24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ރައީސް ނަޝީދުގެ މައްޗަށް އަނެއ

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

  • ރައީސް ނަޝީދަކީ މިރާއްޖެ ދުށް އެންމެ މަގްބޫލު ސަހުޝިއްޔަތު
  • ރައީސް ނަޝީދަކީ ރާއްޖޭގެ ރައްޔިތުންގެ އުއްމީދުގެ ގޮތުގައި ދިއްލުނު ހުޅުކޮޅެއް
  • ރައީސް ނަޝީދު މިހާރު ވެސް ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 ޖެނުއަރީ 2017 | ބުދަ 06:02 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ގޫގުލް

މަގުބޫލުކަމެއް ނެތް ލީޑަރުން އަބަދުވެސް ރައްޔިތުންގެ މައްޗަށް ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅުއްވާނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމދު ޝީފާޒް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރައީސް ނަޝީދަކީ މިރާއްޖެ ދުށް އެންމެ މަގްބޫލު ޝަހުސިއްޔަތު ކަމަށާއި އެހެންވެ، އެ މަނިކުފާނުގެ މައްޗަށް ފުލުފުލުގައި ދައުވާ ކުރަމުން ދަނީ އެހެންވެގެން ކަމަށެވެ.

ޝިފާޒް ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގެ ރައްޔިތުންގެ އުއްމީދުގެ ގޮތުގައި ދިއްލުނު ހުޅުކޮޅެއް ކަމަށެވެ. އެކަން ރާއްޖޭގެ ރައްޔިތުން އަބަދުވެސް ހަނދާން ކުރާ ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު އެއްބޭފުޅަކަށް އެންމެ ބޮޑަށް ބަރޯސާވެފައި ހުންނެވި ބޭފުޅާކީ ރައީސް ނަޝީދު ކަމަށް ވެސް އޭނާ ވިދާޅުވި 

އެފަދަ ބޭފުޅަކާއި ދޭތެރޭގައި އަނެއްކާވެސް ބޭއިންސާފު ދައުވާއެއް އުފުއްލަވާ ގާނޫނީ ތަރަހަތައް އެއްފަރާތްކޮށްފައި އެ ހިންގާ ކަންތައް އެއީ އެމްޑީޕީގެ ފަރާތުން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެކަން ނުކުރުމަށް ތަކުރާރުކޮށް ޝިފާޒު ގޮވާލެއްވި އެވެ. 

ޝިފާޒް ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގެ ރައްޔިތުން، އެ ރައްޔިތުން އެދޭ ހިސާބަށް މި ރާއްޖެ ގެންގޮސްދިނުމަށްޓަކައި ފުރާނައިން ގުރުބާންވެ ވަޑައިގަތުމަށް ނުކުމެ ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތް ނުހޯދޭނެ އެއްވެސް ހިސާބެއްގައި އެމަނިކުފާނު ނުހުންނވާނެ ކަމަށެވެ.

ޝިފާޒް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އެކިއެކި ދައުވާތައް އުފުލަމުން ދިޔަ ނަމަވެސް ހައްގު ގޮތުގައި ރައްޔިތުންނާއި އެކު މަސައްކަތް ކުރެއްވި ވެރިއަކީ އެމަނިކުފާނު ކަމަށް ވީތީވެ ހައްގުމަގު އަބަދުވެސް ފަހިވެގެން އަންނަ ކަމަށެވެ.

ޖަލުގައި ހުންނަވައިގެން ނުހައްގު އަދަބު ތަހައްމަލު ކުރެއްވީ ވެސް ރާއްޖޭގެ  ރައްޔިތުންނަށް ޑިމޮކްރެޓިކް ވެއްޓެއް ގާއިމް ކޮށް، ހެޔޮ ވެރިކަމެއްގެ ނިޒާމެއްގެ ގެނެސްދީ ހައްގުތައް ކަށަވަރު ކޮށްދެވޭނެ މާހައުލެއް ގާއިމް ކޮށްދެއްވުމަށް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މިހާރު 13 އަހަރަށް ހުކުމްކުރައްވާފައިވާއިރު، އިނގިރޭސި ވިލާތުގައިވެސް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅަކީ ރައްޔިތުން އެދޭ ގޮތް ހޯދުމުގެ މަސައްކަތް ކަމަށް ޝިފާޒް ވިދާޅުވި އެވެ. 

އެރައްޔިތުންގެ ތެރޭގައި މާޔޫސްކަމެއް ވެރިކުރުމުގެ ބޭނުމުގަ އާއި ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި އިތުރު ދައުވާއެއް އުފުލާ ހުކުމެއް ކުރައްވަން ބޭނުންފުޅުވެލެއްވި ކަމުގައި ވިޔަސް ރައީސް ނަޝީދު އެއިން ކަންކަމަށް ބެއްލެވުމެއް ނެތި ރައްޔިތުން ބޭނުންވާ ހިސާބުގައި އެ ރައްޔިތުނާއެކު ހުންނަވާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ސިޔާސީ އެހެން ލީޑަރުނާއި ސިޔާސީ ފަރާތްތަކުންވެސް ގަބޫލުކުރަންވީ، ޝިފާޒު ވިދާޅުވި ގޮތުގައި، ދައްކަވާ ބިރަކަށް ރާއްޖޭގެ ރައްޔިތުން އެއްފަރާތް ކޮށްފައި ރައީސް ނަޝީދު ދުރަށް ވަޑައިނުގަންނަވާނެ ކަމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް