19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލްއާއި ދެކޮޅަށް ނިކުންނަ މެޗަށް ރޮނާލްޑޯ %120 ތައްޔާރުވާނެ: ޒިދާން

 • ރޮނާލްޑޯގެ ފަޔަށް ވަނީ އަނިޔާވެފައި
 • މިރޭ ވިޔަރެއާލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ނިކުންނާނެ
 • ޗެމްޕިއަންސް ލީގް ފައިނަލުގައި ލިވަޕޫލާއި ދެކޮޅަށް ނިކުންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ
މިއުވާން މުހައްމަދު | Miuvaan

| 19 މެއި 2018 | ހޮނިހިރު 13:15 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
 5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
 7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
 8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


ރޮނާލްޑޯގެ ފަޔަށް އަނިޔާވީ ބާސާއާއި ދެކޮޅަށް ކުޅުނު އެލްކްލެސިކޯ މެޗްގައި -- ގެޓީ އިމޭޖާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލާއި ދެކޮޅަށް ނިކުންނަ މެޗަށް ހަފްތާއެއްތެރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފިޓްވާނެކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިމަހުގެ ކުރީކޮޅު އެލްކްލެސިކޯގައި ބާސާއާއި ދެކޮޅަށް ކުޅުނު މެޗުގައި ފަޔަށް ލިބުނު އަނިޔާއަކަށްފަހު ރޮނާލްޑޯ ދަނޑުމަތިން ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް މިރޭ ވިޔަރެއާލް އާއި ދެކޮޅަށް ސްޕެނިޝް ލަލީގާގައި ރެއާލް ނިކުންނަ މެޗުން ރޮނާލްޑޯ ފެންނާނެކަމަށް ބެލެވެއެވެ. 

ޒިދާން  ބުނީ ރޮނާލްޑޯ ހުރީ %120 ފިޓްކޮށްކަމަށާއި، ރޮނާލްޑޯ ފިޓްނަމަ އޭނާގެ މައްސަލައެއް ނެތްކަމަށެވެ. 

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިމަހުގެ 26ވަނަ ދުވަހު ކިއޭވްގައި ލިވަޕޫލާއި ދެކޮޅަށް ރެއާލް ނިކުންނާނީ ޖެހިޖެހިގެން 3 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގް ކާމިޔާބުކުރުމަށެވެ. 

ރޮނާލްޑޯގެ އިތުރުން ވޭލްސްގެ ފޯވާޑް ގެރެތު ބޭލްވެސް ވަރަށް ރަނގަޅަށް ތަމްރީންތައް ހަދަމުން އަންނަކަމަށް ޒިދާން ބުންޏެވެ. ބޭލް ވަނީ 6 - 0 އިން ސެލްޓަވީގޯ އަތުން ރެއާލް މޮޅުވި މެޗުގައި 2 ލަނޑު ޖަހައިދީފައެވެ. އަދި ބާސާއަތުން 2 - 2 އިން އެއްވަރުވި މެޗުގައި ނަތީޖާ ހަމަހަމަކޮށްދިން ލަނޑުވެސް ޖަހައިދިނީ ބޭލް އެވެ. 

ލިވަޕޫލާއި ދެކޮޅަށް ނިކުންނަ މެޗާއި ބެހޭ ގޮތުން ޒިދާން ބުނީ ޖެހިޖެހިގެން 3 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުން ވެގެންދާނީ 'ބޮޑު' ކަމަކަށް ކަމަށެވެ. މިފަހަރުގެ ތަށި ރެއާލްއިން ނަގައިފިނަމަ ޒިދާން ވެގެންދާނީ ކާލޯ އެންޗެލޮއްޓީ އާއި ބޮބް ޕެއިސްލޭ ފިޔަވައި ޔޫރަޕިއަން ޓައިޓަލް 3 ފަހަރު ގެންދާ ހަމައެކަނި ކޯޗަށެވެ. އެންޗެލޮއްޓީވަނީ 2003 ވަނަ އަހަރާއި 2007 ވަނަ އަހަރުގެ ތަށި އޭސީ މިލާނާއިއެކު އަދި 2014 ވަނަ އަހަރުގެ ތަށި ރެއާލް މެޑްރިޑާއިއެކު އުފުލާފައެވެ. އަދި ޕެއިސްލީވަނީ 1977، 1978 އަދި 1981 ވަނަ އަހަރު ޔޫރަޕިއަން ކަޕް ލިވަޕޫލަށް ކާމިޔާބުކޮށްދީފައެވެ. 

ޒިދާން ބުނީ މެޗުން މޮޅުވެއްޖެނަމަ ޓީމަށް އެމީހުންގެ ޒިންމާ ރަނގަޅަށް އަދާކުރެވުނީކަމަށާއި، އަދި އޭނާގެ ބަސް ކުޅުންތެރިންނާއި ސްޓާފުންގެ މެދުގައި ވިކޭކަން ހާމަވީކަމަށެވެ. ޒިދާން ބުނީ ކޯޗުކަމުގެ ކެރިއަރުގެ ކުރީކޮޅު މިއީ ރަނގަޅު ކާމިޔާބީއެއްކަމަށެވެ. 

ޗެމްޕިއަންސް ލީގު ފައިނަލްގައި ލިވަޕޫލާއި ރެއާލް ބައްދަލުކުރާ މެޗު ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް