20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މާރުކޭޓުގެ ތަކެތީގެ އަގު

ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!

 • ކަރާ ކިލޯއެއްގެ އަގު 35ރ. އަށް
 • އެންމެ ބޮޑު ޑިމާންޑެއް އޮތީ މިހުރާއި މޭވާއަށް
 • އަގުތަކަށް ކުރިއަށް އޮތް ހަފްތާގައި ހެޔޮވާނެ ކަމަށް ބެލެވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 17 މެއި 2018 | ބުރާސްފަތި 18:31 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ލޯކަލް މާރުކޭޓު -- ފޮޓޯ : މުހައްމަދު ޝަރުހާން

އެހެން މަސް މަހާ ހިލާފަށް ރަމަޟާން މަހަކީ ތަފާތު ބާވަތުގެ ފަންޏާއި ޖޫސް ފަދަ ތަކެތި ގިނައިން ބޭނުން ކުރާ މަހެކެވެ. ރާއްޖޭގައި ޒަމާނުއްސުރެ ރޯދަ ވީއްލާ ވަގުތު ބުއިމަކަށް އެކި ބާވަތްތަކުގެ ފަނި ހެދުމަކީ ދިވެހިންގެ ސަގާފަތުގެ ތެރެއިން ފެންނަމުންދާ ކަމެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބާވަތަކީ ކަރާ ފަންޏެވެ. މީގެ އިތުރުންވެސް މޭވާގެ އިތުރު ބާވަތްތަކުން ފަނި ގިރަ އެވެ. ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ވެސް ބުނީ މިއަހަރު އެންމެ ބޮޑު ޑިމާންޑެއް އޮތީ މޭވާގެ ބާވަތްތަކަށް ކަމަށެވެ.

ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކަރާގެ އަގު އިންތިހާއަށް ބޮޑުވެފައިވަނީ ކަރާ ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ. އެގޮތުން މުދާ އުފުލޭ ވަގުތުތަކަށް ގެނެވުނު ބަދަލުގެ ސަބަބުންވެސް ކަރާ ބޭނުންވަގުތެއްގައި ހޯދުމަށް ދަތިވާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. އާންމުގޮތެއްގައި މާރުކޭޓުން ލިބެން ހުރީ ތޮއްޑޫ ކަރައެވެ. މީގެ އިތުރުން ކަނޑޫދޫ މިރުސްވެސް ގިނަ އަދަދަކަށް މާރުކޭޓުގައި ލިބެން އެބަހުއްޓެވެ.

އެންމެ ބޮޑު ޑިމާންޑެއް އޮތީވެސް ކަރާ އާއި މިރުހުގެ އިތުރަށް ފަތުގެ ބާވަތްތަކަށެވެ. އެގޮތުން ކޮޕީފަތް މާރުކޭޓުގައި ލިބެން ހުރީ ވަރަށް މަދުންނެވެ. ކަރާގެ އަގު ބޮޑުވުމުގެ ސަބަބުން އެހެން ބައެއް މޭވާގެ ބާވަތްތަކަށް ޑިމާންޑް ބޮޑުވެފައިވާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. އެގޮތުން އަނބާއި ފޭރާއި، ޖުމްހޫރީ މޭވާއަށް ޑިމާންޑް އިތުރުވެފައިވާ ކަމަށް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މާރުކޭޓުގައި އާންމުގޮތެއްގައި ލިބެން ހުރި ބާވަތްތަކުގެ އަގުތަކަށް ބަލާ އިރު ކުރުނބާގެ އަގު އުޅެނީ 20ރ.  އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކަރާ ކިލޯއެއްގެ އަގު 35ރ. އަށް އުޅޭއިރު ފަޅޯ ކިލޯއެއް 40ރ އަށް ލިބެން ހުރި އިރު އަނބު ކިލޯއެއް އުޅެނީ 70ރ. އަށެވެ. ބަށީގެ އަގު 40ރ. އަށް ހުރި އިރު ކިއުކަމްބަރ އުޅެނީ 50ރ. އަށް ކިލޯ އެކެވެ. ކޮލިފްލާވަރ ކިލޯއެއް 55ރ.އަށް ލިބެން ހުރި އިރު ހިކަދިފަތް ބޮޑިއެއް އުޅެނީ 10ރ. އަށެވެ.

މިރުސް ލިބެން ހުރީ 100 ގްރާމް 45ރ. އަށެވެ. ޖުމްހޫރީ މޭވާ އުޅެނީ ކިލޯއެއް 70ރ. އަށެވެ. ކުއްޅަފިލާ ފަތް އުޅެނީ 20ރ. އަށް ބޮޑިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް