ފައިނަލްގައި ލިވަޕޫލާއި ރެއާލް ބައްދަލުކުރާ މެޗު ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް