23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރޯދައާއި ސިއްހަތު

ރޯދަ ހިފުމުން ސިއްހީ ގޮތުން ލިބޭ ފައިދާތައް އިނގޭތަ؟

  • ރޯދަ މަހުގައި އެކްޓިވްކޮށް ދިރިއުޅުން ބައްޓަން ކުރަންޖެހޭ
  • ހަަށިގަނޑުގައި ހިމެނޭ ބޭކާރު ކޮލެސްޓްރޯލްގެ މިންވަރު 8 ޕަސެންޓް ދައްކޮށްދޭ
  • ބަރުދަން ލުއި ކުރުމަށް މަގުފަހިވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 19 މެއި 2018 | ހޮނިހިރު 09:45 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރަމަޟާން މަސް -- ޓްވިޓަރ

ރަމަޟާން މަހަކީ މުސްލިމުންނަށް އަޅުކަމުގެ މަހަކަށްވާއިރު ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑަށް ތަފާތު ބާވަތްތަކެއްގެ ފައިދާ ލިބިގެންދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުން ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ހެޔޮ ބަދަލުތަކެއް އާދެއެވެ. އެގޮތުން ބަރުދަން ލުއިވުމާއި  ކޮލެސްޓްރޯލް ދަށްވުމާއި ހަށިގަނޑަށް ފައިދާވާ ކޮލެސްޓްރޯލް އިތުރުވުމާއި ބްލަޑް ޕްރެޝަރ ދައްވުން ހިމެނެ އެވެ.

އެހެން ނަމަވެސް ރަމަޟާން މަހާ ދިމާކޮށް އިތުރަށް ފޮނިބާވަތްތައް ކާކަމުގައި ވާނަމަ މިބަދަލުތައް ހަށިގަނޑުން ނުފެނިދާނެ އެވެ. އަދި މީހާ އިތުރަށް ބަރުވުން ވެސް އެކަށީގެންވެ އެވެ. އެހެން ނަމަވެސް އާންމުކޮށް ކާގޮތަށް ކެއުން ބައްޓަން އާދަ ކޮށްފި ނަމަ ރޯދަ މަހުގައި މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ލުއިކޮށްދެ އެވެ.

މީގެ އިތުރުން ރޯދަ މަހުގައި އެކްޓިވްކޮށް  ދިރިއުޅުން ބައްޓަން ކޮށްފި ކަމުގައިވާ ނަމަ ހަށިގަނޑު ލުއިވެގެން ދިއުމަށް މަގުފަހިވެ އެވެ.

ދިރާސާއަކުން ދައްކާގޮތުން ހަށިގަނޑުގައި ހިމެނޭ ބޭކާރު ކޮލެސްޓްރޯލްގެ މިންވަރު 8 ޕަސެންޓް ރޯދަ ހިފުމުން މަދުކޮށްދެ އެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކޮލެސްޓްރޯލްގެ މިންވަރު 14 ޕަސެންޓް ރޯދަ ހިފުމުގެ ސަބަބުން އިތުރުކޮށްދެ އެވެ.

މިކަމުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުވުމަށް މަގުފަހިކޮށްދެ އެވެ.

މިބަދަލުތައް ހަށިގަނޑަށް އަންނާނީ ރަމަޟާން މަހުގައި ކެޔުމަށް ގެންނަ ބަދަލުތަކާއި ކަސްރަތު ކުރުމުގެ ސަބަބުންނެވެ. އާންމުގޮތެއްގައި ރޯދަ މަހު ކަދުރާ ތަފާތު ބާވަތްތަކުގެ ފަންޏާއި ތަފާތު ބާވަތްތަކުގެ ތަރުކާރީ ގިނައިން ބޭނުން ކުރެވެ އެވެ.

އެހެން ނަމަވެސް ރަމަޟާން މަހުގައި ބަޓަރާއި ޗީސް އަދި ސަރުބީ ގިނަ މަހުގެ ބާވަތްތައް ބޭނުން ކުރާ ކަމުގައިވާ ނަމަ ހަށިގަނޑަށް މާބޮޑު ބަދަލެއް ނައުން ގާތެވެ.

ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑުން ސްޓެސް ހޯމޯންސް މަދުކޮށްދެ އެވެ. މިކަމުގެ ސަބަބުން  ބްލަޑް ޕްރެޝަރ ދަށްކޮށްދެ އެވެ. މީގެ އިތުރުން މިކަންކަމުގެ ސަބަބުން މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

ކޮންމެ ދުވަހަކު ވެސް ރޯދަ ވީއްލުމަށް މޭވާ އާއި ފްރެޝް ޖޫހާއި ގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުން މުހިންމެވެ.

 މީގެ އިތުރުން ބްލެންސް ޑައިޓެއް ކޮންމެ މީހަކުވެސް އިހްތިޔާރުކުރަންޖެހެ އެވެ. އެގޮތުން 50 ޕަސެންޓަކީ ކާބޯހައިޑްރެޓްސްއަށް ހަދަން ޖެހެ އެވެ. އަދި އަނެއް 40 ޕަސެންޓް ޕްރޮޓީނަށް ހަދަން ޖެހޭ އިރު 10 ޕަސެންޓަށް ބޭނުންކުރާ ފެޓްސްގެ ބާވަތްތަކަށް ހަދަން ޖެހެ އެވެ. މީގެ އިތުރުން ތެޔޮ ގިނަ ކާއެއްޗެހި ބޭނުން ކުރުން މަދު ކުރަންޖެހެ އެވެ. މީގެ އިތުރުން އުނދަގޫވާ މިންވަރަށް ކެޔުން ވެސް ހުއްޓަންޖެހެ އެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް