16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ނޭމާ - ރެއާލް

ނޭމާގެ ވާހަކަ ދައްކާނީ ޗެމްޕިއަންސް ލީގު ފައިނަލަށްފަހު!

  • އަންނަ ސީޒަނުގައި ނޭމާ ރެއާލްއިން ފެންނާނެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވޭ
  • ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއަކަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 19 މެއި 2018 | ހޮނިހިރު 13:17 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ނޭމާ -- ގޫގުލް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާއާ ގުޅޭގޮތުން ވާހަކަ ދައްކާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޒިދާން މިހެން ބުނެފައިވަނީ އަންނަ ސީޒަނުގައި ނޭމާ ރެއާލްއިން ފެންނާނެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ނޭމާ ވަނީ ރެއާލްއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ޕީއެސްޖީއިން ނޭމާ ގެންދިޔުމަށް ކޮންމެ އަގެއް ދިނުމަށް ވެސް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ތައްޔާރުކަމަށް ރިޕޯޓްތައް ބުނެއެވެ. ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޭމާއާ ގުޅޭގޮތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެމުން ޒިދާން ބުނީ 10 ދުވަހުގެ ތެރޭގައި ދެ މެޗު ކުޅެން ޖެހޭ ކަމަށާއި އެ މެޗުތަކަށް ފަހު އިތުރު ވާހަކަ ދައްކާނެ ކަމަށެވެ. އޭނާ ބުނީ ދައްކާނީ އޭނާގެ ޓީމުގެ ކުޅުންތެރިންގެ ވާހަކަ ކަމަށާއި އެހެން ކުޅުންތެރިންގެ ވާހަކަ މިވަގުތު ދައްކަން ބޭނުންނުވާ ކަމަށެވެ. ޒިދާން ބުނީ ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ނޭމާއަކީ ވަރަށް ކަމުދާނެ ކުޅުންތެރިޔެއް ކަމަށެވެ.

ނޭމާއާ ގުޅިގެން ޒިދާން މިގޮތަށް ވާހަކަ ދައްކާފައިވާއިރު ރެއާލްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ އޭނާ އެ ޓީމުން ފެންނަން ބޭނުންވާ ކަމަށް ބުނެ މީޑިއާގައި ވާހަކަ ދައްކާފައެވެ. އެގޮތުން މާސެލޯ އާއި ޓޯނީ ކްރޫސް އަދި ކަސެމީރޯ ފަދަ ކުޅުންތެރިން ވަނީ ނޭމާ އެ ޓީމަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ. މި ކުޅުންތެރިން އެގޮތަށް ވާހަކަ ދެއްކުމާއި ގުޅިގެން ޒިދާން ވަނީ ކޮންމެ މީހަކަށް ވެސް އަމިއްލަ ހިޔާލު ފާޅުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި އޭނާ ބުނީ ނޭމާއަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި މޮޅު ކުޅުންތެރިންނަށް ތައުރީފްކޮށް އޭނާގެ ކުޅުންތެރިން ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ސްޕެއިންގެ ބާސެލޯނާ ދޫކޮށްލުމަށް ފަހު ޕީއެސްޖީއަށް ބަދަލުވެ ނޭމާ މޮޅު ކުޅުމެއް ދެއްކިއިރު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ސީޒަން ނިމިފައެވެ. ވޯލްޑް ކަޕަށް ފިޓްވުމަށް ނޭމާ މަސައްކަތްކުރަމުންދާއިރު ބެލެވޭ ގޮތުގައި ޕީއެސްޖީއިން އޭނާ ވިއްކާނީ 250 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް