22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ރޯޔަލް ވެޑިންް

ރޯޔަލް ވެޑިން: ތައްޔާރުތަ؟

 • މިކައިވެނި އޮންނާނީ މިއަދު ހަވީރު 5 ޖަހާއިރު
 • ކައިވެނީގެ ހަފްލާފައި މޭގަންއަށް ޝާހީ އާއިލާގެ ޚާއްސަ ލަގަބު އަރުވާނެ
 • މިހަފްލާގައި މޭގަންގެ ބައްޕައަކަށް ބައިވެރިއެއް ނުވެވޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 19 މެއި 2018 | ހޮނިހިރު 09:19 | |

މަގުބޫލް

 1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
 2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
 3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
 7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
 8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ހެރީއާއި މޭގަން -- ބީބީސީ

މުޅި ދުނިޔެ އިންތިޒާރު ކުރަމުންދަނީ މިއަދު ބާއްވާ ޝާހީ ކައިވެންޏަށެވެ. ދުނިޔޭގެ އެތައް ހާސް ބަޔަކު ލައިވްކޮށް ބަލާނެ ކަމަށް ބެލެވޭ މިކައިވެނި ބޭރުގެ މީޑިއާތަކުން ލައިވްކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ އިނގިރޭސި ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކެލްގެ ކައިވެނީގެ ހަފްލާ ރާއްޖެގަޑިން މިއަދު ހަވީރު 5 އިން ފެށިގެން ކުރިއަށްދާނެއެވެ. ކެންސިންގްޓަން ޕެލަސްއިން ހާމަކޮށްފައިވާ ގޮތުގައި ސެއިންޓް ޖޯޖް ޗަޕެލްގައި މި ކައިވެނި ކުރާނީ އިގިރޭސިވިލާތުގެ ގަޑިން މިއަދު 12 ޖަހާއިރު އެވެ. އެއީ ރާއްޖޭ ގަޑިން ހަވީރު 5:00 އެވެ.

މިކައިވެނީގެ ހަފްލާގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު މޭގަންގެ ބައްޕަ ތޯމަސް މާކަލްއަށް ކައިވެނީގެ ހަފްލާގައި ބައިވެރި ނުވެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

 

މޭގަން އޭނާގެ ބައްޕައާއި އެކު 

މީގެ ހަފްތާއެއްގެ ކުރިން އޭނާއަށް ވަނީ ހާޓްއެޓޭކެއް ޖެހި ހިތުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދިވެސް އޭނާ އޮތީ ހޮސްޕިޓަލުގައި އެދުމަތި ކޮށްފައިކަމުން ދަރިފުޅުގެ ކައިވެނީގައި ބައިވެރި ނުވެވޭތީ ދެރަވާކަމަށް ތޯމަސް މާކަލްވަނީ ޓީއެމްޒީއަށް ކިޔައިދީފައެވެ. އޭނާ ޓީއެމްޒީއަށް ކިޔައިދީފައިވާ ގޮތުގައި ހާޓްއެޓޭކެއް ޖެހުމުގެ މައިގަނޑު އަސްލަކީ އޭނާގެ ދޮށީ ދަރިފުޅު އަދި މޭގަންގެ އެއްބަފާ ބޭބެ ތޯމަސް ޖޫނިއަރ ހެރީއަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެންކަމަށެވެ. އެ ސިޓީގައި އޭނާގެ ބޭބެ ބުނެފައިވަނީ ޝާހީ ކައިވެނި ހުއްޓާލަން އެދޭ ކަމަށާއި މޭގަންއާ ކައިވެނި ނުކުރުމަށް ހެރީގެ ކިބައިން އެދޭކަމަށެވެ. އިނގިރޭސީ ޝާހީ އާއިލާގެ މެމްބަރަކަށް ދަރިފުޅުވާތީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށްވެސް ތޯމަސް ވަނީ ޓީއެމްޒީއަށް ކިޔާދީފައެވެ. މޭގަންގެ އާއިލާގައި ތިބެނީ އޭނާގެ އިތުރުން އެއްބަފާ ބޭބެ ތޯމަސް ޖޫނިއާ އާއި އެއްބަފާ ދައްތަ ސަމަންތާ ގްރާންޓްއެވެ. މިހަފްލާގައި މޭގަންގެ އެއްބަފާ އެއްވެސް މީހަކު ނުފެންނާނެއެވެ.

 

މޭގަން އާއި  އޭނާގެ މަންމަ ޑޯރިއާ ރެގްލަންޑް 

މޭގަންގެ ބައްޕައަށް ކައިވެނީގެ އުފަލުގައި ބައިވެރި ނުވެވުނު ކަމުގައިވިއަސް  މި ހަފްލާގައި  މޭގަންގެ ބައްޕައެއްގެ ރޯލު އަދާކުރައްވާނީ ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްކަމަށްވެސް ކެންސިންގްޓަން ޕެލަސްއިން އިން ވަނީ ހާމަކޮށްފައެވެ.

 

ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސް

އެއް ގަޑިއިރަށް ދިގުދެމިގެންދާ ރަސްމިއްޔާތަށް ފަހު ވިންޑްސާ ގަނޑުވަރަށް ޕްރިންސް ހެރީ އާއި މޭގަން ދަތުރުކުރާ މަގުތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ހެރީ އާއި މޭގަންގެ ކައިވެނީގެ ޚަރަދު އިނގިރޭސިވިލާތުގައި ކުރާ އެހެން ކައިވެނިތަކަށް ވުރެ ސަތޭކަ ގުނަ ބޮޑުވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

 

ހެރީއާއި މޭގަން 

ކައިވެނީގެ ޕާޓީއަށް ހަދިޔާގެ ބަދަލުގައި ހެރީއާއި މޭގަން ބޭނުންވަނީ ޗެރިޓީތަކަށް އެހީވުމަށެވެ. އެގޮތުން ހަތް ޗެރިޓީތައް އެމީހުން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ޗެރިޓީތަކާއި އެޗްއައިވީ އެއިޑްސް އިން ސަލާމަތްވުމަށް މަސައްކަތް ކުރާ ޗެރިޓީ އަދި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވާ ޗެރިޓީ  އަދި ވަންނާނެ ގެއެއް ނުލިބިފައި ތިބި މީހުންނަށް އެހީވާ ޗެރިޓީ ހިމެނެއެވެ.

ކައިވެނީގެ ހަފްލާ ޑިޒައިން ކުރަނީ އިނގިރޭސިވިލާތުގެ މަލުގެ ވިޔަފާރީގައި އެންމެ މަޝްހޫރު އެކަކު ކަމަށްވާ ފިލިޕާ ކްރެޑޮކްއެވެ. މި ކައިވެނީގެ ހަފްލާ ޒީނަތްތެރި ކުރަނީ ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއަށް އެންމެ ކަމުދާ މާ ކަމަށްވާ "ވައިޓް ގާޑެން ރޯސެސް" އަދި މޭގަން އަށް އެންމެ ކަމުދާ މާ ކަމަށްވާ "ޕިއޯނީ" އިންނެވެ.

 

ފިލިޕާ ކްރެޑޮކް

ކައިވެނީގެ ރަސްމިއްޔާތަށް އާންމުންގެ ތެރެއިން 1000އެއްހާ މީހުންނަށް ދައުވަތު އަރުވާފާއިރު 800 އެއްހާ މެހެމާނުން ބައިވެރިވާނެކަމަށް ޚަބަރުތައް ބުނެއެވެ.

ކައިވެނީގެ ހަފްލާގައި މެހެމާނުންނާއި މުޚާތަބުކޮށް އަމިއްލައަށް ލިޔެފައިވާ ތަގުރީރެއް ދިނުމަށް މޭގަން ވަނީ ނިންމާފައެވެ. މި ތަގުރީރުގައި އިނގިރޭސި ވިލާތުގެ ރާނީ އަދި ޕްރިންސް ހެރީގެ މާމާފުޅު ކަމަށްވާ އެލިޒަބަތުއަށާއި، ޝާހީ އާއިލާގެ މެމްބަރުންނަށް މޭގަން ޝުކުރު އަދާކުރާނެ އެވެ.

 

ކުއީން އެލިޒަބަތު

މޭގަން މި ހަފްލާގައި ތަގުރީރު ކޮށްފި ކަމުގައިވާނަމަ މިކަން ވާނީ ޝާހީ އާދަކާދަތައް މުގުރާލެވުން ކަމަށެވެ. ކައިވެނީގެ ހަފްލާފައި މޭގަންއަށް ޝާހީ އާއިލާގެ ޚާއްސަ ލަގަބު އަރުވާނެއެވެ.

މޭގަން އާއި ހެރީގެ ކައިވެނީގެ ކޭކަށް ހަމަޖައްސާފައިވަނީ "ލެމަން އެންޑް އެލްޑާ ފްލާވާ ކޭކް" އެވެ. އެދެމީހުންގެ ކައިވެނީގެ ކޭކު ތައްޔާރު ކުރާނީ އެމެރިކާގެ ކެލެފޯނިއާގެ ޕޭސްޓްރީ ޝެފް އެންޑް ފުޑް ރައިޓަރ ކްލެއާ ޕީޓަކްއެވެ.

މިކައިވެނީގެ ހަފްލާ ލައިވްކޮށް އޮންލައިންކޮށްވެސް ބަލާލެވޭނެއެވެ.

https://www.royal.uk/royal-residences-kensington-palace

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް