
| 17 މެއި 2018 | ބުރާސްފަތި 17:12 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޔުއެފާ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އެޓްލެޓިކޯ ހޯދީ ފައިނަލްގައި 3-0 ގެ ނަތީޖާއަކުން ފްރާންސްގެ އޮލިމްޕިކް މާސޭ ބަލިކޮށްގެންނެވެ. މާސޭގެ ޓީމުން އެ ޓީމުގެ އެއް ނަމްބަރު ކީޕަރު ސްޓީވް މަންޑަންޑާއަށް އަލުން ފުރުސަތު ދިންއިރު ޑިމިޓްރީ ޕަޔޭ އާއި ލުއިޒް ގުސްޓާވޯ ވެސް ވަނީ އަލުން އެނބުރ ފުރަތަމަ އެގާރައިން މި މެޗުގައި ފެނިގެންގޮސްފައެވެ. ހަމައެހެންމެ އެޓްލެޓިކޯގެ ޓީމުން ވެސް ވަނީ ތިން ބަދަލެއް މި މެޗުގައި ފެނިގެންގޮސްފައެވެ. މި މެޗުން މޮޅުވާ ޓީމަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭއިރު ދެ ޓީމުން ވެސް ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓްލެޓިކޯއިންނެވެ. މާސޭގެ ޑިފެންސުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ގެބީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓްލެޓިކޯއަށް ލީޑު ނަގައިދިނީ އެންޓޮއިން ގްރީޒްމަންއެވެ. މި ލަނޑަށް ފަހު މާސޭއިން ކުޅުން ރަނގަޅު ކުރުމަށް މަސައްކަތްކުރިއިރު އެ ޓީމަށް ދިމާއި އެންމެ ބޮޑު ގޮންޖެހުމަކީ ފުރަތަމަ ހާފުގެ ތެރޭގައި އަނިޔާގެ ސަބަބުން ކެޕްޓަން ޑިމިޓްރީ ޕަޔޭ ދަނޑުން ބާލަން ޖެހުމެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ އެޓްލެޓިކޯއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. ކޮކޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެޓްލެޓިކޯގެ ދެވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޓޮއިން ގްރީޒްމަންއެވެ. މާސާގެ ހަމަލާއެއް މެޗުގެ 81 ވަނަ މިނެޓުގައި އެޓްލެޓިކޯގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު 89 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެޓްލެޓިކޯގެ ކެޕްޓަން ގަބީ ވަނީ އެ ޓީމަށް ތަށި ޔަގީންކޮށްދީފައެވެ.
މިފަހަރުގެ ތަށްޓާއެކު އެޓްލެޓިކޯއިން ވަނީ ތިން ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ މިއީ އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭ އެ ޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ޔުރޮޕާ ލީގެވެ. މި މެޗު ވެގެންދިޔައީ ޔުރޮޕާ ލީގުގެ ފައިނަލަކުން މާސޭ ބަލިވި ތިންވަނަ ފަހަރަށެވެ. މީގެއިތުރުން ގްރީޒްމަން ވެގެންގޮސްފައިވަނީ ޔޫރަޕުގެ ބޮޑު މުބާރާތެއްގެ ފައިނަލުގައި ދެ ލަނޑު ޖެހި ފްރާންސަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ވެސް ހޮވުނީ ގްރީޒްމަންއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް