18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެންޓޮއިން ގްރީޒްމަން

އިތުރު ތަށިތަކެއް ކާމިޔާބު ކުރަން ބޭނުން: ގްރީޒްމަން

  • ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވިފަހުން އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ މުބާރާތް
  • އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 17 މެއި 2018 | ބުރާސްފަތި 19:24 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އެންޓޮއިން ގްރީޒްމަން -- ގެޓީ އިމޭޖާސް

ކެރިއަރުގެ ބާކީ ބައިގައި އަދިވެސް އިތުރު ތަށިތަކެއް ކާމިޔާބުކުރަން ބޭނުންވާ ކަމަށް އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވިފަހުން އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ މުބާރާތެވެ. އެއީ ސްޕެނިޝް ސުޕާ ކަޕާއި ބުދަ ދުވަހުގެ ރޭ އެ ޓީމުން އުފުލާލި ޔުއެފާ ޔުރޮޕާ ލީގެވެ. ޔުރޮޕާ ލީގުގެ ފައިނަލުގައި ގްރީޒްމަން އެޓްލެޓިކޯއަށް ދެ ލަނޑު ޖަހައިދިނެވެ. އެޓްލެޓިކޯއާއެކު ތަށި ކާމިޔާބު ނުކުރެވޭތީ އަންނަ ސީޒަނުގައި އެހެން ޓީމަކަށް ގްރީޒްމަން ކުޅެން ބޭނުންވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެގޮތުން އަންނަ ސީޒަނުގައި އޭނާ ފެންނާނީ ބާސެލޯއިން ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ޔުރޮޕާ ލީގުގެ ފައިނަލަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ އޭނާގެ އުމުރުން 14 އަހަރުގައި ފްރާންސް ދޫކޮށްލީ ތަށި ކާމިޔާބުކުރަން ކަމަށާއި އުއްމީދުކުރަނީ އަދިވެސް އިތުރު ތަށިތަކެއް ކާމިޔާބު ކުރުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ. އޭނާ ބުނީ މާސޭއިން ކުޅުނީ ވަރަށް އެޓޭކިން ގޭމެއް ކަމަށާއި މެޗުން މޮޅުވީ ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފައިގެން ކަމަށެވެ.

ހަމައެހެންމެ އޭނާ ބުނީ މިވަގުތު އެޓްލެޓިކޯ ދޫކޮށްލުމާ މެދު ނުވިސްނާ ކަމަށާއި އެ ޓީމުގެ ކޯޗަކީ އޭނާގެ ކެރިއަރުގައި އެންމެ މުހިންމު މީހާ ކަމުގައި ދެކޭ ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ ކޮންމެ އަހަރަކު ވެސް އެހެން ހަރުފަތަކަށް ދާން ކަމަށާއި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް އެކަން ކުރުމަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބޭ ކަމަށެވެ.

ގްރީޒްމަން އެޓްލެޓިކޯ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު އޭނާ އެ ޓީމުގައި މަޑުކުރާނެ ކަމަށް އެ ޓީމުގެ ކެޕްޓަން ގަބީ އަދި ކޯޗު ޑިއޭގޯ ސިމިއޯނޭ ވެސް ވަނީ ބުނެފައެވެ. ޔުރޮޕާ ލީގުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ގްރީޒްމަންއެވެ.

އެޓްލެޓިކޯ މެޑްރިޑްގެ ޖެނެރަލް މެނޭޖަރު ކްލެމެންޓް ވިލްވާޑޭ ބުނެފައިވަނީ ގްރީޒްމަން އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި ބޭނުންވަނީ ކޮންޓްރެކްޓް ހަމަވަންދެން އެ ޓީމުގައި އޭނާ މަޑުކުރުވަން ކަމަށެވެ.

ގްރީޒްމަން ހޯދުމަށް ބާސާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އެޓްލެޓިކޯއިން ވަނީ ދާދިފަހުން ބާސާއަށް އިންޒާރުދީ ބަޔާނެއް ވެސް ނެރެފައެވެ. އެ ޓީމުން ވަނީ ގްރީޒްމަން ނުވިއްކާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަ ތަކުރާރު ވެސް ކޮށްފައެވެ.

އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒްފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް މިއަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް