17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

ޖިއަންލުއީޖީ ބުފޮން

މިއީ ޔުވެންޓަސްއަށް ބުފޮން ކުޅޭ އެންމެ ފަހު ސީޒަން

  • ބެލެވޭ ގޮތުގައި މި ސީޒަނަށްފަހު ބުފޮން ފުޓްބޯޅަ ކުޅުން ހުއްޓާލާނެ
  • ބުފޮން ބުނީ ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ
  • ބުފޮންގެ 23 އަހަރުވީ ކެރިއަރުގައި އޭނާ ކުޅެފައިވަނީ އެންމެ ދެ ޓީމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 17 މެއި 2018 | ބުރާސްފަތި 17:47 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ޖިއަންލުއީޖީ ބުފޮން -- ގެޓީ އިމޭޖާސް

މި ސީޒަނަށްފަހު ޔުވެންޓަސް ދޫކޮށްލާނެކަމަށް އެ ޓީމަށް ކުޅެމުން އަންނަ އިޓަލީގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއީޖީ ބުފޮން ބުނެފިއެވެ.

ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ޗިއޭވޯ ވެރޯނާ އާއި ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ޔުވެންޓަސްއަށް ކުޅޭ އެންމެ ފަހު މެޗުކަން ބުފޮން ވަނީ ކަށަވަރުކޮށްދީފައެވެ. މި ސީޒަނުގައި ބުފޮން ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ސެރީއޭގެ އިތުރުން ކޮޕާ އިޓާލިއާ ވެސް ކާމިޔާބުކޮށްފައެވެ. ބެލެވޭ ގޮތުގައި މި ސީޒަނަށްފަހު ބުފޮން ފުޓްބޯޅަ ކުޅުން ހުއްޓާލާނެއެވެ. އާޖެންޓީނާގެ ބޮކާ ޖޫނިއާރސްއަށް އޭނާ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުފޮން ބުނީ ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށާއި ވަރަށް ގިނަ ކްލަބްތަކަކުން އޭނާއަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ ގޮތެއް ނިންމާނީ ހުރިހާ ކަމަކަށް ވިސްނުމަށްފަހު ކަމަށާއި ކެރިއަރުގައި ލިބިފައިވާ ކާމިޔާބަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. ބުފޮން ބުނީ މިވަގުތު އެނގޭ ކަމަކީ ހޮނިހިރު ދުވަހު މެޗެއް ކުޅޭނެކަން ކަމަށާއި ޔުވެންޓަސްގެ ރައީސްއާއެކު ވަރަށް ގިނަ މަޝްވަރާތަކެއް ކުރިޔަށްދާ ކަމަށެވެ. އޭނާ ބުނީ ކުޑައިރު ކުޅުނު ޓީމު ކަމަށްވާ ޕާމާއަށް ބަދަލުވުމަކީ ހުވަފެނެއް ކަމަށާއި އެހެން ނަމަވެސް އެކަން އޮންނާނީ އަބަދުވެސް ހުވަފެނެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނޭލީ ވެސް ވަނީ ބުފޮންއަށް އެހެން ޓީމުތަކުން ހުށަހެޅުންތައް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ. ޔުވެންޓަސްގެ ރައީސް ވިދާޅުވީ އޭނާ ކޮންމެ ގޮތެއް ނިންމި ނަމަވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ދަނޑުން ބޭރުން ވެސް އޭނާއަށް ހުށަހެޅުންތަކެއް އައިސްފައިވާ ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ ބުފޮންއަށް ކާމިޔާބު ލިބުން ކަމަށާއި މިހާތަނަށް އޭނާ ކޮށްދީފައިވާ ހުރިހާ ކަމަކަށް ވެސް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.

އުމުރުން 40 އަހަރުގެ ބުފޮންގެ 23 އަހަރުވީ ކެރިއަރުގައި އޭނާ ކުޅެފައިވަނީ އެންމެ ދެ ޓީމަށެވެ. އެއީ ޔުވެންޓަސް އަދި ޕާމާއެވެ. 2001 ވަނަ އަހަރު ޕާމާ ދޫކޮށް ބުފޮން ޔުވެންޓަސްއަށް ބަދަލުވީ 52 މިލިއަން ޔޫރޯއަށެވެ. އޭނާއަކީ އަދިވެސް ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރެވެ.

ބުފޮން ބުނީ އޭނާއަކީ އަބަދުވެސް ޗެލެންޖެއް ހޯދާ މީހެއް ކަމަށާއި އަބަދުވެސް ބޭނުންވަނީ ހުންނަ ވަރަށްވުރެ ކުރިޔަށް ދިޔުމަށް ކަމަށެވެ.

ބުފޮން ވަނީ ސްވިޑެން އަތުން ބަލިވެ އިޓަލީއަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުމުގެ ގައުމީ ޓީމުން ވެސް ރިޓަޔާކޮށްފައެވެ. އެހެން ނަމަވެސް އޭނާ ވަނީ އަލުން އެނބުރި ގައުމީ ޓީމަށް ކުޅެން ފަށާފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކީޕަރުންގެ ތެރޭގައި ގުނާލެވޭ ބުފޮން ވަނީ އޭނާގެ ކެރިއަރުގައި ނުވަ ފަހަރެއްގެ މަތިން އިޓާލިއަން ސެރީއޭ ކާމިޔާބުކޮށް 1999 ވަނަ އަހަރުގެ ޔުއެފާ ކަޕް ކާމިޔާބުކޮށްފައެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ 2006 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް އިޓަލީގެ ގައުމީ ޓީމާއެކު ކާމިޔާބުކުރުމެވެ.  

ބުފޮން ވަނީ އޭނާގެ ކެރިއަރުގައި އިޓަލީގެ ގައުމީ ޓީމަށް 176 މެޗު ކުޅެދީ 875 ކްލަބް މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް